ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

25 ޖޫން 2024 11:10

ނަންބަރު

4

މާލިއްޔަތު ކޮމިޓީގެ 2024 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޑް (އެސް.އެފް.ޑީ)ގެ އެހީގައި ދިވެހިރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ "ހެލްތް ސެކްޓަރ ޑިވެލޮޕްމަންޑް ޕްރޮޖެކްޓް" އަށް ބޭނުންވާ 187.5 މިލިއަން ސައުދީ ރިއާލް ނެގުމަށް ދިވެހި ސަރުކާރާއި، އެސް.އެފް.ޑީއާއި ދެމެދު ސޮއިކޮށްފައިވާ ލޯނު އަދި "އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް ޕްރޮޖެކްޓް" އަށް ބޭނުންވާ އެޑިޝަނަލް ފައިނޭންސިން ހޯދުމަށް އެސް.އެފް.ޑީ އާއި ދިވެހި ސަރުކާރާއި ދެމެދު 16 މޭ 2024 ގައި 375 މިލިއަން ސައުދީ ރިއާލް ލޯނު އެގްރީމްންޓުގެ މަޢުލޫމާތު ކޮމިޓީއާ ޙިއްޞާކުރެއްވިއެވެ.         

 

އެއަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުއްވާފައިވާ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ގެ 40 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ 2021 އަދި 2022 ވަނަ އަހަރުގެ ދައުލަތުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށްފަހު އޮޑިޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ ރިޕޯޓް ކޮމިޓީއާ ޙިއްޞާކުރެއްވިއެވެ.         

 

މީގެ އިތުރުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ އެ އޮފީހުގެ 2023 ވަނަ އަހަރުގެ މާލީ ބަޔާނާއި، 2023 ވަނަ އަހަރުގެ ދެވަނަ ތިންމަސް އަދި ތިންވަނަ ތިންމަހުގައި ކުރެވުނު މަސައްކަތްތަކާއި އޮފީސް ހިނގަމުންދާ ގޮތުގެ ރިޕޯޓް ޙިއްޞާކުރެއްވިއެވެ. އަދި ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އޮފީސްތަކުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ހުށަނާޅުއްވާ މުއައްސަސާތަކުގެ ލިސްޓާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

 

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

2 ޖޫން 2024

ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޑް (އެސް.އެފް.ޑީ) އާއެކު ސޮއިކުރެވިފައިވާ ހެލްތް ސެކްޓަރ ޑިވެލޮޕްމަންޑް ޕްރޮޖެކްޓް އަށް ބޭނުންވާ 187.5 މިލިއަން ސައުދީ ރިއާލް ލޯނުގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

2 ޖޫން 2024

އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓް ޕްރޮޖެކްޓް އަށް އެޑިޝަނަލް ފައިނޭންސިން ހޯދުމަށް އެސް.އެފް.ޑީ އާއެކު ސޮއިކުރެވިފައިވާ 375 މިލިއަން ސައުދީ ރިއާލް ލޯނު އެގްރީމްންޓުގެ މަޢުލޫމާތު

ކޮމެޓީ މަސައްކަތް ނިމިފައި

28 މާރިޗު 2024

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކުއަރޓަރ ރިޕޯޓް - 2023 ވަނަ އަހަރުގެ ތިންވަނަ ކުއަރޓަރ

ކޮމެޓީ މަސައްކަތް ނިމިފައި

21 މާރިޗު 2024

މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ ދައުލަތުގެ 2022 ވަނަ އަހަރުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގެ އޮޑިޓް ރިޕޯޓް

ކޮމެޓީ މަސައްކަތް ނިމިފައި

29 ފެބްރުއަރީ 2024

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2023 ވަނަ އަހަރުގެ މާލީ ބަޔާން

ކޮމެޓީ މަސައްކަތް ނިމިފައި

18 ފެބްރުއަރީ 2024

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކުއަރޓަރ ރިޕޯޓް - 2023 ވަނަ އަހަރުގެ ދެވަނަ ކުއަރޓަރ

ކޮމެޓީ މަސައްކަތް ނިމިފައި

2 ޖެނުއަރީ 2024

މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވާފައިވާ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ކޭޝްފްލޯ ޕްލޭން

ކޮމެޓީ މަސައްކަތް ނިމިފައި

1 އޯގަސްޓު 2023

މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އަންގައިދޭ ބަޔާނާއި ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އަންގައިދޭ ބަޔާން 2024-2026

ކުރިޔަށް ދަނީ

8 ޑިސެމްބަރު 2022

މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ ދައުލަތުގެ 2021 ވަނަ އަހަރުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގެ އޮޑިޓް ރިޕޯޓް

ކޮމެޓީ މަސައްކަތް ނިމިފައި

18 އޭޕްރީލު 2021

ދައުލަތުގެ އޮފީސްތަކުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޤާނޫނުގައި ބުނާ މުއްދަތުގައި ހުށަހަޅާފައިނުވާ އޮފީސްތަކުގެ ލިސްޓް

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA