ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 8
14 އޯގަސްޓު 2024 12:00 ނަންބަރު 1
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ސީނިއަރ އޮފިސަރ ޝިފްނާ ޢަލީއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީގެ ނަންފުޅެވެ. މި ހުށަހެޅުމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: ކޮމިޓީގެ މުޤައްރިރުކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އިންތިޚާބުކުރުމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 04
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 04
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 04
ފާސްވުމަށް ބޭނުންވާ ޢަދަދު: 03
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ އިންތިޚާބުކުރެއްވިއެވެ.
އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން ގައްދޫ ދާއިރާ މެންބަރު މުޙައްމަދު ޢަލީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިންގެ ނަންފުޅު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން އިންތިޚާބުކުރުމަށް.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 04
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 04
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 04
ފާސްވުމަށް ބޭނުންވާ ޢަދަދު: 03
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން އިންތިޚާބުކުރެއްވިއެވެ.
ކޮމިޓީގެ ރިޔާސަތާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ ޙަވާލުވުމަށްފަހު، ކޮމިޓީގެ ކޯރަމްއަކީ 3 މެންބަރުންކަމުގައި ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރު ހުށަހަޅުއްވައި، ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ތާޢީދުކުރެއްވި ހުށަހެޅުން ވަނީ ކޮމިޓީގެ އިއްތިފާޤުން ފާސްވެފައެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: ކޮމިޓީގެ ކޯރަމްއަކީ 3 މެންބަރުންކަމުގައި ކަނޑައެޅުން.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 04
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 03
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 03
ފާސްވުމަށް ބޭނުންވާ ޢަދަދު: 02
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ކޮމިޓީގެ ކޯރަމްއަކީ 3 މެންބަރުންކަމުގައި ކަނޑައެޅުނެވެ.
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
ޙުސައިން ސަމީރު
ތޮއްޑޫ ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
14 އޯގަސްޓު 2024
ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮވުން
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA