ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

10 ޖޫން 2024 11:45

ނަންބަރު

3

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ ގެ ދަށުން ހިގަމުންދާ 17 މިޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއެއް އެކުލަވާލެއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހަޅުއްވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ތާއީދުކުރެއްވިއެވެ.

 

ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

1.     މައްޗަންގޮޅި އުތުރު ދާއިރާ މެންބަރު އިބްރާހީމް މުޙައްމަދު

2.     ވައިކަރަދޫ ދާއިރާ މެންބަރު ޙުސައިން ޒިޔާދު

3.     ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު މުޙައްމަދު ދާއޫދު

4.     ކެނދިކުޅުދޫ ދާއިރާ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު

5.     މަތިވެރި ދާއިރާ މެންބަރު ޙަސަން ޒަރީރު

6.     ފުވައްމުލަކު ދެކުނު ދާއިރާ މެންބަރު އިބްރާހީމް ޙުސައިން

7.     މަރަދޫ ދާއިރާ މެންބަރު އަޙްމަދުދީދީ


މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ ގެ ދަށުން ހިގަމުންދާ 17 މިޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއެއް އެކުލަވާލެއްވުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.


އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ ގެ ދަށުން ހިގަމުންދާ 17 މިޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތައް ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ސަބް ކޮމިޓީއެއް ވަނީ އެކުލަވާލެވިފައެވެ.


އެއަށްފަހު، ކޮމިޓީގައި މަޝްވަރާކުރެއްވީ ކޮމިޓީއަށް އަންނަ މައްސަލަތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލު ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، އިދާރީ މުވައްޒަފުން ތައްޔާރުކުރި ކޮމިޓީން ޢަމަލުކުރާ އުސޫލުގެ ޑްރާފްޓް ކޮމިޓީއަށް ހުށަހަޅާފައި އޮތްގޮތަށް ފާސްކުރުމަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ކޮމިޓީން ޢަމަލުކުރާ އުސޫލު ފާސްކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10

ފާސްވުމަށް ބޭނުންވާ ޢަދަދު: 6

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA