ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ
24 އޮކްޓޯބަރު 2024 13:00 ނަންބަރު M20/M/SM/2024/6
މިއަދުގެ ބައްދަލުވުމުގައި އެޖެންޑާކޮށް ކުރިއަށް ގެންދެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި 30 ސެޕްޓެންބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 03 ބޭފުޅުންގެ ނަންފުޅު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މެންބަރުންނަށް ފުރުޞަތު ހުޅުވާލުމުން، ދެންނެވުނު މައްސަލައިގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދެންނެވުނު 3 ބޭފުޅުންގެ ކުށުގެ ރެކޯޑު ސާފުކޮށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޙިއްޞާކުރައްވާފައިވާ މަޢުލޫމާތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 130 ވަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިގައި ފުރިހަމަވާންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތައް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ ތިން ބޭފުޅުންގެ ކިބައިގައި ފުރިހަމަވާތީއާއި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެންނުވާނޭ ކަމަށް ބަޔާންކޮށްފައިވާފަދަ އެއްވެސް ކަމެއް އެއިން ބޭފުޅަކު ކުރައްވަމުން ނުގެންދަވާކަން ސާފުވާތީ، ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 3 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް ކޮމިޓީއަށް ފެންނަކަމަށް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަހަޅުއްވައި ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޢަލީ އިބްރާހީމް ތާއީދުކުރެއްވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ 3 ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނުމަށް ކޮމިޓީއަށް ފެންނަކަމަށް، ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
ވަޑައިގެންނެވި
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިނުގަންނަވާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
ވަޑައިގެންނެވި
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ވަޑައިނުގަންނަވާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު އިސްމާޢީލް
ވިލިމާލެ ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޞްޠަފާ ޙުސައިން
މައްޗަންގޮޅި ދެކުނު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު
ދިއްދޫ ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އަޙްމަދު ސިޔާމް މުޙައްމަދު
މީދޫ ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ޢަބްދުﷲ ރަޝީދު
ދަނގެތި ދާއިރާ
24 އޮކްޓޯބަރު 2024
ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރައްވާފައިވާ ބޭފުޅުންނަށް ރުހުންދިނުމުގެ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA