ޖުޑީޝިއަރީ ކޮމިޓީ
22 އޮކްޓޯބަރު 2024 10:08 ނަންބަރު 23
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި ޤާނޫނު ނަންބަރު 2015/2 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާގުޅޭ ގޮތުން ގުޅުންހުރި އިދާރާތަކާ ބައްދަލުކުރުމާމެދު ގޮތެއް ނިންމުންމެވެ. އެ ގޮތުން ބައްދަލުކުރައްވަން ނިންނެވި އިދާރާތަކަކީ:
1. އެޓަރނީ ޖެނެރަލްގެ އޮފީސް،
2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް،
3. ދިވެހިރާއްޖޭގެ ބާ ކައުންސިލް އަދި
4. ދިވެހި ފުލުހުންގެ ޚިދުމަތް.
މި ދެ ބިލާ ގުޅިގެން އިސްވެ ދެންނެވި އިދާރާތަކާ ބައްދަލުކުރެއްވުމަށް އެއްވެސް މެންބަރަކު އިޢުތިރާޟްނުކުރައްވާތީ، އެގޮތަށް ކޮމިޓީން ނިންމެވިއެވެ.
އެއަށްފަހު، ކުރިއަށް ގެންދެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންގެ ތެރެއިން ހުސްވެފައިވާ 4 މަޤާމަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގައިވާ ގޮތުގެމަތިން:
- އިދާރީ ޕެނަލް އެކުލަވާލުން؛
- އިދާރާތަކުން ކުށުގެ ރެކޯޑު ސާފުކުރުމަށް ސިޓީ ފޮނުވުމާމެދު ގޮތެއް ނިންމުން؛
- ޢާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ޢާންމުކޮށް އިޢުލާންކުރުމާމެދު ގޮތެއް ނިންމުން.
މި ކަންކަން ކުރިއަށް ގެންދިއުމެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ބެއްލެވުމަށް އިދާރީ ޕެނަލްގައި ޖުޑީޝިއަރީ ކޮމިޓީގެ ސެކްރެޓޭރިއަޓުން ތިއްބެވުމަށް އެއްވެސް މެންބަރަކު އިއުތިރާޟްނުކުރައްވާތީ އެގޮތަށް ކޮމިޓީން ނިންމެވިއެވެ.
އެއަށްފަހު، އެ ނަންފުޅުތަކާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ކުށުގެ ރެކޯޑު ސާފުކުރުމަށް ސިޓީ ފޮނުވުމަށް 22 އޮކްޓޫބަރު 2024 ގެ 14:00 ގެ ނިޔަލަށް އަދި ޢާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް ޢާންމުކޮށް އިޢުލާންކުރުމަށް 23 އޮކްޓޫބަރު 2024 ގެ 10:00 ގެކުރިން ހުށަހެޅުއްވުމަށް ކޮމިޓީން ނިންމެވިއެވެ. މިގޮތަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އަދި ތާއީދުކުރެއްވީ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލް ޤާދިރުއެވެ. މި ހުށަހެޅުއްވުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކުރައްވާފައެވެ.
މި މައްސަލައިގައި މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވ
އެއަށްފަހު، މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޢައްޔަންކުރެއްވުމަށްޓަކައި ފޮނުއްވާފައިވާ 13 ފަރާތާއި އިންޓަރވިއު ކުރިއަށް ގެންދާނެ ގޮތަކާއިމެދު މަޝްވަރާކުރެއްވުމެއެވެ. އެގޮތުން، އެ ފަރާތްތަކުގެ ކުށުގެ ރެކޯޑްތައް އިދާރާތަކުން ލިބުމުން، 23 އޮކްޓޯބަރު 2024 ވަނަ ދުވަހުގެ 11:00 އިން ފެށިގެން އިންޓަރވިއުތައް ކުރިއަށް ގެންދިއުމަށް ކޮމިޓީން ނިންމެވިއެވެ.
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ވަޑައިގެންނެވި
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
ވަޑައިގެންނެވި
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
22 އޮކްޓޯބަރު 2024
ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
23 ޖުލައި 2024
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާޢަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް)
ކުރިޔަށް ދަނީ
23 ޖުލައި 2024
ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު (ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު)
ކުރިޔަށް ދަނީ
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA