ކޮމިޓީގެ ނަން

ޕެޓިޝަން ކޮމިޓީ

ތާރީޚް

10 ޖޫން 2024 14:30

ނަންބަރު

2

2024 ވަނަ އަހަރުގެ ޕެޓިޝަން ކޮމިޓީގެ 2 ވަނަ ބައްދަލުވުން.

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ، ކޮމިޓީގެ ޤާނޫނީ ޢަދަދު 3/1 (ތިންބައިކުޅަ އެއްބައި) އަށް ވުރެ އިތުރުކުރަން ބޭނުންވާނަމަ، ޤާނޫނީ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން ކަމުގައި ކަނޑައެޅުމަށް މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ހުށަހަޅުއްވައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓު: ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން ކަމުގައި ކަނޑައެޅުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނަތީޖާ: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ ޤާނޫނީ ޢަދަދަކީ 4 މެންބަރުން ކަމުގައި ކަނޑައެޅުއްވިއެވެ.

 

ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ކޮމިޓީން ކަންކަން ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި ވޯޓިންގ ކޯރަމްގެ ގޮތުގައި 7 މެންބަރުން ކަނޑައެޅުމަށް މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ހުށަހަޅުއްވައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވި ގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 7 މެންބަރުން ކަމަށް ކަނޑައެޅުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނަތީޖާ: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީން އެއްވެސް ކަމެއް ނިންމާއިރު، ހާޒިރުވެ ތިބެންޖެހޭ މެންބަރުންގެ ޢަދަދަކީ 7 މެންބަރުން ކަމުގައި ކަނޑައެޅުއްވިއެވެ.


ތިންވަނަ ކަމެއްގެ ގޮތުން ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 163 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދު ކަނޑައެޅުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުސަތުގައި މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދަކީ 7 މެންބަރުން ކަމަށް ކަނޑައެޅުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ ޢަދަދަކީ 7 މެންބަރުން ކަމަށް ކަނޑައެޅުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މީހުން ހާޒިރުކުރުމަށް ބޭއްވޭ ކޮމިޓީގެ ބައްދަލުވުމެއްގެ ޤާނޫނީ އަދަދަކީ 7 މެންބަރުން ކަނޑައެޅުއްވިއެވެ.


އެއަށްފަހު ކުރިއަށް ގެންދެވީ ކޮމިޓީން ކަންކަން ނިންމުމުގައި ޢަމަލުކުރާނެ އުސޫލު ފާސްކުރުމުގެ މަސައްކަތެވެ. އެގޮތުން؛

1-     ކޮމިޓީއަށް ހުށަހަޅާ ޕެޓިޝަންތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވެފައިވާ ޕެޓިޝަންތަކާ ގުޅިގެން ޢަމަލު ކުރާނެ އުސޫލު:

-         މިފަދަ ޕެޓިޝަންތައް ދިރާސާކުރުމުގައި 19 ވަނަ މަޖިލީހުގައި ޢަމަލުކުރަމުން އައި އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ކޮމިޓީގެ މެންބަރުން ނިންމެވިއެވެ.


2-     ކޮމިޓީއަށް ހުށަހަޅާ ޕެޓިޝަންތަކުގެ ތެރެއިން ޝަރުޠު ފުރިހަމަނުވާ ޕެޓިޝަންތަކާމެދު ޢަމަލު ކުރާނެ އުސޫލު:

-         ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންތަކުގެ ތެރެއިން މަޖިލީހުގެ ގަވާއިދުގެ 233 ވަނަ މާއްދާއާއި 234 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަނުވާނަމަ، އެ ޕެޓިޝަން ހުށަހެޅި ފަރާތައް ޝަރުތުތައް ފުރިހަމަ ކުރުމަށްފަހު، އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ހުށަހަޅުއްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން ތާއީދުކުރެއްވިއެވެ.

-          އަދި، ކުރިން ޢަމަލުކުރަމުން ދިޔަ އުސޫލު ބަދަލުކޮށް، ޕެޓިޝަންތަކުގެ ޝަރުތު ފުރިހަމަކޮށްދިނުމަށް ކޮމިޓީގެ އިދާރީ މުވައްޒަފުން ޝާމިލްނުވެ، ޕެޓިޝަން ހުށަހަޅާ ފަރާތައް/ފަރާތްތަކަށް މަޖިލީހުގެ އިދާރާއިން ޕެޓިޝަން ބަލައިގަންނައިރު ފުރިހަމަނުވާ ޝަރުތުތައް ކިޔައިދިނުމަށްފަހު، އިސްލާޙުކުރުމުގެ ފުރުސަތު ދިނުމަށް ނިންމެވިއެވެ.

-         މީގެއިތުރުން، މި ނިންމުމާ ގުޅިގެން ޕެޓިޝަންގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ޖެނަރަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް މެމޯއެއް ފޮނުވައި، އެ ޑިޕާޓްމަންޓިން ޕެޓިޝަނެއް ކޮމިޓީއަށް ފޮނުވުމުގެ ކުރިން ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށް ނިންމާފައިވެއެވެ.

ޝަރުތު ހަމަނުވާ ޕެޓިޝަނާމެދު ޢަމަލުކުރާނެ އުސޫލު ފާސްކުރުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓުގެ ނަތީޖާ: ޝަރުތުހަމަނުވާ ޕެޓިޝަނާމެދު ޢަމަލުކުރާނެ އުސޫލު

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6


ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ޝަރުތުހަމަނުވާ ޕެޓިޝަންތަކާ މެދު ޢަމަލު ކުރާނެ އުސޫލު ފާސްކުރެވުނެވެ.


ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA