ކޮމިޓީގެ ނަން

ޢާންމު ކޮމިޓީ

ތާރީޚް

10 ޖޫން 2024 11:00

ނަންބަރު

4

2024 ވަނަ އަހަރުގެ ޢާންމު ކޮމިޓީގެ 4 ވަނަ ބައްދަލުވުން.

ޚުލާސާ

މި ބައްދަލުވުމުގައި ޕާލިމަންޓަރީ ގްރޫޕްތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް މުވައްޒަފުން ނެގުމާގުޅޭ އުސޫލާ ގުޅޭގޮތުން 3 ވަނަ ބައްދަލުވުމުގައި ކޮމިޓީން ނިންމަވާފައިވާ ނިންމެވުން އަލުން މުރާޖަޢާ ކުރެއްވުމަށް އިދާރާއިން ފޮނުއްވާފައިވާ އުސޫލާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވެވިއެވެ. އެގޮތުން، އަލުން ހުށަހެޅިފައިވާ ގޮތަށް ފާސްކުރެއްވުމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވެވިއެވެ. މި ހުށަހެޅުއްވުމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ތާއީދުކުރެއްވެވިއެވެ. އަދި މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްވެގެން ދިޔައެވެ. މި ވޯޓުގެ ނަތީޖާ ތިރީގައި އެވާނީއެވެ.


ވޯޓު: ޕާލިމަންޓަރީ ގްރޫޕްތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް މުވައްޒަފުން ނެގުމާގުޅޭ އުސޫލު މުރާޖަޢާކޮށް ހުށަހެޅުނު ގޮތަށް ފާސްކުރުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 1

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނަތީޖާ: ހުށަހެޅުން ފާސްވެފައި.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA