ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ (އޮޑިޓް ރިޕޯޓްތައް ދިރާސާކުރުމަށް ހޮއްވެވި)

ތާރީޚް

23 ޖުލައި 2024 13:25

ނަންބަރު

3

މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީގެ 2024 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2014، 2017، 2018، 2019، 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެ އޮތޯރިޓީގެ އޮޑިޓް ރިޕޯޓް ތަކުގައި ފާހަގަކުަރައްވާފައިވާ މައްސަލަތަކާއި، އެ މައްސަލަތައް ހައްލުކުރެއްވުމާ ގުޅޭގޮތުން އެ އޮތޯރިޓީން ދެއްވާފައިވާ ޖަވާބުތައް ހިމެނޭ ރިޕޯޓެއް އެކުލަވާލައްވާ، މާލިއްޔަތު ކޮމިޓީއަށް ފޮނުއްވުމަށް ނިންމެވިއެވެ.

އެއަށްފަހު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2015، 2016، 2017، 2018، 2019، 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ 2017، 2018، 2019، އަދި 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، ލޯކަލް ގަވާރމަންޓް އޮތޯރިޓީގެ 2013، 2014، 2018، 2019، 2020، 2021 އަދި 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ 2014، 2015، 2016، 2017 2018، 2019، އަދި 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި އޮޑިޓް ރިޕޯޓްތަކުގައި އޮޑިޓަރ ޖެނެރަލް އަންކޮލިފައިޑް އޮޕީނިއަންއެއް ދެއްވާފައިވާތީ މި ރިޕޯޓްތައް ފައިލްކުރެއްވުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހެޅުއްވިއެވެ. އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވިއެވެ.

މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ވޯޓު: މަތީގައި ލިސްޓްކޮށްފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި ލޯކަލް ގަވާރމަންޓް އޮތޯރިޓީގެ އޮޑިޓް ރިޕޯޓްތައް ފައިލްކުރުމަށް.

 ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :5

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 4

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 3

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 3

ފާސްވުމަށް ބޭނުންވާ ޢަދަދު: 2

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، އެންޓި-ކޮރަޕްޝަން ކޮމިޝަން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި ލޯކަލް ގަވާރމަންޓް އޮތޯރިޓީގެ އޮޑިޓް ރިޕޯޓްތައް ފައިލްކުރުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA