ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ
31 ޖުލައި 2024 13:15 ނަންބަރު 7
މިއަދުގެ ބައްދަލުވުމުގައި، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން، އެ އެކައުންޓްތަކުގެ ވެރިފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގެ (M19/SOE/2023/01) ކޮމިޓީ ނިންމުމާއި ހުށަހެޅުންތަކުގެ ތެރެއިން އެކަމާއި ގުޅުންހުރި އިދާރާތަކުން މަސައްކަތް ކުރިޔަށް ގެންދަވާފައިވާ ހިސާބާއި، ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ.
އެއަށްފަހު، ކުންފުނިތަކުގެ ކުރީގެ މެނޭޖްމަންޓްއިން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާއި، އެފަދަ ކަންތައް ތަކުރާރުވެ ނުދިއުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ބައްދަލުކުރެއްވުމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާޢީދުކުރެއްވި ހުށަހެޅުއްވުމަށް، އެވަގުތު ހާޒިރުވެ ވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރައްވާތީ، އެގޮތަށް ފާސްވިއެވެ.
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ސަލާމް
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިނުގަންނަވާ
25 ޖޫން 2024
ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގެ (M19/SOE/2023/01) ދިރާސާކުރުން.
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA