ލާމަރުކަޒީ ކޮމިޓީ
9 ޖުލައި 2024 11:00 ނަންބަރު 5
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ކުރިއަށްގެންދެވީ، 19 ވަނަ މަޖިލީހުގައި ކޮމިޓީއަށް ހުށަހެޅިފައިވާ އެހެނިހެން މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް ދިރާސާކުރުމެވެ.
މިގޮތުން، ފުރަތަމަ މައްސަލައެއްގެ ގޮތުން "ވ.އަތޮޅު ފިހާރަ" ހިންގަމުންދާ އިމާރާތުގެ ފާއިތުވި 4 އަހަރުގެ ކުލީގެ ގޮތުގައި މިނިސްޓްރީ އޮފް ފިނޭންސަށް ބަލައިގަނެފައިވާ ފައިސާ އަތޮޅު ކައުންސިލަށް ލިބިފައިނުވާތީ، އެ ފައިސާ ފެލިދެއަތޮޅު ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެ މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ސާފުކުރެއްވުމުން، އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވަނީ އަތޮޅު ފިހާރަތަކުގެ ކުލީގެގޮތުގައި 2019 އިން 2021 ވަނަ އަހަރަށް ލިބިފައިވާ ފައިސާ 2023 ވަނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ދިނުމަށް ހިމަނާފައިވާކަމަށާއި، އެހެންނަމަވެސް އެ އަހަރުގެ ބަޖެޓާއި ކޭޝްފްލޯގެ ތާށިކަން ހުރުމުގެ ސަބަބުން އެ ފައިސާ އަތޮޅުތަކަށް ދޫކުރެވުފައިނުވާކަމަށެވެ. އަދި، މިހާރު އަތޮޅު ފިހާރަތަކަށް ލިބިފައިވާ ފައިސާ ދޫކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް ކައުންސިލުން ނިންމަވާފައިވާ ގޮތުގެމަތިން އެ ފައިސާ އަތޮޅުތަކަށް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ދަންނަވާފައިވެއެވެ. ފިނޭންސް މިނިސްޓްރީން ކޮމިޓީއަށް ދެއްވާފައިވާ މަޢުލޫމާތައް ރިޢާޔަތްކޮށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވަނީ އެ މަޢުލޫމާތު ފެލިދެއަތޮޅު ކައުންސިލާ ހިއްސާކުރުމަށްފަހު މައްސަލަ ނިންމެވުމަށެވެ. މި ހުށަހެޅުއްވުމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ތާއީދުކުރައްވާފައިވެއެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
ދެވަނަ ކަމެއްގެގޮތުން، އިލެކްޝަންސް ކޮމިޝަނުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ކުރިމަތިވެފައިވާ މައްސަލަތަކަކާ ގުޅިގެން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރެއްވިއެވެ. އެގޮތުން، ފެލިދެއަތޮޅު ކައުންސިލްގެ އެއްވެސް ލަފައެއްނެތި އަތޮޅުގެ ފަޅު ބޭނުންކޮށްގެން ސަރުކާރުން މަޝްރޫޢުތަކެއް ހިންގަވަން ނިންމަވާފައިވުމުން ދިމާވެފައިވާ މައްސަލައާއި ފެލިދެއަތޮޅު ފޯކަލް ޕޮއިންޓާއި، އަތޮޅު ފޯކަލް ޕޮއިންޓްގެ އެހީތެރިޔާ އިސްތިއުފާދެއްވުމާ ގުޅިގެން ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކުރެއްވިއެވެ. އެއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު އެ ކޮމިޝަނަށް ކުރިމަތިވި މައްސަލަތަކަކަށް ޙައްލު ހޯދައިދިނުމަށް އެދިވަޑައިގެން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތަކެއްކަމުން އެ މައްސަލަތަކުގެ މުޢާލާތް މިހާރު ކެނޑިފައިވާކަމަށް ފާހަގަކުރައްވައި، އެ މައްސަލަތައް ކޮމިޓީން އިތުރަށް ކުރިއަށް ނުގެންދަވާ ފައިލްކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ތާއީދުކުރެއްވިއެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ރަސްމީ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އެހެން ކޮމިޓީއެއްގައި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިނުގަންނަވާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
10 ޖޫން 2024
19 ވަނަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA