އިޤްތިޞާދީ ކޮމިޓީ
30 އޮކްޓޯބަރު 2024 14:00 ނަންބަރު M20/M/IQ/2024/16
މިއަދުގެ ބައްދަލުވުމުގައި، ޓެކްސީ ފްލީޓެއް ތަޢާރަފުކުރަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެދި ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން އެ އެސޯސިއޭޝަން ގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ.
ދިވެހި ސަރުކާރުން ޓެކްސީ ފްލީޓެއް ތަޢާރަފު ކުރުމުން ސީދާ ގޮތުންނާއި ނުސީދާގޮތުން މިނިވަން ޓެކްސީ ޚިދުމަތްދޭ ފަރާތްތަކަށް އަސަރު ކުރާނެކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ޓެކްސީ ކޮމިއުނިޓީގެ އާމްދަނީ އަށް އަސަރުކުރާނެކަމަށާއި، މި ދާއިރާއަށް އިންވެސްޓްކޮށްފައިވާ ކުންފުނިތަކަށް ދެމެހެއްޓެނިވި ވިޔަފާރިއެއް ޤާއިމްކުރުމަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ހުރަސްއެޅިގެންދާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި، މިނިވަން ޓެކްސީ ޚިދުމަތުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްދިނުމަށާއި، ރައްޔިތުންނަށް ޓެކްސީ ޚިދުމަތްދިނުމުގައި ހަރުދަނާ ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރިކަމަށާއި، އެކަންތައްތަކަކީ ޓެކްސީ ސެންޓަރުތަކަށް ނުވަތަ ޓެކްސީ ޑްރައިވަރުންނަށް އެކަނި ކުރެވޭނެ ކަންކަން ނޫންކަމަށާއި އެކަމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަން ބޭނުންވާކަމަށް ފާހަގަކުރެއްވިއެވެ.
މިހާރު ޓެކްސީ ޚިދުމަތް ދިނުމަށް ޚާއްޞަކޮށް މާލެ ތެރޭގައި ޚިދުމަތް ދިނުމަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބާތޯ ބެލުމަށް ދިރާސާއެއްކޮށްފައިނުވާކަމަށާއި، މާލޭ މަގުތަކުގައި ޓެކްސީ ދަތުރުކުރުމަށް އުނދަގޫކަމަށާއި، ވެހިކަލް ޕާކްކޮށްފައި ހުންނަގޮތުން ބައެއް މަގުތަކަށް ޓެކްސީ ނުވަދެވޭކަމަށާއި، އެކަންކަން ޙައްލުކޮށްދިނުމަށާއި، ކުށްކުރާ ޓެކްސީ ޑްރައިވަރުންނަށް ފިޔަވަޅު އަޅައިދިނުމަށާއި، ޓެކްސީ ގަވާއިދު އިޞްލާޙުކޮށްދިނުމަށާއި، ޓެކްސީ ސެންޓަރުތަކުގެ ހުންނަން ޖެހޭ މިންގަނޑުތައް ރަނގަޅަށް ހުރިތޯ މިނިސްޓްރީން ބަލާފައިނުވާކަމަށާއި، ޓެކްސީ ޚިދުމަތް ދިނުމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމަށް އެދިލައްވާފައިވެއެވެ.
ސަރުކާރުން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަކަށް ހުރަސް އެޅުމުގެ ނިޔަތެއް ނެތްކަމަށާއި، ސަރުކާރުން އެފަދަ ޚިދުމަތެއް ފޯރުކޮށްދޭން ފަށާއިރު މިހާރު ޓެކްސީ ޚިދުމަތްދޭ ކުންފުނިތަކާއި ފަރާތްތަކަށް ލިބިދާނެ ގެއްލުންތައް ދަނެގަތުމަށާއި، އެކަންކަން ހައްލުކުރުމަށް އިސްކަންދިނުމަށާއި، އެ ފަރާތްތަކުގެ މަޝްވަރާއާއެކު ދެފަރާތައް ވެސް ގެއްލުން ނުވާނެ ފަދަ ގޮތަކަށް މިޚިދުމަތް ރޭވުގެން ދިއުމަށް އެދިލައްވާފައިވެއެވެ.
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
1 އޯގަސްޓު 2024
ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން ނިންމުމާ ގުޅިގެން ކަންބޮޑުވުންތައް ހިއްސާކުރުމަށް ހުށަހަޅާފައިވާ މައްސަލަ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA