ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ
25 ޖޫން 2024 12:30 ނަންބަރު 2
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގައި ޢަމަލުކުރާނެ އުޞޫލުތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުމެވެ. އެގޮތުން، ކޮމިޓީގެ ބައްދަލުވުމަކަށް އެޖެންޑާ ކޮށް އެބައްދަލުވުން ފަށަންޖެހޭ ވަގުތު ހަމަވިއިރު ކޮމިޓީގެ ޤާނޫނީ ޢަދަދު ހަމަނުވާނަމަ ކޮމިޓީގެ ބައްދަލުވުން ފަށަން ހަމަޖެހިފައިވާ ވަގުތުން ފެށިގެން، 10 (ދިހަ) މިނިޓަށް މަޑުކުރުމަށްފަހު ކެންސަލްކުރުމަށް ފެންނަކަމަށް ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހަޅުއްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒް ނުކުރައްވާތީ އެގޮތަށް ފާސްވެފައެވެ. މީގެ އިތުރަށް ކޮމިޓީގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލަށް އިތުރު އެއްވެސް އިޞްލާހެއް ހުށަހެޅިފައިނުވެއެވެ. އެހެންކަމުން، ކޮމިޓީގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ފާސްކުރެއްވުމަށް ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒް ނުކުރައްވާތީ، ގެނެވުނު ބަދަލާއެކު ވަނީ ކޮމިޓީގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ފާސްވެފައެވެ.
އެއަށްފަހު، އެންޓި- ކޮރަޕްޝަން ކޮމިޝަނުން އަމިއްލަ ކުންފުނިތައް ރަޖިސްޓްރީކުރުމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތައް ދެނެގަނެ ކަމާބެހޭ ފަރާތްތަކަށް ލަފައާއި އިރުޝާދު ދިނުމަށް ތައްޔާރުކޮށް 9 ނޮވެންބަރު 2023 ގައި ޝާއިޢުކޮށްފައިވާ ދިރާސާތަކުގެ ހޯދުންތަކާއި އިރުޝާދުތައް ހިމެނޭ މަޢުލޫމާތު ކަރުދާސް މެންބަރުންނާ މެއިލްގެ ޒަރިއްޔާއިން ޙިއްޞާކުރެއްވުމަށްފަހު، އެ މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ.
ދެން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން އެ ކޮމިޝަނުގެ ނަންބަރު 123-ES/161/2023/11 (30 އޮކްޓޫބަރު 2023) ސިޓީއިން އަންގަވާފައިވާ ކަންކަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ އިދާރީ ގިނަ މަސައްކަތް ހުއްޓުމަކަށް އައިސް ކުންފުންޏަށް މާލީ ގިނަ ގެއްލުންތައްވާނެތީ، އެ ކޮމިޝަނުގެ ސިޓީއާ ގުޅޭގޮތުން އެ ކުންފުނިން ޢަމަލުކުރާނެ ގޮތުގެ ލަފައަކަށް އެދި 02 ނޮވެންބަރު 2023ގައި ފޮނުއްވާފައިވާ މައްސަލައިގެ ޙާލަތު ދެމިއޮތްތޯ ބެއްލެވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ސިޓީ ފޮނުއްވުމަށް ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅިއްވި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިޢުތިރާޒު ނުކުރައްވާތީ ފާސްވިއެވެ.
އަދި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޙާލަތު ދިރާސާކުރެއްވުމަށް ސަބް-ކޮމިޓީތަކެއް އެކުލަވާލުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ތާޢީދުކުރައްވި ހުށަހެޅުއްވުމަށް އެއްވެސް މެންބަރަކު އިޢުތިރާޒްނުކުރައްވާތީ، އެ ހުށަހެޅުއްވުން ފާސްވިއެވެ. އަދި ސަބް ކޮމިޓީތައް ހޮވުމުގެ މަސައްކަތް އެހެން ބައްދަލުވުމެއްގައި ކުރިއަށްގެންދިއުމަށް ނިންމެވިއެވެ. މިއާއެކު، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މޮނިޓަރިންގެ ޒިންމާ މަތިކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންއާކަމުން އެ ބޯޑު ކޮމިޓީއަށް ހާޒިރުކުރަން މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޘިމް ހުށަހަޅުއްވައި ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް ތާޢީދުކުރެއްވި ހުށަހެޅުންވަނީ ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒް ނުކުރައްވާތީ އެގޮތަށް ފާސްވެފައެވެ.
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިނުގަންނަވާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
13 ނޮވެމްބަރު 2023
އޭސީސީއިން ތައްޔާރުކޮށްފައިވާ އަމިއްލަ ކުންފުނިތައް ރަޖިސްޓްރީކުރުމުގެ ނިޒާމަށް ގެންނަން ފެންނަ ބަދަލުތައް ހިމެނޭ މަޢުލޫމާތު ކަރުދާސް.
ކޮމެޓީ މަސައްކަތް ނިމިފައި
1 ނޮވެމްބަރު 2023
އެންޓ-ކޮރަޕްޝަން ކޮމިޝަނުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް މަޑުޖައްސާލަން އެންގުމާއި ގުޅިގެން އެ ކުންފުނިން ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA