ލާމަރުކަޒީ ކޮމިޓީ
16 އޮކްޓޯބަރު 2024 11:00 ނަންބަރު 15
މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވަރާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ފޮނުއްވާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވާ ކަންބޮޑުވުންތަކާގުޅޭ ސިޓީއާ ގުޅޭގޮތުންނެވެ. އެ މައްސަލައާ ގުޅިގެން އައްޑޫމީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ހުށަހަޅުއްވާފައިވަނީ މިނިސްޓްރީ އޮފް ފިނޭންސާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީއާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރެއްވުމަށެވެ. އެ ހުށަހެޅުއްވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ތާއީދުކުރައްވާފައިވެއެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
ދެވަނަ ކަމަކަށް ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ ތ.ކަނޑޫދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމާ ގުޅޭގޮތުން އެ ރަށުގެ ކައުންސިލުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެ މައްސަލައާ ގުޅިގެން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ދެ ހުށަހެޅުއްވުމެއް ކޮމިޓީއަށް ހުށަހަޅުއްވާފައިވެއެވެ.
އެގޮތުން އައްޑޫމީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާނު ހުށަހަޅުއްވައި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ތާއީދުކުރައްވާފައިވަނީ މި މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުއްވުމަށެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ހުށަހެޅުއްވުން ފާސްވެފައިނުވެއެވެ.
ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު އަސްލަމް ހުށަހަޅުއްވައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރައްވާފައިވަނީ ކަނޑޫދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމުގައި ހުރި ހުރަސްތަކާއި ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެއްވުމުގައި ޢަމަލުކުރަމުންދާ އުސޫލަކީ ކޮބައިކަން ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށް ސިޓީއެއް ފޮނުއްވުމަށެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ހުށަހެޅުއްވުން ފާސްވިއެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ އަމިއްލަ ފަރާތަކުން ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅޭގޮތުންނެވެ. އެ މައްސަލައާ ގުޅޭގޮތުން ކޮމިޓީން ނިންމަވާފައިވަނީ މައްސަލަ ކޮމީޓީއަށް ލިބިފައިވާތާ 3 މަސްދުވަސް ފާއިތުވެފައިވާތީ، މައްސަލައިގެ އަދާހަމަ މަޢުލޫމާތު ސާފުކުރެއްވުމަށް މައްސަލަ ހުށަހެޅުއްވި ފަރާތަށް ސިޓީއެއް ފޮނުއްވުމަށެވެ.
އެންމެފަހު ކަމެއްގެ ގޮތުގައި ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ އިތުރު މައްސަލައަކާ ގުޅޭގޮތުންނެވެ. އެ މައްސަލައާ ގުޅިގެން ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ހުށަހަޅުއްވާފައިވަނީ އެ މައްސަލައަކީ ހައްސާސް ކަންތައްތަކެއް އެކުލެވިފައިވާ މައްސަލައެއްކަމަށްވާތީ ހުރިހާ މެންބަރުންވެސް މައްސަލަ ރަނގަޅަށް ދިރާސާކުރެއްވުމަށްފަހު ދެން ކޮމިޓީ ބާއްވާ ދުވަހަކު މައްސަލައާ ގުޅޭގޮތެއް ނިންމެވުމަށެވެ. މި ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާޢީދުކުރައްވާފައިވެއެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
2 އޮކްޓޯބަރު 2024
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ ކޮމިޓީ) ތަކަށް ދިމާވާ ދަތިތައް ބަޔާންކޮށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
11 ސެޕްޓެމްބަރު 2024
ތ.ކަނޑޫދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
21 ޖުލައި 2024
މާލެ ސިޓީ ކައުންސިލާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
24 ޖޫން 2024
ހދ. ހިރިމަރަދޫ ކައުންސިލާ ގުޅިގެން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA