ކޮމިޓީގެ ނަން

އިޖްތިމާޢީ ކޮމިޓީ

ތާރީޚް

3 ޖޫން 2024 15:30

ނަންބަރު

1

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހޮވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ޑިރެކްޓަރ ލީގަލް އެފެއާޒް ޢާއިޝަތު ޝިފާއެވެ.


ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ކޮމިޓީގެ މުޤައްރިރުކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އިންތިޚާބުކުރުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވައި އައްޑޫމީދޫ ދާއިރާގެ މެންބަރު ޢަބްދުރަޙްމާން ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 11

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 11

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އިންތިޚާބުކުރެއްވިއެވެ.


އެއަށްފަހު، ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރުގެ ނައިބު އިންތިޚާބުކުރުމުގެ މަސައްކަތެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް އިންތިޚާބުކުރުމަށް ބޭނުންވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް އިންތިޚާބުކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހަޅުއްވައި ކާށިދޫ ދާއިރާގެ މެންބަރު މުންތަޡިމް އިބްރާހީމް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 11

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 11

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް އިންތިޚާބުކުރެއްވިއެވެ.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA