ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް ކޮމިޓީ 7 (ހައުސިންގ ސެކްޓަރގައި ހިމެނޭ ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޙާލަތު ދިރާސާކުރަން ހޮއްވެވި)

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 7 ގެ 2024 ވަނަ އަހަރުގެ 02 ވަނަ ބައްދަލުވުން

21 އޮކްޓޯބަރު 2024 12:30 ނަންބަރު M20/M/SOE-Sub7/2024/02

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންއިން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ކުރިއަށްގެންދަން ނިންމާފައިވާ ސުންގަޑިއާއި އަދި އެ މަސައްކަތްތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމަން އެ ކުންފުނިތަކަށް ދިމާވާ ދަތިތަކާ ގުޅޭ މަޢުލޫމާތު އެ ދެ ކުންފުނިން ސާފުކުރުމަށާއި އަދި އެ ދެ ކުންފުނި އެއްކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެކަމުގެ ތަފްޞީލް މިނިސްޓްރީ އޮފް ފިނޭންސްއިން ސާފުކުރެއްވުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ތާއިދުކުރެއްވިއެވެ. މި ހުށަހެޅުމަށް މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައިއެވަނީއެވެ.


ވޯޓު: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު އެ ދެ ކުންފުނިން ސާފުކުރުމަށާއި އަދި އެ ދެ ކުންފުނި އެއްކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްދާކަމަށް މަޢުލޫމާތު ލިބިފައިވާތީ، އެކަމުގެ ތަފްޞީލް މިނިސްޓްރީ އޮފް ފިނޭންސްއިން ސާފުކުރެއްވުމަށް

 ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު :04

ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 03

ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު : 02

ނުފެންނަކަމަށް ވޯޓު ދެއްވި ޢަދަދު: 0

ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާ މެންބަރުންގެ ޢަދަދު: 0

ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 02

ފާސްވުމަށް ބޭނުންވާ ޢަދަދު: 02

ނިންމުން: ހުށަހެޅުން ފާސްވެފައި.

އެހެންކަމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުއްވުން ފާސްވިއެވެ. 


ބައްދަލުވުމުގެ ހާޒިރީ

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ވަޑައިގެންނެވި

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އަޝްރަފް ރަޝީދު

ފަރެސްމާތޮޑާ ދާއިރާ

ކޮމިޓީގެ ރިޔާސަތު

މުޙައްމަދު ޢަލީ

ގައްދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

އަޙްމަދު ޝާކިރު

މާވަށު ދާއިރާ

ހާޒިރުވެނެތް
ޖުމްލަ މެންބަރުން
3
ފެންނަކަމަށް
1
ވޯޓުދިން މެންބަރުން
1
ހާޒިރުވެތިބި މެންބަރުން
2
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
1
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
2
ޖުމްލަ މެންބަރުން
3
ހާޒިރުވެތިބި މެންބަރުން
2
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
1
ފެންނަކަމަށް
1
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
1
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
2

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

21 އޮކްޓޯބަރު 2024

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު އެ ދެ ކުންފުނިން ސާފުކުރުމަށް.

ކުރިޔަށް ދަނީ

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    04
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    00
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2026 ރައްޔިތުންގެ މަޖިލިސްގެ އިދާރާA