ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

26 ޖޫން 2024 14:32

ނަންބަރު

6

މާލިއްޔަތު ކޮމިޓީގެ 2024 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ދައުލަތުގެ މާލީ އަދި އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ތިރީގައިވާ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.

1.      ޑރ. މުޙައްމަދު ޝަފީޤް، މިނިސްޓަރު

2.      އަޙްމަދު ސާއިދު މުޞްޠަފާ، ޑެޕިއުޓީ މިނިސްޓަރު

3.      މުޙައްމަދު އާޒާދް، އެކައުންޓެންޓް ޖެނެރަލް

4.      ފާތިމަތު މުޙައްމަދު ދީދީ، ޑެޓް މެނޭޖްމަންޓް އެގްޒެކެޓިވް

5.      އަޙްމަދު ޒަޔާން މުޙައްމަދު، އިކޮނޮމިސްޓް


މި ބައްދަލުވުމުގައި ދައުލަތުގެ ދަރަންޏާއި ދައުލަތުގެ ޚަރަދާއި އަދި އެ ޚަރަދުތައް ކުޑަކުރުމަށް މިނިސްޓްރީން ކުރައްވަމުންގެންދަވާ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން  ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތް ކުރައްވާނެކަމަށާއި، ޕީ.އެސް.އައިޕީ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދަވާނެގޮތުގެ ޕްލޭނެއް އެކުލަވާލާނެކަމަށާއި، ސަބްސިޑީ ދެމުން އަންނަ ގޮތްތަކަށް ބަދަލު ގެންނަވާނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން، އާމްދަނީ އިތުރުކުރުމާ ގުޅޭގޮތުން މިނިސްޓްރީން ކޮމިޓީއާ ޙިއްޞާކޮށްފައިވާ ކަންކަން ތަންފީޒުކުރެއްވުމުގެ މަސައްކަތް ފައްޓަވާނީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ރިފޯމްކުރުމަށް މިނިސްޓްރީން ރާއްވަވާފައިވާ ކަންކަން އެއްކޮށް ފުރިހަމަވުމުންކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA