ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

5 ޖޫން 2024 11:00

ނަންބަރު

2

2024 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 2 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. އެގޮތުން، ފުރަތަމަ އިދާރީ މޭޒުން ކޮމިޓީގެ މެންޑޭޓްއާ ގުޅޭގޮތުން މެންބަރުންނަށް މަޢުލޫމާތު ދެއްވެވިއެވެ. 

އެއަށްފަހު، ކޮމިޓީ ފެށުމަށް ބޭނުންވާ ކޯރަމާއި އަދި ވޯޓިންގ ކޯރަމާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ކުރެއްވި މަޝްވަރާގެ އަލީގައި ކޮމިޓީ ފެށުމުގެ ކޯރަމްގެ ގޮތުގައި މަދުވެގެން 4 މެންބަރުން ތިއްބެވުމަށް އަދި ވޯޓިންގ ކޯރަމްގެ ގޮތުގައި މަދުވެގެން 6 މެންބަރުން ތިއްބެވުމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވެވިއެވެ. މި ހުށަހެޅުއްވުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް ތާޢީދުކުރެއްވެވިއެވެ. މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ.

މި ވޯޓުގެ ނަތީޖާ ތިރީގައި އެވަނީއެވެ.


ވޯޓު: ކޮމިޓީގެ ޤާނޫނީ ޢަދަދަކީ މަދުވެގެން 4 މެންބަރުން ކަމުގައި ކަނޑައެޅުމަށާއި އަދި ވޯޓިންގ ކޯރަމްގެ ގޮތުގައި މަދުވެގެން 6 މެންބަރުން ކަމުގައި ކަނޑައެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން އިއްތިފާޤުން ފާސްވެފައި.


ދެން ކުރިއަށް ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިޞްލާޙުކުރެއްވުމަށްއެދި 2 ޖޫން 2024 ގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފޮނުއްވާފައިވާ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމެވެ. މި މައްސަލައާ ގުޅޭގޮތުން ނެގުނު ވޯޓާއި، އެ ވޯޓުގެ ނަތީޖާ ތިރީގައި އެވަނީއެވެ.


ވޯޓު: އަމީން ޢާންމުއަށާއި، ކައުންސެލް ޖެނެރަލްއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށާއި އަދި ޕާލިމަންޓަރީ ގްރޫޕްތަކަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ އިޞްލާޙުތައް، 8 ޖޫން 2024 ގެ ނިޔަލަށް ހުށަހެޅުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން އިއްތިފާޤުން ފާސްވެފައި


ދެން ކޮމިޓީން ކުރިއަށް ގެންދެވީ "ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން ޕާލިމަންޓަރީ ގްރޫޕްތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް މުވައްޒަފުން ނެގުމާގުޅޭ އުސޫލު" ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، 9 ޖޫން 2024 ގައި ބާއްވާ ކޮމިޓީގެ ބައްދަލުވުމުގައި މި އުސޫލު ފާސްކުރެއްވުމަށް ނިންމަވާ ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވެވިއެވެ. 

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA