ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 7
30 ޖުލައި 2024 13:30 ނަންބަރު 1
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ސީނިއަރ އޮފިސަރ ޝިފްނާ ޢަލީއެވެ.
ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުގެ ނަންފުޅު ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: ކޮމިޓީގެ މުޤައްރިރުކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އިންތިޚާބުކުރުމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 03
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 03
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 03
ފާސްވުމަށް ބޭނުންވާ ޢަދަދު: 02
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު އިންތިޚާބުކުރެއްވިއެވެ.
އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީގެ ނަންފުޅު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އިންތިޚާބުކުރުމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 03
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 03
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 03
ފާސްވުމަށް ބޭނުންވާ ޢަދަދު: 02
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އިންތިޚާބުކުރެއްވިއެވެ.
ކޮމިޓީގެ ރިޔާސަތާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ޙަވާލުވުމަށްފަހު، ކޮމިޓީގެ ކޯރަމްއަކީ 3 މެންބަރުންކަމުގައި ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީގައި އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: ކޮމިޓީގެ ކޯރަމްއަކީ 3 މެންބަރުންކަމުގައި ކަނޑައެޅުން.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 03
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 02
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 02
ފާސްވުމަށް ބޭނުންވާ ޢަދަދު: 02
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ކޮމިޓީގެ ކޯރަމްއަކީ 3 މެންބަރުންކަމުގައި ކަނޑައެޅުނެވެ.
މީގެ އިތުރުން، ކޮމިޓީގެ ދާއިރާގައި ހިމެނޭ ކުންފުނިތަކާ ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ތައްޔާރުކުރައްވާފައިވާ ރިޕޯޓުތައް ދިރާސާކުރެއްވުމަށް ނިންމެވިއެވެ.
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
30 ޖުލައި 2024
ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮވުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA