ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ
15 ޖުލައި 2024 11:00 ނަންބަރު M20/M/GT/2024/3
މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދަވާފައިވަނީ ޤާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ސުންގަޑި ކަނޑައަޅުއްވައި އެ ބިލުގެ މަސައްކަތް ކުރިއަށްގެންދަވާނެ ގޮތަކާމެދު މަޝްވަރާކުރެއްވުމެވެ.
ބިލުގެ ސުންގަޑި ކަނޑައެޅުއްވުމަށް ފުރުޞަތު ހުޅުވައިލެއްވުމުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވައި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ތާއީދުކުރައްވާފައިވަނީ 30 އޮކްޓޫބަރު 2024 އަކީ ބިލުގެ ސުންގަޑިކަމުގައި ކަނޑައެޅުމަށެވެ. މި ހުށަހެޅުއްވުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެހެންކަމުން، ބިލުގެ ސުންގަޑިއަކީ 30 އޮކްޓޫބަރު 2024 ކަމުގައި ކަނޑައެޅުއްވުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުން، ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
އެ ވޯޓަށްފަހު މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު އަދި ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ބައްދަލުވުން ދޫކުރައްވައި ނުކުންނެވިއެވެ.
އެއަށްފަހު ބައްދަލުވުމުގައި ދެން މަޝްވަރާކުރައްވާފައިވަނީ ބިލާ ގުޅޭގޮތުން ކޮމިޓީން ބައްދަލުކުރައްވާނެ ފަރާތްތަކާއި ލިޔުމުން ޚިޔާލު ހޯއްދަވާނެ ފަރާތްތައް ކަނޑައެޅުއްވުމާ ގުޅޭގޮތުންނެވެ. އެގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވައި ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ތާއީދުކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި އެ ދެ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމްޢިއްޔާތަކާއި، ވިލާ ކޮލެޖް އަދި އެ ކޮލެޖްގެ ދަރިވަރުންގެ ޖަމްޢިއްޔާއާ ކޮމިޓީން ބައްދަލުކުރެއްވުމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖްތަކުގެ ޚިޔާލު ލިޔުމުން ހޯއްދެވުމަށާއި ބިލަށް ޚިޔާލު ހުށަހެޅުއްވުމަށް ޢާންމުންނަށް ހުޅުވާލެއްވުމަށްވެސް ހުށަހަޅުއްވާފައިވެއެވެ. މި ހުށަހެޅުއްވުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
އެހެންކަމުން، ބިލާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ، އަދި އެ ދެ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމްޢިއްޔާތަކާއި، ވިލާ ކޮލެޖް، އަދި އެ ކޮލެޖްގެ ދަރިވަރުންގެ ޖަމްޢިއްޔާއާ ކޮމިޓީން ބައްދަލުކުރެއްވުމަށާއި، ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖްތަކުގެ ޚިޔާލު ލިޔުމުން ހޯއްދެވުމަށާއި، ޢާންމުންގެ ޚިޔާލަށް ހުޅުވާލެއްވުމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުން، ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
ސަލާމް
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އެހެން ކޮމިޓީއެއްގައި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ޢަބްދުﷲ ޝަޛީމް
ހުޅުމާލެ މެދު ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ޢަބްދުލްޙަންނާން އަބޫބަކުރު
ތުޅާދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ޢާޒިމް ޢަބްދުލްޢަޒީޒް
ވިލިނގިލި ދާއިރާ
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
9 ޖުލައި 2024
ޤާނޫނު ނަންބަރު 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު
ކޮމެޓީ މަސައްކަތް ނިމިފައި
© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA