ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ 2024 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

16 ޖުލައި 2024 12:30 ނަންބަރު 5

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި  ކޮމިޓީގެ ސަބް ކޮމިޓީތައް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރައްވިއެވެ. މިގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތައް މައިގަނޑު 8 ދާއިރާއަކަށް ބެހުމަށްފަހު، އެ ކުންފުނިތަކާ ގުޅޭ މައްސަލަތައް ދިރާސާކުރެއްވުމަށް އެ ސަބް ކޮމިޓީތަކަށް މެންބަރުން ހަމަޖެއްސެވިއެވެ.


އެއަށްފަހު، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ ކަންކަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ އިދާރީ ގިނަ މަސައްކަތް ހުއްޓުމަކަށް އައިސް ކުންފުންޏަށް މާލީ ގިނަ ގެއްލުންތައްވާނެތީ، އެ ކޮމިޝަނުގެ ސިޓީއާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން ޢަމަލުކުރާނެ ގޮތުގެ ލަފައަކަށް އެދި އެ ކުންފުނިން ފޮނުއްވާފައިވާ މައްސަލައަކީ ސަރުކާރު ބަދަލުވުމުގެ މަރުޙަލާގެ ތެރެއިން ވަގުތީގޮތުން އަޅާފައިވާ ފިޔަވަޅެއްކަމުން އާ ސަރުކާރު ވެރިކަމާ ޙަވާލުވުމުން އެ ހާލަތު މިހާރު ވުޖޫދުގައި ނެތްކަމަށް އެ ކުންފުނިން އަންގަވާފައިވާތީ، އެ މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރައްވާތީ، އެގޮތަށް ނިންމެވިއެވެ.

 

އަދި، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން، އެ އެކައުންޓްތަކުގެ ވެރިފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގެ (M19/SOE/2023/01) ކޮމިޓީ ނިންމުމާއި ހުށަހެޅުންތަކުގެ ތެރެއިން އެކަމާއި ގުޅުންހުރި އިދާރާތަކުން މަސައްކަތް ކުރިޔަށް ގެންދަވާފައިވާ ހިސާބާއި، ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ މައްސަލައިގެ މަޢުލޫމާތު ސާފުކުރެއްވުމަށް ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ދިވެހި ފުލުހުންގެ ޚިދުމަތް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއާ ބައްދަލުކުރެއްވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރައްވާތީ، އެގޮތަށް ނިންމެވިއެވެ.

 

އެއަށްފަހު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ތިރީގައިވާ މަޢުލޫމާތު ހޯދުމަށް، ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރައްވާތީ، އެގޮތަށް ނިންމެވިއެވެ.

1.     ކުންފުނީގެ ކުރީގެ މެނޭޖްމަންޓުން ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާނަމަ އެކަމުގެ ތަފްޞީލް އަދިއެފަދަ މައްސަލައެއް ތަޙްޤީޤުކުރަން އެއްވެސް އިދާރާއަކަށް ހުށަހަޅުއްވާފައިވާނަމަ އެކަމުގެ ތަފްޞީލް އަދި އެފަދަ ކޮރަޕްޝަންގެ ޢަމަލުތައް ތަކުރާރުވިޔަނުދިނުމަށް މިހާރުގެ މެނޭޖްމަންޓުން އަޅުއްވާފައިވާ ފިޔަވަޅުތައް؛ އަދި،

2.     ކުންފުނީގެ އިންޓަރނަލް ކޮންޓްރޯލްތައް ހަރުދަނާކުރެއްވުމަށް އެ ކުންފުނިތަކުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތަފްޞީލް.


އަދި ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކުރެވުނު މަޝްރޫޢުތަކުގެ ތަފްޞީލް، އޭގެ ތެރެއިން ސަބް ކޮންޓްރެކްޓަށް ޙަވާލުކޮށްފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު އަދި އެ މަޝްރޫޢުތަކަށް ޚަރަދުވެފައިވާ ފައިސާގެ ޢަދަދު ސާފުކުރެއްވުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ. 


ބައްދަލުވުމުގެ ހާޒިރީ

މުޙައްމަދު ނާޡިމް

މާފަންނު އުތުރު ދާއިރާ

ވަޑައިނުގަންނަވާ

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ވަޑައިގެންނެވި

ޙުސައިން ސަމީރު

ތޮއްޑޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމްދީދީ

ފޭދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިނުގަންނަވާ

އިބްރާހީމް ޙުސައިން

ފުވައްމުލަކު ދެކުނު ދާއިރާ

އެހެން ކޮމިޓީއެއްގައި

ޢަލީ އަޝްރަޤް

ކިނބިދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ވަޑައިގެންނެވި

ޔޫސުފް ނަޝީދު

ގަމު ދާއިރާ

ވަޑައިގެންނެވި

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

25 ޖޫން 2024

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގެ (M19/SOE/2023/01) ދިރާސާކުރުން.

ކޮމެޓީ މަސައްކަތް ނިމިފައި

1 ނޮވެމްބަރު 2023

އެންޓ-ކޮރަޕްޝަން ކޮމިޝަނުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް މަޑުޖައްސާލަން އެންގުމާއި ގުޅިގެން އެ ކުންފުނިން ފޮނުއްވާފައިވާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    02
  • އެހެން ކޮމިޓީއެއްގައި
    01
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA