ލާމަރުކަޒީ ކޮމިޓީ
30 ޖުލައި 2024 11:00 ނަންބަރު 7
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީން ފުރަތަމަ ކުރިއަށްގެންދެވީ، މާލޭ ސިޓީ ކައުންސިލްއިން ކުރިއަށް ގެންދާ މާލޭ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ހިންގުމަށް ޙަވާލުކޮށްފައިވާ ޙަވާލުކުރުން 23 ޖޫން 2022 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން މާލޭ ސިޓީ ކައުންސިލަށް އަންގަވާފައިވާތީ ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލް ނަންބަރު: 425-CB/57/2024/3 ސިޓީން މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ކޮމިޓީއަށް އަންގާފައިވާތީ، މި މައްސަލަ އިތުރުއަށް ކުރިއަށް ނުގެންގޮސް ފައިލްކޮށްލުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާ، މި ހުށަހެޅުމަށް ނައިފަރު ދާއިރާގެ މެންބަރު ޔާސީން ޢަބްދުﷲ ތާއީދުކުރައްވާފައިވެއެވެ. އަދި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
ދެވަނަ ކަމެއްގެ ގޮތުން ކޮމިޓީން ކުރިއަށް ގެންދެވީ ރ. އިންނަމާދޫ ކައުންސިލްގެ އިދާރާއިން ގަވައިދު ނަންބަރު 69- 2018 (ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު) ގެ 11 ވަނަ މާއްދާ އިސްލާޙުކޮށްދިނުމަށްއެދި ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި މައްސަލައާ ގުޅިގެން ކަމާގުޅޭ އިދާރާއިން އެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލަށް މަޢުލޫމާތު ދީފައިވާތީއާއި މި މައްސަލައަކީ ލާމަރުކަޒީ ކޮމިޓީގެ އިޚްތިޞާޞްތެރޭގައި ހިމެނޭ މައްސަލައެއް ނޫންކަމުން، މި މައްސަލަ ފައިލްކޮށްލުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވެއެވެ. އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު މި ހުށަހެޅުމަށް ތާއީދު ކުރައްވާފައިވެއެވެ. އަދި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުން ކޮމިޓީން ކުރިއަށް ގެންދެވީ ށ.ފުނަދޫ ކައުންސިލުން ފާސްކުރުމަށް ހުށަހަޅާފައިވާ ލޭންޑްޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ސަރަޙައްދު އެއާޕޯޓަށް ދޫކުރާގޮތަށް ނިންމާފައިވަނިކޮށް، ށ.ފުނަދޫ އެއާޕޯޓު ތަރައްޤީކޮށްފައިވާ ބިން ސަރުކާރުގެ ބޭނުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓްރީ ހައްދަވައި، ރަޖިސްޓްރީގެ އަސްލު މިނިސްޓްރީއަށް ފޮނުއްވައިދިނުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ފުނަދޫ ކައުންސިލަށް އަންގަވާފައިވާތީ އެ ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލެވެ. މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި މައްސަލަ މިހާރު ގޮސްފައިވާ ހިސާބެއް އޮޅުންފިލުވުމަށް ކެޔޮދޫ ދާއިރާގެ މެންބަރު ނިއުޝާދު މުޙައްމަދު ހުށަހަޅުއްވާ ވިލިފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރައްވާފައިވެއެވެ. އަދި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
ހަތަރުވަނަ ކަމެއްގެ ގޮތުން ކޮމިޓީން ކުރިއަށް ގެންދެވީ ބިދޭސީންނަށް ދޫކުރާ ވާރކްވިޒާގެ މަޢުލޫމާތު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 66-1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކައުންސިލްތަކަށް އެންގޭނެ ނިޒާމެއް ހަމަޖައްސަވާދެއްވުން އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. މި މައްސަލައަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއަށް އެޑްރެސްކުރައްވާ ރައްޔިތުންގެ މަޖިލީހަށް ކޮޕީ ކުރައްވާ ފޮނުއްވާފައިވާ މައްސަލައެއްކަމުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު ތާއީދުކުރައްވާފައިވަނީ މި މައްސަލަ ފައިލްކޮށްލުމަށެވެ. އަދި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
ފަސްވަނަ ކަމެއްގެ ގޮތުން ކޮމިޓީން ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު (7/2010) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އިންތިޙާބު ކުރެވިފައިވާ މޭޔަރުންނާއި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ރައީސުން އަދި ކައުންސިލްތަކުގެ މެންބަރުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންކަމަށް ވީހިނދު، އެ މަޤާމުތަކުގެ ގިންތިތައް ސާފުކޮށްފެންނަން ނެތުމުން އެ ފަރާތްތަކާމެދު ދައުލަތުގެ އެކި މުއައްސަސާތަކުން އެކި ގޮތްގޮތަށް ޢަމަލުކުރަމުންދާތީ ދައުލަތުން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލިބިގަތުމުގައި އެފަރާތްތަކަށް ހުރަސްތަކާ ކުރިމަތިވާކަމަށް ބަޔާންކުރައްވައި، އެ މަގާމުތަކުގެ ގިންތިތައް ސާފުކޮށްދެއްވުމަށް އެދިވަޑައިގެން ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއިން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. މި މައްސަލައާ ގުޅިގެން ކަމާގުޅޭ އިދާރާތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހަޅުއްވާފަ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ތާއީދުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެންނައިރު އެކަންކަމަށް ރިޢާޔަތްކުރައްވާނެ ކަމަށް ބަޔާންކޮށް ތިނަދޫ ކައުންސިލްގެ އިދާރާއަށް ލިއުމުން އެންގުމަށްފަހު މައްސަލަ ނިންމެވުމަށެވެ. އަދި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
އެންމެފަހު މަސައްކަތެއްގެ ގޮތުން ކޮމިޓީން ކުރިއަށް ގެންދެވީ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފޮނުއްވާފައިވާ، ފާދިއްޕޮޅު ސްޓޭޓް ހައުސްގެ ޢިމާރާތް މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އެ ޢިމާރާތުގެ ބޭނުންނުކުރެވޭ މިންވަރަށް ވީރާނާވެފައިވާތީ، އާ ޢިމާރާތެއް އެޅުމަށްދާ ޚަރަދަށްވުރެ އެ ޢިމާރާތް މަރާމާތުކުރުމަށްދާ ޚަރަދު ބޮޑުވާނެކަމަށް ބެލެވޭކަމަށް ފާހަގަކުރައްވައި، ފާދިއްޕޮޅު އަތޮޅު ކައުންސިލަށް އާމްދަނީ ހޯދޭނެފަދަ، އިޤްތިޞާދީ މާކެޓަށް ފެތޭ އާ ޢިމާރާތެއް ބިނާކުރުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް، ނުވަތަ މިހާރު ހުރި ޢިމާރާތް ކައުންސިލް އިދާރާއަށް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެން ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. މި މައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން މަޢުލޫމާތު ދީފައިވަނީ 2025 ގެ ޕީ.އެސް.އައި.ޕީގައި އެންމެ އިސްކަންދޭ މަޝްރޫއެއްގެ ގޮތުގައި ފާދިއްޕޮޅު ސްޓޭޓް ހައުސްގެ އައު ޢިމާރާތް ހިމަނާފައިވާނެކަމަށެވެ. އެހެންކަމުން، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހަޅުއްވާ ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކޮށްފައިވަނީ މިނިސްޓްރީގެ ޖަވާބު ފާދިއްޕޮޅު ކައުންސިލްއާ ޙިއްސާކުރުމަށްފަހު މައްސަލަ ނިންމެވުމަށެވެ. އަދި، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ސަލާމް
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
17 ޖުލައި 2024
ފާދިއްޕޮޅު ސްޓޭޓް ހައުސްގެ ޢިމާރާތުގެ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
16 ޖުލައި 2024
އިންތިޙާބު ކުރެވިފައިވާ މޭޔަރުންނާއި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ރައީސުން އަދި ކައުންސިލްތަކުގެ މެންބަރުންގެ ގިންތިތައް ސާފުކުރުމަށް.
ކޮމެޓީ މަސައްކަތް ނިމިފައި
15 ޖުލައި 2024
އިންތިޙާބު ކުރެވިފައިވާ މޭޔަރުންނާއި، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ރައީސުން އަދި ކައުންސިލްތަކުގެ މެންބަރުންގެ ގިންތިތައް ސާފުކުރުމަށް.
ކޮމެޓީ މަސައްކަތް ނިމިފައި
10 ޖޫން 2024
19 ވަނަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA