ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކު ކޮމިޓީ

ތާރީޚް

6 ޖޫން 2024 10:10

ނަންބަރު

2

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ ވަރކިންގ ކޯރަމް އަދި ވޯޓިންގ ކޯރަމް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން ކޮމިޓީގެ ވޯޓިންގ ކޯރަމަކީ 7 މެންބަރުން ކަމުގައި ކަނޑައެޅުމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ހުށަހެޅުއްވިއެވެ. ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް ތާޢީދުކުރެއްވި މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ ވޯޓިންގ ކޯރަމް ކަނޑައެޅުން.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ކޮމިޓީގެ ވޯޓިންގ ކޯރަމަކީ 7 މެންބަރުން ކަމަށް ފާސްވިއެވެ.



 އެއަށްފަހު، މަޝްވަރާ ކުރެވުނީ ކޮމިޓީގެ ވަރކިންގ ކޯރަމް ކަނޑައެޅުމާގުޅޭގޮތުންނެވެ. މިކަމާގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުވާލި ފުރުސަތުގައި ކޮމިޓީގެ ވަރކިންގ ކޯރަމަކީ 4 މެންބަރުން ކަމުގައި ކަނޑައެޅުމަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ހުށަހެޅުއްވިއެވެ. ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ތާއީދުކުރެއްވި މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ ވަރކިންގ ކޯރަމް ކަނޑައެޅުން.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 06

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ކޮމިޓީގެ ވަރކިންގ ކޯރަމެއްގެ ގޮތުގައި، ގަވާއިދުގައި ބަޔާންކުރާގޮތުން އެންމެ މަދު ޢަދަދު، 4 މެންބަރުން ކަމުގައި ފާސްވިއެވެ.




އޭގެ އިތުރުން، ސުލޫކުގެ ގަވާއިދުގެ ޑްރާފްޓެއް މެންބަރުންނާ ޙިއްޞާކުރެއްވުމަށްފަހު، މި ގަވާއިދަށް ގެނައުމަށް މެންބަރުންނަށް ފެންނަ އިޞްލާޙުތައް ދެން އަންނަ ބައްދަލުވުމެއްގައި ޙިއްޞާކުރުމަށް އަންގަވާ ކޮމިޓީ ނިންމަވާލެއްވިއެވެ. 


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA