އިޤްތިޞާދީ ކޮމިޓީ
15 ޖުލައި 2024 12:30 ނަންބަރު 5
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމާއި، ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާއި މެދު މަޝްވަރާކުރުމެވެ. އެގޮތުން، ބިލު ދިރާސާކުރުމުގެ މަސައްކަތް ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 5 އޮގަސްޓް 2024 ކަމުގައި ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވައި ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓުގެ ނަތީޖާ:
ވޯޓު: ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ނިންމާނެ ސުންގަޑިއަކީ 5 އޮގަސްޓް 2024 ކަމުގައި ކަނޑައެޅުމަށް
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9 (މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަޙްމަދު ޟަމީރު، ހޯރަފުށި ދާއިރާ މެންބަރު ޢަލީ މޫސާ، ކަނޑިތީމު ދާއިރާ މެންބަރު އަމީން ފައިޞަލް، ކެނދިކުޅުދޫ ދާއިރާ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު، ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު، ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ، ފޭދޫ އުތުރު ދާއިރާ މެންބަރު އިސްމާޢީލް ނިޒާރު، ކުރެންދޫ ދާއިރާ މެންބަރު މުޙައްމަދު ޝާމިން ޙަބީބް އަދި ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް)
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9
ފާސްވުމަށް ބޭނުންވާ ޢަދަދު: 5
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ބިލުގެ މަސައްކަތް ކޮމިޓީން ނިންމާނެ ސުންގަޑިއަކީ 5 އޮގަސްޓް 2024 ކަމުގައި ކަނޑައެޅިއެވެ.
އެއަށްފަހު، ކުރިއަށް ގެންދެވީ ބިލާގުޅޭ ގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް އިޢުލާނުކުރުމާމެދު ގޮތެއް ނިންމުމެވެ. އެގޮތުން ހުޅުވާލި ފުރުޞަތުގައި މިއަދުން ފެށިގެން 07 ދުވަހުގެ މުއްދަތަށް ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމަށް ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވައި ކުރެންދޫ ދާއިރާ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓުގެ ނަތީޖާ:
ވޯޓު: ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން 07 ދުވަހުގެ މުއްދަތަށް ހުޅުވާލުމަށް
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9 (މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަޙްމަދު ޟަމީރު، ހޯރަފުށި ދާއިރާ މެންބަރު ޢަލީ މޫސާ، ކަނޑިތީމު ދާއިރާ މެންބަރު އަމީން ފައިޞަލް، ކެނދިކުޅުދޫ ދާއިރާ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު، ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު، ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ، ފޭދޫ އުތުރު ދާއިރާ މެންބަރު އިސްމާޢީލް ނިޒާރު، ކުރެންދޫ ދާއިރާ މެންބަރު މުޙައްމަދު ޝާމިން ޙަބީބް އަދި ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް)
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9
ފާސްވުމަށް ބޭނުންވާ ޢަދަދު: 5
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން 07 ދުވަހުގެ މުއްދަތަށް ހުޅުވާލުމަށް ނިންމެވިއެވެ.
ފަހުކަމަކަށް ކުރިއަށް ގެންދެވީ، ބިލާގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކުގެ ކޮމެންޓްސް ހޯދުމަށް ސިޓީ ފޮނުވުމާމެދު ގޮތެއް ނިންމުމެގެ މަސައްކަތެވެ. އެގޮތުން، ބިލާ ގުޅޭގޮތުން ގުޅުންހުރި އިދާރާތަކުގެ ގޮތުގައި އަންނަނިވި އިދާރާތައް ފާހަގަކުރެއްވިއެވެ.
ބިލުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މަތީގައި ބަޔާންކޮށްފައިވާ މިނިސްޓްރީތަކުގެ ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރުމަށް އަދި އެހެން އިދާރާތަކުން ލިޔުމުން ޚިޔާލު ހޯދުމަށް ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވައި ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު ތާއީދުކުރެއްވިއެވެ.
އެ ހުށަހެޅުމަށްފަހު، ކޮމިޓީގެ މެންބަރުން ނުރަސްމީކޮށް މަޝްވަރާކުރުމަށްފަހު މިނިސްޓްރީތަކުގެ ބައްދަލުވުން އެއް ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމާމެދު މަޝްވަރާކުރެވުނެވެ. އެ މަޝްވަރާތަކަށްފަހު، މަތީގައި ބަޔާންކޮށްފައިވާ މިނިސްޓްރީތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާ އެހެން މިނިސްޓްރީތަކާ ބައްދަލުކުރުމަށްފަހު ބައްދަލުކުރުމުން ބިލުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެކަމަށް މެންބަރުން ފާހަގަކުރައްވައި އެގޮތަށް ހުށަހެޅުއްވިއެވެ.
ބިލުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މަތީގައި ބަޔާންކޮށްފައިވާ މިނިސްޓްރީތަކުގެތެރެއިން 03 މިނިސްޓްރީއާ އެއްކޮށް ބަދަލުކުރުމަށްފަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާ ބައްދަލުކުރުމަށާއި އެހެން އިދާރާތަކުން ލިޔުމުން ޚިޔާލު ހޯދުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވައި ކެނދިކުޅުދޫ ދާއިރާ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމާއެކު، ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅުއްވި ހުށަހެޅުއްވުން އަނބުރާ ގެންދެވިއެވެ.
އެހެންކަމުން ވޯޓަށް އަހާފައިވަނީ ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހަޅުއްވައި ކެނދިކުޅުދޫ ދާއިރާ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ތާއީދުކުރައްވައި ހުށަހެޅުނު ހުށަހެޅުމަށެވެ. އެ ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓުގެ ނަތީޖާ:
ވޯޓު: ބިލުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، ބިލާ ގުޅޭގޮތުން ގުޅުންހުރި އިދާރާތަކުގެ ގޮތުގައި ކޮމިޓީން ލިސްޓުކޮށްފައިވާ މިނިސްޓްރީތަކުގެތެރެއިން 03 މިނިސްޓްރީއާ އެއްކޮށް ބަދަލުކުރުމަށްފަހު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއާ ބައްދަލުކުރުމަށާއި ލިސްޓުކޮށްފައިވާ އެހެން އިދާރާތަކުން ލިޔުމުން ޚިޔާލު ހޯދުމަށް
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9 (މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަޙްމަދު ޟަމީރު، ހޯރަފުށި ދާއިރާ މެންބަރު ޢަލީ މޫސާ، ކަނޑިތީމު ދާއިރާ މެންބަރު އަމީން ފައިޞަލް، ކެނދިކުޅުދޫ ދާއިރާ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު، ކެންދޫ ދާއިރާ މެންބަރު މަޢުރޫފް ޛާކިރު، ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ، ފޭދޫ އުތުރު ދާއިރާ މެންބަރު އިސްމާޢީލް ނިޒާރު، ކުރެންދޫ ދާއިރާ މެންބަރު މުޙައްމަދު ޝާމިން ޙަބީބް އަދި ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް)
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9
ފާސްވުމަށް ބޭނުންވާ ޢަދަދު: 5
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ވަޑައިނުގަންނަވާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
9 ޖުލައި 2024
ޤާނޫނު ނަންބަރު 23/2010 (ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު
ކުރިޔަށް ދަނީ
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA