އިޤްތިޞާދީ ކޮމިޓީ
12 ނޮވެމްބަރު 2024 11:00 ނަންބަރު M20/M/IQ/2024/20
މިއަދުގެ ބައްދަލުވުމުގައި ކަޅުބިލަމަހުގެ ސިނާޢަތު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާއި، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 8 ޑިސެންބަރު 2005 ގައި ސޮއިކޮށްފައިވާ ގދ. ހޯނޑެއްދޫގެ ބިމާއި އެ ބިމާ އިންވެގެން ހިއްކާ ސަރަޙައްދު ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމުގެ ދަށުން ކުއްޔަށް ނަގާފައިވާ ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ ބިމުގެ ކުލި ރިވައިޒް ކޮށްދިނުމަށް ކަމާގުޅޭ މިނިސްޓްރީތަކަށް އެކިފަހަރު މަތިން ދެންނެވިފައިވީނަމަވެސް، އެ މައްސަލައަށް ހައްލެއް ލިބިފައިނުވާކަމަށް ބަޔާންކޮށް ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާއިން ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން ހޯނޑެއްދޫ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން، އެ އެއްބަސްވުމުގެ ދަށުން އެ ބިމުގެ ކުލި ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ 5 އަހަރަކުން މުރާޖަޢާކުރަމުންދާ ގޮތަށްކަމަށާއި 2023 ވަނަ އަހަރު ކުލި މުރާޖަޢާކުރަންޖެހުނު ނަމަވެސް 2023 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް 5 އަހަރަށްވާ ކުލީގެ ޢަދަދު މިހާތަނަށް މުރާޖަޢާކޮށްފައިނުވާކަމަށް ފާހަގަކުރެއްވިއެވެ. ރަށްރަށުން ބިމު ކުލީގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ އަގު މޯލްޑިވްސް ލޭންޑް އެންޑް ސަރޭ އޮތޯރިޓީގެ ލޭންޑް ވެލުއޭޝަން ކޮމިޓީން ކަނޑައަޅާފައިވާކަމަށާއި، އެގޮތުން، ހޮރައިޒަންއަށް ދޫކޮށްފައިވާ ބިމުގެ ކުލީގެ ރޭޓު ވެލުއޭޝަން ކޮމިޓީން ކަނޑައަޅާފައިވާ އެންމެ ކުޑަ އަގު، 60 ލާރި، އަށް ވުރެ ކުޑަ އަގެއްގައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ބިން ދިނުމަކީ ޢާންމު ކުދި ވިޔަފާރިވެރިންނަށް ވެވޭ ބޭއިންސާފެއްކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ. އެގޮތުން، ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ ބިމަށް 2023 ވަނަ އަހަރުން ފެށިގެން ކުލީގެ ގޮތުގައި މަހަކަށް 20 ލާރިއާއި 60 ލާރި އާ ދެމެދު އަގެއް ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާކަމަށާއި، އަދި ކައުންސިލުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ ފެސިލީޓީގެ މަސައްކަތް ފެށި، އެކަމުގެ ނަފާ އެ ސަރަޙައްދަށް ލިބުންކަމަށާއި، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް އެކަން ކުރެވޭނެކަމަށް ނުބެލެވޭކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ތަންތަނުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ބަދަލުކުރުމަށް، އެ ތަނެއްގެ ކުލީގެ އެއްބަސްވުން ކައުންސިލުގެ އިދާރާގެ ނަމަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ސަރކިއުލަރއަކުން އަންގާފައިވީ ނަމަވެސް، އެ އެއްބަސްވުން ކައުންސިލުގެ އިދާރާގެ ނަމަށް ބަދަލުކޮށްފައިނުވާކަމަށްވެސް ފާހަގަކުރެއްވިއެވެ.
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
ޢަލީ މޫސާ
ހޯރަފުށި ދާއިރާ
ވަޑައިގެންނެވި
އަމީން ފައިޞަލް
ކަނޑިތީމު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢަފޫ ޙާމިދު
ކެނދިކުޅުދޫ ދާއިރާ
ވަޑައިގެންނެވި
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިނުގަންނަވާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިނުގަންނަވާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
ސަޢުދުﷲ ޙިލްމީ
ތިނަދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ރަސްމީ
22 އޮކްޓޯބަރު 2024
ހުވަދު އަތޮޅު ދެކުނުބުރީ ހޯޑެއްދޫ ކައުންސިލް އިދާރާއިން ފޮނުވާފައިވާ ސިޓީ
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA