ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ސަބް ކޮމިޓީ (އަހަރު ރިޕޯޓުތައް ދިރާސާކުރުމަށް)
6 އޯގަސްޓު 2024 12:00 ނަންބަރު 4
މިއަދުގެ ބައްދަލުވުމުގައި ތައިލޭންޑް، ޓޯކިޔޯ، ނިއުދިއްލީ، ތިރުވަނަންތަޕޫރަމް އަދި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އަހަރީ ރިޕޯޓުތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ.
އެގޮތުން ފުވައްމުލަކު ދެކުނު ދާއިރާ މެންބަރު އިބްރާހީމް ޙުސައިން ހުށަހަޅުއްވައި، ކެނދިކުޅުދޫ ދާއިރާ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު ތާއީދު ކުރެއްވީ، ސަބް ކޮމިޓީން މިހާތަނަށް ދިރާސާކުރެއްވި އަހަރީ ރިޕޯޓުތަކާ ގުޅިގެން، އަންނަނިވި ކަންކަން ފާހަގަކުރައްވައި، އެ ކޮމިޓީން ދިރާސާކުރައްވައި، ނިންމެވި 12 އަހަރީ ރިޕޯޓް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވުމަށެވެ.
1. 1 ޖުލައި 2024 ވަނަ ދުވަހު ބޭއްވުނު ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ޙިއްޞާކުރެއްވި މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކުރައްވައި، 2024 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީން ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަކީ ކޮބައިކަން ސާފުނުވާކަމާއި، 2023 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ ހާސިލުކުރައްވަން ނިންމެވި ކަންކަމުގެ ތެރެއިން ހާސިލުކުރެއްވި ކަންކަމާއި ހާސިލުނުކުރެއްވޭ ކަންކަން ސާފުނުވާކަމާއި، އަދި 2023 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީން ކުރެއްވުމަށް ކަނޑައެޅުއްވި ކަންކަމުގެ ތެރެއިން ހާސިލުކުރައްވަން ބޭނުންފުޅުވާ ކަންކަން ހާސިލުކުރެއްވުމުގައި ކުރިމަތިލައްވަން ޖެހިފައިވަޑައިގެންނެވި ގޮންޖެހުންތަކުގެ މަޢުލޫމާތާއި، އެކަންކަން ޙައްލުކުރެއްވުމަށް ކުރެއްވެންހުރި ކަންކަމުގެ މަޢުލޫމާތު ހިމެނިފައިނުވާކަން؛
2. އެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްބޭފުޅުންނާއެކު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވާތީ، އެ އަހަރީ ރިޕޯޓްތަކާ ގުޅޭގޮތުން އެ މިނިސްޓްރީން ޙިއްޞާކުރެއްވި މަޢުލޫމާތަކަށް ރިޢާޔަތްކުރައްވައި، އެ އޮފީހުން ފާހަގަކުރައްވާފައިވާ ކަންކަމަކީ ކޮބައިތޯ އާއި، އެ އަހަރީ ރިޕޯޓުތަކުގައި ރަގަޅުކުރަން ޖެހިފައިވާކަމަށް އެ އޮފީހަށް ފާހަގަކުރެއްވޭ ކަންކަން، ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށްއެދި އެ އޮފީހަށް ސިޓީއެއް ފޮނުއްވުމަށް.
މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
އެހެން ކޮމިޓީއެއްގައި
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
ވަޑައިގެންނެވި
އަޙްމަދުދީދީ
މަރަދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޙަސަން ޒަރީރު
މަތިވެރި ދާއިރާ
އިބްރާހީމް މުޙައްމަދު
މައްޗަންގޮޅި އުތުރު ދާއިރާ
ޙުސައިން ޒިޔާދު
ވައިކަރަދޫ ދާއިރާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
އަޙްމަދުދީދީ
މަރަދޫ ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
10 ޖޫން 2024
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި މިނިސްޓްރީ ގެ ދަށުން ހިގަމުންދާ 17 މިޝަންގެ 2023 ވަނަ އަހަރުގެ އަހަރު ރިޕޯޓު ދިރާސާކުރުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA