ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

5 ޖޫން 2024 11:00

ނަންބަރު

2

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮމިޓީގައި މަޝްވަރާކުރެއްވި ކަންކަމާއި ނިންމި ކަންކަމުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

1.     ކޮމިޓީގެ ޤާނޫނީ ޢަދަދު 3/1 (ތިންބައިކުޅަ އެއްބައި) އަށް ވުރެ އިތުރުކުރަން ބޭނުންވާނަމަ، ޤާނޫނީ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން ކަމަށް ކަނޑައެޅުމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވައި، ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން ކަމަށް ކަނޑައެޅުން

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 08

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 07

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 07

ފާސްވުމަށް ބޭނުންވާ ޢަދަދު: 04

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި



2.      ކޮމިޓީން ކަންކަން ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދު ކަނޑައެޅުމަށް، ހުޅުވާލި ފުރުޞަތުގައި ވޯޓިންގ ކޯރަމްގެ ގޮތުގައި 5 މެންބަރުން ކަނޑައެޅުމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވައި މެދުހެންވޭރު ދާއިރާގެ މެންބަރު ޙުސައިން ނާޞިޙް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: ކޮމިޓީން ކަންކަން ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ އެންމެ މަދު ޢަދަދަކީ 5 މެންބަރުން ކަމަށް ކަނޑައެޅުން

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 08

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 07

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 07

ފާސްވުމަށް ބޭނުންވާ ޢަދަދު: 04


ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި

3.     ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ފިޔަވައި، ކޮމިޓީއަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު ކޮމިޓީން ޢަމަލުކުރާނެ އުސޫލު ކަނޑައެޅުމުގެ ގޮތުން ޢާންމު ފަރާތްތަކުންނާއި މެންބަރުން ނުވަތަ ދައުލަތުގެ އިދާރާތަކުން ހުށަހަޅާ މައްސަލަތަކުގައި ޢަމަލުކުރާނެގޮތުގެ އުސޫލަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ކޮމިޓީން އެފަދަ މައްސަލަތަކުގައި ޢަމަލުކުރެއްވިގޮތުގެ އުސޫލާ އެއްގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ކޮމިޓީންވެސް ޢަމަލުކުރެއްވުމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވައި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާއީދުކުރެއްވިއެވެ. އެއީ، ކޮމިޓީއަކަށް މައްސަލައެއް ލިބުމުން ފުރަތަމަ މަރުޙަލާގައި ކޮމިޓީގެ މުޤައްރިރު އެ މައްސަލައެއް ބައްލަވައި، ކަމާގުޅޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އެއްވެސް މައްސަލައަކާ ގުޅިގެން ނިންމުމެއް ނިންމާކަމަށްވާނަމަ، އެ މައްސަލައެއް ކޮމިޓީގެ ބައްދަލުވުމަކަށް ގެންގޮސް ކޮމިޓީން އެކަމަށް ގޮތެއް ނިންމުމެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: ޢާންމު ފަރާތްތަކުންނާއި މެންބަރުން ނުވަތަ ދައުލަތުގެ އިދާރާތަކުން ހުށަހަޅާ މައްސަލަތަކުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ޢަމަލުކޮށްފައިވާ ގޮތަށް މި ކޮމިޓީން ކުރިއަށްދިއުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 08

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 07

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓު ދިން މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 7

ފާސްވުމަށް ބޭނުންވާ ޢަދަދު: 04

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި


 

4.     ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 151 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޮމިޓީއަށް ފޮނުވޭ މައްސަލަތައް ފިޔަވައި، ކޮމިޓީއަށް ހުށަހެޅޭ އެހެނިހެން މައްސަލަތަކާމެދު ކޮމިޓީން ޢަމަލުކުރާނެ އުސޫލު ކަނޑައެޅުމުގެ ގޮތުން ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭ ހިމެނޭ އިދާރާތަކުގެ އަހަރު ރިޕޯޓާއި، އެ އިދާރާތަކުން އަހަރަކު އެއްފަހަރު ފޮނުވާ އެހެނިހެން ރިޕޯޓުތަކާމެދު ޢަމަލުކުރާނެ ގޮތަކާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެވުނެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓިން އެފަދަ މައްސަލަތަކުގައި ޢަމަލުކުރެއްވި ގޮތަށް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ކޮމިޓީންވެސް ޢަމަލުކުރުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހަޅުއްވައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: އިދާރާތަކުގެ އަހަރު ރިޕޯޓާއި، އެ އިދާރާތަކުން އަހަރަކު އެއްފަހަރު ފޮނުވާ އެހެނިހެން ރިޕޯޓުތަކާމެދު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ އުސޫލުން މި ކޮމިޓީން ޢަމަލުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 08

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 07

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 7

ފާސްވުމަށް ބޭނުންވާ ޢަދަދު: 04

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި


5.     ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ހިމެނޭ އިދާރާތަކުން ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަލަހައްޓާ ނުވަތަ ބައިތިއްބާ ތަންތަނަށް ކުރާ ޒިޔާރަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ރިޕޯޓުތަކާ ގުޅިގެން ކޮމިޓީން ޢަމަލުކުރާނެ އުސޫލާ ގުޅޭގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވިއެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ވަކި ޚާއްޞަ މައްސަލަތަކާ ގުޅޭ ނުވަތަ ކޮމިޓީން ވަގުތުން ގޮތެއް ނިންމަންޖެހޭ ބާވަތުގެ ރިޕޯޓުތަކުގެ ހުށަހެޅުންތައް ފިޔަވައި، އެހެނިހެން ރިޕޯޓުތަކުގައި ހުރި ހުށަހެޅުންތައް ދައުރަކު އެއް ފަހަރު ދިރާސާކުރުމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހެޅުއްވިއެވެ. އަދި އެ ހުށަހެޅުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ދައުލަތުގެ އިދާރާތަކުން ހުށަހަޅާ ވިޒިޓް ރިޕޯޓުތަކުގެ ތެރެއިން، ޚާއްޞަ މައްސަލަތަކާއި ވަގުތުން ބަލަންޖެހޭ ކަމެއް ފިޔަވައި، އެހެނިހެން ރިޕޯޓުތައް ދައުރަކު އެއްފަހަރު ކޮމިޓީން ދިރާސާކުރުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 08

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 06

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 06

ފާސްވުމަށް ބޭނުންވާ ޢަދަދު: 04

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި



6.     އެކި ފަރާތްތަކުން ދައުލަތުގެ އިދާރާތަކަށް ފޮނުވައި ރައްޔިތުންގެ މަޖިލީހަށް ކޮޕީކުރާ ސިޓީތަކުގެ ތެރެއިން ކޮމިޓީއަށް ހުށަހެޅޭ ސިޓީތަކާ މެދު ކޮމިޓީން ޢަމަލުކުރާނެގޮތުގެ އުސޫލާ ގުޅޭގޮތުން ހުޅުވާލި ފުރުޞަތުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ކޮޕީ ސިޓީތަކަށް ޢަމަލުކުރެއްވި ގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ކޮމިޓީންވެސް ޢަމަލުކުރެއްވުމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވައި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާއީދުކުރެއްވިއެވެ. އެއީ، ކޮމިޓީއަށް ހުށަހެޅޭ ކޮޕީ ސިޓީތައް ފުރަތަމަ މަރުޙަލާގައި ކޮމިޓީގެ އިދާރީ މުވައްޒަފުން ބެލުމަށްފަހު، ކޮމިޓީގެ ސަމާލުކަމަށް ގެންނަންޖެހޭ ފަދަ ކަމެއް ފާހަގަވާނަމަ، ކޮމިޓީން އެ މައްސަލައެއް ދިރާސާކުރުމެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ކޮޕީ ސިޓީތަކަށް ޢަމަލުކުރި އުސޫލުން، މި ކޮމިޓީގައިވެސް ޢަމަލުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 08

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 06

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 6

ފާސްވުމަށް ބޭނުންވާ ޢަދަދު: 04

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވި



7.     އައި.ޕީ.ޔޫ އެސެމްބްލީތަކުގައި ފާސްކުރާ ޤަރާރުތަކާ ގުޅިގެން ކޮމިޓީން ކޮށްފައިވާ މަސައްކަތްތައް ދެނެގަތުމަށް ލިބޭ ސިޓީތަކާ މެދު ޢަމަލުކުރާނެގޮތުގެ އުސޫލާ ގުޅޭގޮތުން ހުޅުވާލި ފުރުޞަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ޢަމަލުކުރެއްވި ގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މި ކޮމިޓީންވެސް ޢަމަލުކުރެއްވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ހުށަހަޅުއްވައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ތާއީދުކުރެއްވިއެވެ. އެއީ، އެފަދަ ސިޓީއެއް ކޮމިޓީއަށް ފޮނުއްވާއިރު، ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން އެ ޤަރާރުތަކުގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން ކުރައްވާފައިވާ މަސައްކަތްތަކުގެ ތަފްޞީލާއެކު ކޮމިޓީއަށް ފޮނުއްވުމަށް އެދި، ރައްޔިތުންގެ މަޖިލީހުގެ ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގައި ދެންނެވުމެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: އައި.ޕީ.ޔޫ އެސެމްބްލީތަކުގައި ފާސްކުރާ ޤަރާރުތަކާ ގުޅިގެން ކޮށްފައިވާ މަސައްކަތްތައް ދެނެގަތުމަށް ކޮމިޓީއަށް ފޮނުއްވާއިރު، ކަމާގުޅޭ ދައުލަތުގެ އިދާރާތަކުން ކުރައްވާފައިވާ މަސައްކަތްތަކުގެ ތަފްޞީލާއެކު ކޮމިޓީއަށް ފޮނުއްވައިދެއްވުމަށް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮރިން ރިލޭޝަންސް ޑިޕާޓަމަންޓުގައި ދެންނެވުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 08

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 06

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 6

ފާސްވުމަށް ބޭނުންވާ ޢަދަދު: 04

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވި


8.     އަލަށް އިންތިޚާބުކުރެވޭ މަޖިލީހަކާ ގުޅިގެން އެކުލަވާލެވޭ ކޮމިޓީތަކުގެ މަސައްކަތްތަކާ ގުޅިގެން 2 މަސްދުވަހުގެ ތެރޭ ކޮމިޓީތަކުން ތައްޔާރުކުރަންޖެހޭ ކޮމިޓީގެ ވަރކް ޕްލޭން އެކުލަވާލުމުގައި ޢަމަލުކުރާނެ ގޮތަކާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. އެގޮތުން، ކޮމިޓީގެ އިދާރީ މުވައްޒަފުން ވަރކް ޕްލޭނެއް އެކުލަވާލައި 4 ޖުލައި 2024 ގެ ކުރިން ކޮމިޓީއަށް ހުށަހެޅުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު ހުށަހަޅުއްވައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.



ވޯޓު: އިދާރީ މުވައްޒަފުން ކޮމިޓީގެ ވަރކް ޕްލޭން ތައްޔާރުކޮށް 4 ޖުލައި 2024 ގެ ކުރިން ކޮމިޓީއަށް ހުށަހެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 08

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 06

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 6

ފާސްވުމަށް ބޭނުންވާ ޢަދަދު: 04

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވި


ކޮމިޓީން ދެން ކުރިއަށްގެންދެވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ކުރިއަށްގެންދެވި މަސައްކަތްތަކާ ގުޅިގެން އެ ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. އެގޮތުން، ކޮމިޓީގެ އިދާރީ މުވައްޒަފުންނާއެކު މުޤައްރިރު މަޝްވަރާކުރެއްވުމަށްފަހު، އެ ރިޕޯޓާ ގުޅިގެން މުޤައްރިރު ގޮތެއް ނިންމެވުމާމެދު ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒެއް ނުކުރައްވައެވެ.

ދެން ކޮމިޓީގައި މަޝްވަރާކުރެވުނީ، ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާތެރޭ ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއެކު ކޮމިޓީން ބާއްވާ ތަޢާރަފްގެ ބައްދަލުވުމާ ގުޅޭގޮތުންނެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރުގެ މަޝްވަރާއާއެކު އެ ބައްދަލުވުންތައް ހަމަޖެއްސުމާމެދު ކޮމިޓީގެ އެއްވެސް މެންބަރެއް އިއުތިރާޒްކުރައްވާފައެއް ނުވެއެވެ.

އެންމެ ފަހު ކަމެއްގެ ގޮތުގައި ކޮމިޓީގައި މަޝްވަރާކުރެވުނީ، އިންޓަރނޭޝަނަލް ފައުންޑޭޝަން ފޮރ އިލެކްޓޯރަލް ސިސްޓަމްސްގެ ފަރާތުން ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުންނެވެ. އެގޮތުން، އެ ބައްދަލުވުން މަހެއް ފަހުން ބޭއްވުމަށް ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް ހުށަހަޅުއްވައި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާޢީދުކުރައްވާފައިވެއެވެ. މިގޮތަށް ކުރިއަށްގެނދިއުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒްކުރައްވާފައެއް ނުވެއެވެ.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA