ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 3
21 އޮކްޓޯބަރު 2024 11:00 ނަންބަރު 2
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ މިދިޔަ 5 އަހަރުގެ މާލީ ހިސާބުތަކާއި، ކުންފުނީގެ ދަރަނީގެ ޙާލަތާއި އަދި ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ކުންފުނިން ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ތާއިދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ މިދިޔަ 5 އަހަރުގެ މާލީ ހިސާބުތަކާއި، ކުންފުނީގެ ދަރަނީގެ ޙާލަތާއި އަދި ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ކުންފުނިން ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 03
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 02
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 02
ފާސްވުމަށް ބޭނުންވާ ޢަދަދު: 02
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ.
އެއަށްފަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ (އާރު.އޭ.ސީ.އެލް) މާލީ ޙާލަތާއި، ކުންފުނީގެ ޙާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ޕްލޭންތަކާއި، މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާއި އަދި އެ ދެ ކުންފުނި މާރޖްކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ޚަބަރު ލިބެމުންދާތީ، އެކަންތައް ކުރިއަށް ގޮސްފައިވާ މިންވަރު ސާފުކުރެއްވުމަށް އެ ދެ ކުންފުންޏާ ބައްދަލުކުރެއްވުމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ތާއިދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.
ވޯޓު: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރު.އޭ.ސީ.އެލް) އާ ބައްދަލުކުރުމަށް
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 03
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 02
ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 02
ފާސްވުމަށް ބޭނުންވާ ޢަދަދު: 02
ނިންމުން: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުއްވުން ފާސްވިއެވެ.
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
އެހެން ކޮމިޓީއެއްގައި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ޢަލީ އަޝްރަޤް
ކިނބިދޫ ދާއިރާ
އިބްރާހީމްދީދީ
ފޭދޫ ދެކުނު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
21 އޮކްޓޯބަރު 2024
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގެ މިދިޔަ 5 އަހަރުގެ މާލީ ހިސާބުތަކާއި، ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ކުންފުނިން ރާވާފައިވާ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް.
ކޮމެޓީ މަސައްކަތް ނިމިފައި
21 އޮކްޓޯބަރު 2024
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އާރު.އޭ.ސީ.އެލް)ގެ ހާލަތު ދިރާސާކުރުން.
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA