ކޮމިޓީގެ ނަން

ޖުޑީޝިއަރީ ކޮމިޓީ

ތާރީޚް

26 ޖޫން 2024 11:12

ނަންބަރު

4

ޖުޑީޝިއަރީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮމިޓީގައި މަޝްވަރާކުރެއްވި ކަންކަމާއި ނިންމި ކަންކަމުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

1.     ޓެކްސް އެޕީލް ޓްރައިބިއުނަލްއާއި ގުޅޭގޮތުން އަމިއްލަ ފަރާތަކުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ މައްސަލަ ހުށަހަޅުއްވާފައިވާ ފަރާތް ކޮމިޓީއަށް ހާޒިރުކޮށް މަޢުލޫމާތު ސާފުކުރެއްވުމަށެވެ. ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ހުށަހަޅުއްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު މި ހުށަހެޅުމަށް ތާއީދުކުރެއްވިއެވެ. އެއްވެސް މެންބަރެއް އިޢުތިރާޟް ނުކުރައްވާތީ، މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

 

ވޯޓު: ޓެކްސް އެޕީލް ޓްރައިބިއުނަލްއާއި ގުޅޭގޮތުން އަމިއްލަ ފަރާތަކުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅޭ ގޮތުން، އެ ފަރާތާ ކޮމިޓީން ބައްދަލުކުރުމަށް


ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު: 11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 8

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 05

ވޯޓުގެ ނަތީޖާ: ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވި



ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA