އިޖްތިމާޢީ ކޮމިޓީ
8 ޖުލައި 2024 10:00 ނަންބަރު 5
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައެޅުމާއި، ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމެވެ.
އެގޮތުން ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް އިޢުލާންކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށަހަޅުއްވައި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓުގެ ނަތީޖާ: ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް އިޢުލާނު ކުރުމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 09
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 08
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 08
ފާސްވުމަށް ބޭނުންވާ ޢަދަދު: 05
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް އިޢުލާނު ކުރުމަށް ފާސްވިއެވެ.
އެއަށްފަހު ބިލާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތަށާއި މިނިސްޓްރީ އޮފް ފިނޭންސްއަށް ސިޓީ ފޮނުވުމަށް ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޟީލް ހުށަހަޅުއްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްޠަފާ ޙުސައިން ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓުގެ ނަތީޖާ: ބިލާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތަށާއި މިނިސްޓްރީ އޮފް ފިނޭންސްއަށް ސިޓީ ފޮނުވުމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 09
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 09
ފާސްވުމަށް ބޭނުންވާ ޢަދަދު: 05
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ބިލާ ގުޅޭގޮތުން ޚިޔާލު ހޯދުމަށް މިނިސްޓްރީ އޮފް ހެލްތަށާއި މިނިސްޓްރީ އޮފް ފިނޭންސްއަށް ސިޓީ ފޮނުވުމަށް ފާސްވިއެވެ.
އެންމެ ފަހު ކަމަކަށް، ކޮމިޓީން ބިލުގެ މަސައްކަތް ނިންމާ ސުންގަޑި އެއްގެ ގޮތުގައި 25 ޖުލައި 2024 ކަނޑައެޅުމަށް އައްޑޫމީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓުގެ ނަތީޖާ: ބިލުގެ ސުންގަޑިއެއްގެ ގޮތުގައި 25 ޖުލައި 2024 ކަނޑައެޅުމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 11
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 10
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 10
ފާސްވުމަށް ބޭނުންވާ ޢަދަދު: 06
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ބިލުގެ ސުންގަޑިއެއްގެ ގޮތުގައި 25 ޖުލައި 2024 ފާސްވިއެވެ.
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މުޞްޠަފާ އިބްރާހީމް
މާފަންނު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިބްރާހީމް
ކޮމަންޑޫ ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިގެންނެވި
މުންތަޡިމް އިބްރާހީމް
ކާށިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އަލްސަން އަޙްމަދު
ތިނަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ވަޑައިގެންނެވި
24 ޖޫން 2024
ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA