ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
30 ޖުލައި 2024 10:05 ނަންބަރު 11
މި ބައްދަލުވުމުގައި، ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤަނޫނު) ގެ ދަށުން އުފައްދާފައިވާ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މީހަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވިއެވެ. އަދި އެންމެ ފަހުން ބޭއްވުނު ބައްދަލުވުމުގައި އަލްއުސްތާޛު އިސްމާޢީލް ޙަބީބު ޢަބްދުއްރަހީމް (ގ. ގާކޮށި ފްލެޓް 111-ބީ / ކ. މާލެ) އިންޓަރވިއުކުރެއްވުމުގެ މަސައްކަތް ކޮށްފައިވާތީއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އިންޓަރވިއުކުރާ ފަރާތްތަކަށް މާކްސްދިނުމުގައި ވަޒަންކުރާނެ މިންގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރައްވައި ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް މާރކްސް ދެއްވުމުން، އެފަރާތަށް 89.00 (އަށްޑިހަ ނުވައެއް) އިންސައްތަ ލިބިވަޑައިގެންފައިވާތީ، އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތަކީ އެ މަޤާމަށް ޤާބިލް އަދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައި ކޮމިޓީއަށް ފެނިވަޑައިގަންނަވާތީ، އެ މަޤާމަށް އެފަރާތް ޢައްޔަންކުރުމަށް ނިންމުމަށް ކޮމިޓީން ވޯޓަށް އެއްސެވިއެވެ.
މި މައްސަލައިގައި، މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
ވޯޓު: ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް އައްޔަނުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ އަލްއުސްތާޛް އިސްމާޢީލް ޙަބީބް ޢަބްދުއްރަހީމް އެ މަޤާމަށް އައްޔަންކުރަން ފެންނަކަމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :11
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 10
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 9
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 9
ފާސްވުމަށް ބޭނުންވާ ޢަދަދު: 6
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛް އިސްމާއީލް ޙަބީބް އަބްދުއްރަހީމް އައްޔަންކުރައްވަން ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް ނިންމެވިއެވެ.
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ވަޑައިނުގަންނަވާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
ވަޑައިގެންނެވި
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
ވަޑައިގެންނެވި
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙުސައިން ނާޞިޙް
މެދުހެންވޭރު ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ފަރުޙަތު މުޙައްމަދު
ކުޅުދުއްފުށި ދެކުނު ދާއިރާ
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޙުސައިން ޙަމީދު
ކުޑަހުވަދޫ ދާއިރާ
ހަނާން މުޙައްމަދު ރަޝީދު
ގުރައިދޫ ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
މުޙައްމަދު ފަޟީލް
ދާންދޫ ދާއިރާ
އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާ
15 ޖުލައި 2024
ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް މީހަކު ޢައްޔަނުކުރެއްވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA