ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

24 ޖޫން 2024 11:05

ނަންބަރު

3

ޖުޑީޝިއަރީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮމިޓީގައި މަޝްވަރާކުރެއްވި ކަންކަމާއި ނިންމި ކަންކަމުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

1.     ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ކޮމިޓީއާ ހިއްސާކުރުމުގެ ފުރުޞަތަކަށް އެދިވަޑައިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާމެދު މަޝްވަރާކުރައްވައި ގޮތެއް ނިންމެވިއެވެ. އެގޮތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހަޅުއްވާ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ތާއިދުކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިވަޑައިގަންވާފައިވާ ގޮތުގެ މަތިން އެބޭފުޅުންނާއި ބައްދަލުކުރެއްވުމަށެވެ. އެއްވެސް މެންބަރެއް އިޢުތިރާޟް ނުކުރައްވާތީ، މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ކޮމިޓީއާ ހިއްސާކުރުމުގެ ފުރުޞަތަކަށް އެދިވަޑައިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނަށް ކޮމިޓީއަށް ދެންނެވުމަށް.


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު: 11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 8

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 7

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 7

ފާސްވުމަށް ބޭނުންވާ ޢަދަދު: 05

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި


2.     ދެވަނަ ކަމެއްގެ ގޮތުގައި، ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ބައްދަލުކޮށް އެ މުއައްސަސާތަކުގެ މަސައްކަތްތައް ކޮމިޓީއާ ހިއްސާކުރުމުގެ ގޮތުން އެ އިދާރާތަކާ ބައްދަލުކުރެއްމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާ ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު ތާއީދުކުރައްވާފައިވެއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރެއް އިޢުތިރާޟް ނުކުރައްވާތީ، މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 


ވޯޓު: ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ބައްދަލުކުރުމަށް.


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު: 11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 8

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 7

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 7

ފާސްވުމަށް ބޭނުންވާ ޢަދަދު: 05

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި


 

3.     އަހަރު ރިޕޯޓުތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ބައްދަލުކުރައްވާއިރު 2019 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހުރި އަހަރު ރިޕޯޓްތަކާއި ގުޅޭގޮތުން ކޮމިޓީއާއި މަޢުލޫމާތު ޙިއްސާކުރުމަށް އެ އިދާރާތަކުގައި ދެންނެވުމަށް ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު މި ހުށަހެޅުމަށް ތާއީދުކުރެއްވިއެވެ. އެއްވެސް މެންބަރެއް އިޢުތިރާޟް ނުކުރައްވާތީ، މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: އަހަރު ރިޕޯޓުތައް ދިރާސާކުރުމުގެ ގޮތުން ކޮމިޓީގެ މަސްއޫލިއްޔަތު ދާއިރާގައި ހިމެނޭ ހުރިހާ މުއައްސަސާތަކާ ބައްދަލުކުރުމަށް.


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 05

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި

 

4.     ކްރިމިނަލް ކޯޓު ހިންގަމުން ގެންދިޔަ އިމާރާތް ބާވެ، އެ އިމާރާތުގައި ނުރައްކާތެރި ހާދިސާތައް ހިނގުން ގިނަވެފައިވާތީއާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން 2023 ވަނަ އަހަރު ފޮނުވާފައިވާ ސިޓީއާމެދު މަޝްވަރާކޮށް ގޮތެއް ނިންމެވިއެވެ. އެގޮތުން ކަމާ ގުޅުންހުރި 3 އިދާރާކަމުގައިވާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ކްރިމިނަލް ކޯޓު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވިއެވެ. އެއްވެސް މެންބަރެއް އިޢުތިރާޟް ނުކުރައްވާތީ، މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ކްރިމިނަލް ކޯޓު ހިންގަމުން ގެންދިޔަ އިމާރާތް ބާވެ، އެ އިމާރާތުގައި ނުރައްކާތެރި ހާދިސާތައް ހިނގުން ގިނަވެފައިވާތީއާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން 2021 ވަނަ އަހަރު ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ކްރިމިނަލް ކޯޓު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުމަށް 


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 05

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި

 

5.     ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާ ޙުކުމް އިއްވަނީ މައްސަލައިގެ ޚުލާސާ ރިޕޯޓު ތައްޔާރުނުކޮށްކަމަށާއި، އެކަމުގެ ސަބަބުން އިސްތިއުނާފުކުރުމަށް ލިބޭ މުއްދަތުގައި އިސްތިއުނާފުކުރުމަށް ހުރަސްއެޅިގެންދާކަން ފާހަގަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަ ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާކުރެއްވިއެވެ. އެގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ މައްސަލަތަކުގެ ޚުލާސާ ރިޕޯޓް ތައްޔާރުކުރުމާއި ޙަވާލުކުރުމާ ގުޅޭގޮތުން އެ ޓްރައިބިއުނަލުން އެއްވެސް އުސޫލެއް ކަނޑައަޅުއްވާފައިވޭތޯއާއި، މައްސަލަތަކުގެ ޚުލާސާ ރިޕޯޓު ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޙަވާލުކުރެވޭތޯއާއި، ޚުލާސާ ރިޕޯޓު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިންމުމުގައި ތިޔަ ޓްރައިބިއުނަލަށް ދިމާވާ އެއްވެސް ދަތިކަމެއް އޮތްނަމަ، އެކަން ސާފުކުރެއްވުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސިޓީއެއް ފޮނުއްވުމަށް ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވިއެވެ. އެއްވެސް މެންބަރެއް އިޢުތިރާޟް ނުކުރައްވާތީ، މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.


ވޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާ ޙުކުމް އިއްވަނީ މައްސަލައިގެ ޚުލާސާ ރިޕޯޓު ތައްޔާރުނުކޮށްކަމާއި، އެކަމުގެ ސަބަބުން އިސްތިއުނާފުކުރުމަށް ލިބޭ މުއްދަތުގައި އިސްތިއުނާފުކުރުމަށް ހުރަސްއެޅިގެންދާކަން ފާހަގަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ހޯދުމަށް ޓްރައިބިއުނަލްއަށް ސިޓީ ފޮނުއްވުމަށް. 


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9

ފާސްވުމަށް ބޭނުންވާ ޢަދަދު: 05

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި



ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA