ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2024 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

9 ޖުލައި 2024 12:00 ނަންބަރު 3

ޚުލާސާ

މިއަދުގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަންކަމުގެ ތެރެއިން ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ.

އެގޮތުން، ހުޅުވާލި ފުރުޞަތުގައި، އެ މައްސަލައަކީ ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައެއް ކަމާއި އަދި ހިނގަމުންމިދާ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ވުޒާރާތައް އުފައްދަވައި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާތީ، ދެންނެވުނު މައްސަލައިގެ މުއާލާތް ކެނޑިފައިވާކަމަށް ނިންމައި އެ މައްސަލަ ފައިލްކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅައި އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓުގެ ނަތީޖާ: މައްސަލައިގެ މުއާލާތް ކެނޑިފައިވާ ކަމަށް ނިންމައި މައްސަލަ ފައިލްކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

(ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް، ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް، މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން، އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު، ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދަނގެތީ ދާއިރާ މެންބަރު އަބްދުﷲ ރަޝީދު، ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު، ފެލިދޫ ދާއިރާ މެންބަރު އާދަމް ޒާހިރު)

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކިގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.

 

އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށް ފޮނުއްވާފައިވާ މައްސަލައިގެ މުއާލާތް ކެނޑިފައިވާތީ އެ މައްސަލަ ފައިލްކުރުމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

 

ދެވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 17 ނޮވެންބަރު 2023 ގައި އުފައްދަވާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އާއި 4 ޖަނަވަރީ 2024 ގައި 3 ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ރައީސުލްޖުމްހޫރިޔާ ބަދަލުގެންނަވާފައިވާތީ އެ ބަދަލުތަކާއެކު ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ހުޅުވާލި ފުރުޞަތުގައި، ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅައި ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް ތާއީދުކުރެއްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓުގެ ނަތީޖާ: 17 ނޮވެންބަރު 2023 ގައި އުފައްދަވާފައިވާ ވުޒާރާތަކާއި، އަދި 4 ޖަނަވަރީ 2024 ގައި 3 ވުޒާރާއަށް ގެންންނެވި ބަދަލުތަކާއެކު ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ސަރުކާރުން ފޮނުއްވާފައިވާ ގޮތަށް ފާސްކުރުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 8

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 6

(ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް، މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން، އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު، ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދަނގެތީ ދާއިރާ މެންބަރު އަބްދުﷲ ރަޝީދު، ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު)

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 1

(ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް)

ވަކިގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 7

ފާސްވުމަށް ބޭނުންވާ ޢަދަދު: 4

ނިންމުން: ހުށަހެޅުން ފާސްވެފައި.

 

އެހެންކަމުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، 17 ނޮވެންބަރު 2023 ގައި އުފައްދަވާފައިވާ ވުޒާރާތަކާއި، އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ އާއި 4 ޖަނަވަރީ 2024 ގައި 3 ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ރައީސުލްޖުމްހޫރިޔާ ބަދަލުގެންނަވާފައިވާތީ އެ ބަދަލުތަކާއެކު ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ސަރުކާރުން ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވިއެވެ.


ހަތަރުވަނަ ކަމަކަށް ކުރިއަށް ގެންދެވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުނުއިރު މި ކޮމިޓީގައި ނުނިމިހުރި މައްސަލަތަކުގެ ތެރެއިން "އެހެނިހެން މައްސަލަ"ތަކުގެ ތެރެއިން އެޖެންޑާކުރެވިފައިވާ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބަލަމުންގެންދާ ވަޒީފާއާބެހޭ މައްސަލަތަކެއްގައި ލޭބަރ ރިލޭޝަންސް އޮތޯރިޓީއިން އެ ކޮމިޝަނަށް އެއްބާރުލުން ނުލިބުމާއި މަޢުލޫމާތު ޙިއްޞާކޮށްފައިނުވާކަން ބަޔާންކޮށް، އެ ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލައެވެ. މި މައްސަލަ ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 2 ކޮމިޓީ (ސަރުކާރު މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަދި ހިއުމަންރައިޓް އެންޑް ޖެންޑާރ ކޮމިޓީ) އަށް ކަމަށް ވާތީ، މި މައްސަލައާއި ގުޅިގެން ހިއުމަންރައިޓް އެންޑް ޖެންޑާރ ކޮމިޓީން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ ސާފުކުރެއްވުމަށްފަހު މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.

ފަސްވަނަ ކަމަކަށް ކުރިއަށް ގެންދެވީ، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ފާދިއްޕޮޅު ސްޓޭޓް ހައުސް ޢިމާރާތް މަރާމާތު ނުކޮށް ގިނަދުވަސްވެ އެ ޢިމާރާތް ބޭނުން ނުކުރެވޭކަން ބަޔާންކޮށް ފޮނުއްވާފައިވާ މައްސަލަ.

އެގޮތުން، ހުޅުވާލި ފުރުޞަތުގައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުއްވުމަށް ފެލިދޫ ދާއިރާ މެންބަރު އާދަމް ޒާހިރު ހުށަހަޅައި އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

ވޯޓުގެ ނަތީޖާ: މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

(ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް، ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް، މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން، އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު، ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދަނގެތީ ދާއިރާ މެންބަރު އަބްދުﷲ ރަޝީދު، ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު، ފެލިދޫ ދާއިރާ މެންބަރު އާދަމް ޒާހިރު)

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވަކިގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.

 

އެހެންކަމުން، މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވުމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.


ހަވަނަ ކަމަކަށް ކުރިއަށް ގެންދެވީ، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ހުށަހަޅުއްވާފައިވާ ތ.ގުރައިދޫގެ އައިސް ޕްލާންޓްގެ ޚިދުމަތް ނުލިބި ގިނަ އަހަރުތަކެއް ފާއިތުވެފައިވާ މައްސަލައާއި އަދި އެރަށުގެ އިންޖީނުގެ ރަށުގެ މެދުތެރޭގައި ހުރުމުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް އޭގެ އުނދަގޫ ފޯރާކަން ފާހަގަ ކޮށްފައިވާ މައްސަލައާއި އައްޑޫ ސިޓީގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތައް ހުއްޓިފައިވާކަން ބަޔާންކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ހުށަހަޅުއްވާފައިވާ މައްސަލަ.

އެގޮތުން، ހުޅުވާލި ފުރުޞަތުގައި، މަތީގައި ދަންނަވާފައިވާ ދެ މައްސަލައާ ގުޅޭގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން އެ މައްސަލަތަކާ ގުޅޭގޮތުން ހޯއްދަވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ޖަވާބު ފޮނުވައި މައްސަލަ ނިންމެވުމަށް ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު ހުށަހަޅައި ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް ތާއީދުކުރެއްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.

ވޯޓުގެ ނަތީޖާ: މަތީގައި ދަންނަވާފައިވާ ދެ މައްސަލައާ ގުޅޭގޮތުން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން އެ މައްސަލަތަކާ ގުޅޭގޮތުން ހޯއްދަވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ޖަވާބު ފޮނުވައި މައްސަލަ ނިންމުމަށް.

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 7

(ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް، ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް، އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު، ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދަނގެތީ ދާއިރާ މެންބަރު އަބްދުﷲ ރަޝީދު، ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު، ފެލިދޫ ދާއިރާ މެންބަރު އާދަމް ޒާހިރު)

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 1

(މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން)

ވަކިގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، އެ ދެ މައްސަލއާ ގުޅޭގޮތުން އެ ކޮމިޓީން ހޯއްދަވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ޖަވާބު ފޮނުވައި މައްސަލަ ނިންމުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމެވިއެވެ.


ފަހު ކަމަކަށް ކުރިއަށް ގެންދެވީ، ހައްދުންމަތީ ގަމާއި، ފޮނަދޫ ތަރައްޤީ ކުރުމުގެ ގޮތުން ނިމިދިޔަ ސަރުކާރުން ކުރެއްވުމަށް ވަޢުދުވެލައްވާފައިވާ ކަންތައްތައް ރިޔާސީ ދައުރު ނިމިގެންދިޔައިރުވެސް ގިނަ މަޝްރޫއުތައް ފެށިފައިވާނުވާކަން ބަޔާންކޮށް، މޯލްޑިވްސް ނެޝަނަލް ޕާޓީން ހުށަހަޅުއްވާފައިވާ މައްސަލަ. އެގޮތުން، ހުށަހަޅުއްވާފައިވާ މައްސަލައިގައި ހިމެނޭ ކަންތައްތަކަކީ ނިމިދިޔަ ސަރުކާރުގެ ވައުދުތަކެއް ކަމަށާއި އެހެންނަމަވެސް މިހާރު ސަރުކާރު ބަދަލުވެފައިވުމާއެކު ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކޮށް، މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ޖަވާބު ފޮނުވައި މައްސަލަ ނިންމުމަށް ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު ހުށަހަޅައި މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން ތާއީދުކުރެއްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.

ވޯޓުގެ ނަތީޖާ: ހައްދުންމަތީ ގަމާއި، ފޮނަދޫ ތަރައްޤީ ކުރުމުގެ ގޮތުން ނިމިދިޔަ ސަރުކާރުން ކުރެއްވުމަށް ވަޢުދުވެލައްވާފައިވާ ގިނަ މަޝްރޫއުތައް ފެށިފައިވާނުވާކަމަށް ހުށަހަޅުއްވާފައިވާފައި މައްސަލައިގައި ހިމެނޭ ކަންތައްތަކަކީ ނިމިދިޔަ ސަރުކާރެގެ ވައުދުތަކެއް ކަމަށާއި އެހެންނަމަވެސް މިހާރު ސަރުކާރު ބަދަލުވެފައިވުމާއެކު ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކޮށް، މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ޖަވާބުފޮނުވައި މައްސަލަ ނިންމުމަށް

ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 9

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 8

(ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް، ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމް، މައްޗަންގޮޅި ދެކުނު ދާއިރާ މެންބަރު މުޞްޠަފާ ޙުސައިން، އިހަވަންދޫ ދާއިރާ މެންބަރު އަޙްމަދު ނަޞީރު، ދިއްދޫ ދާއިރާ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު، ދަނގެތީ ދާއިރާ މެންބަރު އަބްދުﷲ ރަޝީދު، ފުވައްމުލަކު މެދު ދާއިރާ މެންބަރު ޢަލީ ފަޒާދު، ފެލިދޫ ދާއިރާ މެންބަރު އާދަމް ޒާހިރު)

ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 8

ފާސްވުމަށް ބޭނުންވާ ޢަދަދު: 5

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ސަރުކާރު ބަދަލުވެފައިވުމާއެކު ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިވާކަން ފާހަގަކޮށް، މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ޖަވާބުފޮނުވައި މައްސަލަ ނިންމުމަށް ކޮމިޓީގެ އިއްތިފާޤުން ނިންމިއެވެ.


އެޖެންޑާގައި ނުނިމި ހުރި ބައިތައް ކޮމިޓީގެ އެހެން ބައްދަލުވުމެއްގައި މަޝްވަރާކޮށް ނިންމެވުމަށް ފަސްކުރައްވައި މިއަދުގެ ބައްދަލުވުން ނިންމާލެއްވިއެވެ. 


ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ސަލާމް

ޢަލީ އިބްރާހީމް

ހެންވޭރު ހުޅަނގު ދާއިރާ

ވަޑައިގެންނެވި

މީކާއީލު އަޙްމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޞްޠަފާ ޙުސައިން

މައްޗަންގޮޅި ދެކުނު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު އިސްމާޢީލް

ވިލިމާލެ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނަޞީރު

އިހަވަންދޫ ދާއިރާ

ވަޑައިގެންނެވި

ޢަބްދުއްލަޠީފް މުޙައްމަދު

ދިއްދޫ ދާއިރާ

ވަޑައިގެންނެވި

އާދަމް ޒާހިރު

ފެލިދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސިޔާމް މުޙައްމަދު

މީދޫ ދާއިރާ

ވަޑައިނުގަންނަވާ

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ރަޝީދު

ދަނގެތި ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

28 ޖެނުއަރީ 2024

3 ވުޒާރާއެއްގެ މަސައްކަތުގެ ދާއިރާއަށް ބަދަލު ގެންނަވައި ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

28 ޑިސެމްބަރު 2023

ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމައްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

18 މޭ 2023

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަސައްކަތްތަކުގެ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

18 މޭ 2023

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

13 މާރިޗު 2023

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

9 މާރިޗު 2023

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

20 އޮކްޓޯބަރު 2022

އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

8 އޯގަސްޓު 2021

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ފޮނުއްވާފައިވާ ސިޓީ

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    09
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA