އިޤްތިޞާދީ ކޮމިޓީ
29 އޮކްޓޯބަރު 2024 14:00 ނަންބަރު M20/M/IQ/2024/15
މިއަދުގެ ބައްދަލުވުމުގައި، ޓެކްސީ ފްލީޓެއް ތަޢާރަފުކުރަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެދި ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ގެ ބޭފުޅުންނާ ބައްދަލުކުރައްވައި މައުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން، މާލެ ސަރަޙައްދުގެ ޓްރެފިކް މައްސަލަ ޙައްލުކުރުމަށް މާލެ ފަހި ޕްރޮގްރާމެއް ތަޢާރަފްކޮށް، އޭގެ ތެރެއިން ޓެކްސީ ލައިނެއް ތަޢާރަފް ކުރުމުގެ މަޤްޞަދަކީ ކޮންޓްރޯލް ނިޒާމެއްގެ ތެރެއިން ޓެކްސީ ޚިދުމަތްތައް ސްޓޭންޑަރޑައިޒް ކުރުމުގެ މަޤްޞަދުގައިކަމަށާ އެކަން ތަޢާރަފުވުމުގެ ސަބަބުން އަމިއްލަ ފަރާތްތަކުން ޓެކްސީ ޚިދުމަތް ދިނުމަށް އެއްވެސް ހުރަހެއް ނޯންނާނެކަމަށާއި، އެފަދަ ޚިދުމަތެއް ތަޢާރަފު ކުރަން ނިންމާފައިވަނީ ޓެކްސީ ލިބުމުގައި ރައްޔިތުންނަށް ލިބިފައިވާ ދަތިކަމަށް ޙައްލެއް ހޯދުމަށްކަމަށް ފާހަގަކުރައްވާފައިވެއެވެ. މި ޚިދުމަތް ދިނުމަށް ވިސްނާފައިވާގޮތަކީ ދާއިމީ ޓެކްސީ ޑްރައިވަރުންނާއި ޕާރޓްޓައިމްކޮށް ޓެކްސީ ކުރަން ބޭނުންވާ ޑްރައިވަރުންނާއެކުކަމަށާއި މި ޚިދުމަތުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް އުނދަގުލެއްވާނެކަމަށް ނުބެލެވޭކަމަށާއި، ވެހިކަލް ޕާކިންގއަށް ބޭނުންވާ ބިން ސަރުކާރުން އެލޮކޭޓް ކޮށްދެއްވާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
1 އޯގަސްޓު 2024
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން ނިންމުމާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރުމަށް ހުށަހަޅާފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA