ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 4
22 ޖުލައި 2024 11:30 ނަންބަރު 1
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ސީނިއަރ އޮފިސަރ ޝިފްނާ ޢަލީއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރުގެ ނަންފުޅު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ހުށަހަޅުއްވިއެވެ. މި ހުށަހެޅުމަށް ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: ކޮމިޓީގެ މުޤައްރިރުކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު އިންތިޚާބުކުރުމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 04
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 04
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 04
ފާސްވުމަށް ބޭނުންވާ ޢަދަދު: 02
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު އިންތިޚާބުކުރެއްވިއެވެ.
އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤްގެ ނަންފުޅު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް އިންތިޚާބުކުރުމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 04
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 04
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 04
ފާސްވުމަށް ބޭނުންވާ ޢަދަދު: 03
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް އިންތިޚާބުކުރެއްވިއެވެ.
ކޮމިޓީގެ ރިޔާސަތާ ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ޙަވާލުވުމަށްފަހު، ކޮމިޓީގެ ކޯރަމްއަކީ 3 މެންބަރުންކަމުގައި ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤް ހުށަހަޅުއްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްވެފައެވެ.
ވޯޓު: ކޮމިޓީގެ ކޯރަމްއަކީ 3 މެންބަރުންކަމުގައި ކަނޑައެޅުން.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 04
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 03
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 03
ފާސްވުމަށް ބޭނުންވާ ޢަދަދު: 02
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ކޮމިޓީގެ ކޯރަމްއަކީ 3 މެންބަރުންކަމުގައި ކަނޑައެޅުނެވެ.
މީގެ އިތުރުން، ކޮމިޓީގެ ދާއިރާގައި ހިމެނޭ ކުންފުނިތަކާ ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ތައްޔާރުކުރައްވާފައިވާ ރިޕޯޓުތައް ދިރާސާކުރެއްވުމަށް ނިންމެވިއެވެ.
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
22 ޖުލައި 2024
ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮވުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA