ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ސަބް ކޮމިޓީ (އަހަރު ރިޕޯޓުތައް ދިރާސާކުރުމަށް)

ތާރީޚް

11 ޖޫން 2024 12:30

ނަންބަރު

1

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ސަބް ކޮމިޓީ - 1 ގެ 2024 ވަނަ އަހަރުގެ 01 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވަނީ، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު އިންތިޚާބުކުރުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު އިންތިޚާބުކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްދެއްވީ، ޑެޕިއުޓީ ޑިރެކްޓަރ ލީގަލް އެފެއާޒް އަލްއުސްތާޛާ ޝިރާޒާ ނަޞީރެވެ.

ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ކޮމިޓީގެ މުޤައްރިރުކަމަށް އިންތިޚާބުކުރުމަށް، ކުޅުދުއްފުށި އުތުރު ދާއިރާ މުޙައްމަދު ދާއޫދު ހުށަހަޅުއްވައި މައްޗަންގޮޅި އުތުރު ދާއިރާ އިބްރާހީމް މުޙައްމަދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓުގެ ނަތީޖާ: ކޮމިޓީގެ މުޤައްރިރުކަމަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު އިންތިޚާބުކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :7

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 7

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 7

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 7

ފާސްވުމަށް ބޭނުންވާ ޢަދަދު: 4

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު އިންތިޚާބުކުރެއްވިއެވެ.

އެއަށްފަހު، ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރުގެ ނައިބު އިންތިޚާބުކުރުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ކޮމިޓީގެ މުޤައްރިރުގެ ނައިބު ކަމަށް އިންތިޚާބުކުރުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހަޅުއްވައި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުއްވުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

ވޯޓު: ކޮމިޓީގެ މުޤައްރިރުގެ ނައިބު ކަމަށް ފުވައްމުލަކު ދެކުނު ދާއިރާ އިބްރާހީމް ޙުސައިން އިންތިޚާބުކުރެއްވުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :7

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 7

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 7

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 7

ފާސްވުމަށް ބޭނުންވާ ޢަދަދު: 4

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބު ކަމަށް ފުވައްމުލަކު ދެކުނު ދާއިރާ އިބްރާހީމް ޙުސައިން އިންތިޚާބުކުރެއްވިއެވެ.

އެއަށްފަހު، ކޮމިޓީގައި މަޝްވަރާ ކުރެއްވީ ކޮމިޓީން މަސައްކަތް ނިންމާނެ ތާރީޚްއަކާ ގުޅޭގޮތުންނެވެ. އަދި 31 ޖުލައި 2024 އަށް ސަބް ކޮމިޓީގެ މަސައްކަތް ނިންމެވުމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ހުށަހަޅުއްވައި މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ ތާއީދުކުރެއްވިއެވެ. (މި ހުށަހެޅުއްވުމަށް ކޮމިޓީގެ މެންބަރުން އިޢުތިރާޟް ނުކުރައްވާތީ މި ހުށަހެޅުއްވުން ފާސްވީކަމުގައި ކަނޑައެޅުއްވި)

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA