ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ
14 އޯގަސްޓު 2024 12:30 ނަންބަރު 9
ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާއި، އެފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ހުށަހަޅުއްވާފައިވާ މައްސަލައާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްލަވާފައިވާ މައްސަލަތަކާއި، ކުންފުނިތައް ހަރުދަނާކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކޮމިޝަނާ ބައްދަލުކުރެއްވުމަށް ފުވައްމަލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހަޅުއްވާފައިވާ މައްސަލައިގެ މަޢުލޫމާތުތައް ދިރާސާކުރެއްވުމަށް ފުރުޞަތު ދިނުމަށްފަހު މިއަންނަ ހަފްތާއަށް މި 2 މައްސަލަ އެޖެންޑާކުރެއްވުމަށް ކޮމިޓީގެ މުޤައްރިރު ނިންމެވިއެވެ.
އެއަށްފަހު، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން، އެ އެކައުންޓްތަކުގެ ވެރިފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގެ (M19/SOE/2023/01) ކޮމިޓީ ނިންމުމާއި ހުށަހެޅުންތަކުގެ ތެރެއިން އެކަމާއި ގުޅުންހުރި އިދާރާތަކުން މަސައްކަތް ކުރިޔަށް ގެންދަވާފައިވާ ހިސާބާއި، ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް 25 ޖޫން 2024ގައި ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާ ބައްދަލުކުރެވި މަޢުލޫމާތު ސާފުކުރެވިފައިވާތީ، މި މައްސަލައިގައި އެއްކުރެވިފައިވާ މަޢުލޫމާތު މައްސަލަ ހުށަހެޅުއްވި މެންބަރާ ޙިއްޞާކުރެއްވުމަށް، ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައި ނުވާތީ އެގޮތަށް ނިންމެވިއެވެ.
ދެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާސާކުރެއްވުމަށް ކަމާގުޅުންހުރި ސަބް-ކޮމިޓީއަށް ފޮނުއްވުމަށް، ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައި ނުވާތީ، އެގޮތަށް ނިންމެވިއެވެ. އަދި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން، އެ ކުންފުންޏާއެކު 05 އޮގަސްޓް 2024ގައި ބޭއްވުނު ބައްދަލުވުމާ ގުޅިގެން ފޮނުއްވާފައިވާ މަޢުލޫމާތުތައް ދިރާސާކުރެއްވުމަށް ކަމާގުޅުންހުރި ސަބް-ކޮމިޓީއަށް ފޮނުއްވުމަށް، ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުކުރައްވާފައި ނުވާތީ އެގޮތަށް ނިންމެވިއެވެ.
މިއަދުގެ ބައްދަލުވުމުގެ އެންމެ ފަހުކަމަކަށް، މި ކޮމިޓީގެ ސަބް ކޮމިޓީ 2 (ފިޝަރީޒް ދާއިރާ)ގެ ސަބް ކޮމިޓީގެ މެންބަރެއްގޮތުގައި ހުންނެވުމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޘިމް އިޢުތިރާޒުކުރައްވާފައިވާތީ، އެ މެންބަރުގެ ބަދަލުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން އެ ކޮމިޓީއަށް ހަމަޖެއްސެވިއެވެ.
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
24 ޖުލައި 2024
ސްޓޭޓް ޓްރޭޑިންގ އޯގަަނައިޒޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
ކުރިޔަށް ދަނީ
16 ޖުލައި 2024
ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ކުރީގެ މެނޭޖްމަންޓުން ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާއި، އެފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ހުށަހަޅުއްވާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
2 ޖުލައި 2024
ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން.
ކުރިޔަށް ދަނީ
25 ޖޫން 2024
ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގެ (M19/SOE/2023/01) ދިރާސާކުރުން.
ކޮމެޓީ މަސައްކަތް ނިމިފައި
10 މާރިޗު 2024
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާސާކުރުން.
ކުރިޔަށް ދަނީ
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA