ކޮމިޓީގެ ނަން

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ

ތާރީޚް

25 ޖޫން 2024 11:30

ނަންބަރު

2

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނެ އުޞޫލު ފާސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނެ އުޞޫލާ ގުޅިގެން 2 ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. އެއީ:

  1.  ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނެ އުޞޫލު ޑްރާފްޓްކޮށްފައިވާގޮތަށް ފާސްކުރެއްވުމަށާއި ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ އިދާރާތައް ކަމަށްވާ ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޒިންމާދާރު ވެރިންނާ ބައްދަލުކުރެއްވުމަށް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ތާއީދު ލިބިފައިފައިނުވެއެވެ.
  2. ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދަވާނެ އުޞޫލުގެ ޑްރާފްޓް، ކޮމިޓީގެ މެންބަރުން އިތުރަށް ދިރާސާކުރައްވައި، ދެން ބާއްވަވާ ކޮމިޓީގެ ބައްދަލުވުމެއްގައި ފާސްކުރެއްވުމަށް، މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފް ތާއީދުކުރެއްވިއެވެ. (މި ހުށަހެޅުއްވުމަށް ކޮމިޓީގެ މެންބަރުން އިޢުތިރާޟް ނުކުރައްވާތީ މި ހުށަހެޅުއްވުން ފާސްވީކަމުގައި ކަނޑައެޅުއްވި)

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA