ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

4 ޖޫން 2024 09:30 ނަންބަރު 2

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތަކާމެދުއެވެ. އެގޮތުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާއި އަދި އެނޫންވެސް ކަންކަމުގައި ކޮމިޓީން ޢަމަލުކުރާނެ ގޮތުގެ އުސޫލާމެދު ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ.

އިސްވެދެންނެވުނު އުސޫލާމެދު ކޮމިޓީން މަޝްވަރާކުރެއްވުމަށްފަހު އުސޫލު އޮތްގޮތަށް ފާސްކުރެއްވުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާއި އަދި އެނޫންވެސް ކަންކަމުގައި ކޮމިޓީން ޢަމަލުކުރާނެ ގޮތުގެ އުސޫލު އޮތްގޮތަށް ފާސްކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :13

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާއި އަދި އެނޫންވެސް ކަންކަމުގައި ކޮމިޓީން ޢަމަލުކުރާނެ ގޮތުގެ އުސޫލު ވަނީ ފާސްވެފައެވެ.

އެއަށްފަހު، ކޮމިޓީގައި މަޝްވަރާކުރެއްވީ 19 ވަނަ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް ކުރިއަށްގެންދާނެ ގޮތަކާގުޅޭގޮތުންނެވެ. އަދި ނުނިމިހުރި މައްސަލަތަކުގެ ތާވަލެއް އެކުލަވާލާ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުން ދެންއޮންނަ ބައްދަލުވުމެއްގައި ނިންމުމަށް މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުށަހަޅުއްވައި މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް ތާއީދު ކުރެއްވިއެވެ.

ދެން ކޮމިޓީގައި މަޝްވަރާކުރެއްވީ ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ އިދާރާތަކާ ބައްދަލުކުރެއްވުމާ ގުޅޭގޮތުންނެވެ. އެގޮތުން އަންނަ ހަފްތާގައި އިދާރާތަކާ ބައްދަލުކުރުމަށް ފެނިވަޑައިގަންނަވާކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ތާއީދު ކުރެއްވިއެވެ. 

ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު ނާޡިމް

މާފަންނު އުތުރު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ފަލާޙް

އިނގުރައިދޫ ދާއިރާ

ވަޑައިނުގަންނަވާ

ޢަބްދުލްޙަންނާން އަބޫބަކުރު

ތުޅާދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޠާރިޤް

މަހިބަދޫ ދާއިރާ

ވަޑައިނުގަންނަވާ

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ރަސްމީ

މުޙައްމަދު ޝާހިދު

ހުޅުދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ވަޑައިނުގަންނަވާ

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

4 ޖޫން 2024

ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާއި އަދި އެނޫންވެސް ކަންކަމުގައި ކޮމިޓީން ޢަމަލުކުރާނެ ގޮތުގެ އުޞޫލު ކަނޑައެޅުން

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    03
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    01
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA