ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

5 ޖޫން 2024 14:00

ނަންބަރު

3

2024 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 3 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ޕާލިމަންޓަރީ ގްރޫޕްތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް މުވައްޒަފުން ނެގުމާގުޅޭ އުސޫލު ދިރާސާކޮށް ގޮތެއް ނިންމެވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެގޮތުން، އެ އުސޫލު ހުށަހެޅިފައިވާ ގޮތަށް ފާސްކުރެއްވުމަށް މި ހުށަހެޅުނު ވޯޓުގެ ނަތީޖާ ތިރީގައި އެވާނީއެވެ.


ވޯޓު: ޕާލިމަންޓަރީ ގްރޫޕްތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް މުވައްޒަފުން ނެގުމާގުޅޭ އުސޫލު ހުށަހެޅުނު ގޮތަށް ފާސްކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.


އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިޞްލާޙުކުރެއްވުމަށްއެދި 2 ޖޫން 2024 ގައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމެވުން އަލުން މުރާޖަޢާ ކުރައްވަވާ، އެ ގަވާއިދަށް އިޞްލާހު ހުށަހެޅުމުގެ ފުރުސަތު އަމީން ޢާންމުއަށާއި، ކައުންސެލް ޖެނެރަލްއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށާއި އަދި ޕީޖީ ގްރޫޕްތަކަށް، 11 ޖޫން 2024 އާ ހަމައަށް ދެއްވުމަށް އެވަގުތު ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެގެން ދިޔައެވެ. މި ވޯޓުގެ ނަތީޖާ ތިރީގައި އެވާނީއެވެ.

 

ވޯޓު: ގަވާއިދަށް އިޞްލާހު ހުށަހެޅުމުގެ ފުރުސަތު އަމީން ޢާންމުއަށާއި، ކައުންސެލް ޖެނެރަލްއަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށާއި އަދި ޕީޖީ ގްރޫޕްތަކަށް، 11 ޖޫން 2024 ގެ ނިޔަލަށް ދިނުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA