ލާމަރުކަޒީ ކޮމިޓީ
5 ނޮވެމްބަރު 2024 10:00 ނަންބަރު 17
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތެވެ.
އެންމެ ފުރަތަމަ ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ކޮމިޓީން އެފަރާތަށް މަޢުލޫމާތު ސާފުކުރެއްވުމަށް ފޮނުއްވާފައިވާ ސިޓީގެ ޖަވާބު ލިބިފައިވާތީ މައްސަލައާމެދު ގޮތެއް ނިންމެވުމަށް ކޮމިޓީގެ މެންބަރުންނަށް ރިޔާސަތުން ފުރުސަތުދެއްވިއެވެ. އެގޮތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވައި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ތާއީދުކުރައްވާފައިވަނީ، އެ މައްސަލައަކީ ޝަރީޢަތުން ބައްލަވައި ގޮތެއް ނިންމަވާފައިވާ މައްސަލައެއްކަމަށާއި، އެކަމުގައި މައްސަލަ ހުށަހެޅުއްވި ފަރާތަށް ބަދަލަށް އެދުމުގެ ފުރުސަތު އޮތުމުން، އެގޮތަށް ކުރިއަށް ގެންދެވުމަށް ދަންނަވައި މައްސަލަ ނިންމެވުމަށެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
ދެވަނަ ކަމެއްގެގޮތުން، ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ ތ.ކަނޑޫދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމާ ގުޅޭގޮތުން އެ ރަށުގެ ކައުންސިލުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވިދާޅުވެފައިވަނީ މިހާރު އެ ރަށުގައި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި އެ މިނިސްޓްރީން ފޮނުއްވާފައިވާ ސިޓީގައި އެ މަސައްކަތް ލަސްވެފައިވާ ސަބަބުތައްވެސް ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން، އެ މައްސަލައާ ގުޅިގެން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވައި، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ތާއީދުކުރައްވާފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ދެއްވާފައިވާ ޖަވާބު އެ ކައުންސިލާ ހިއްސާކުރެއްވުމަށްފަހު މައްސަލަ ނިންމެވުމަށެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
އެއަށްފަހު، ތިންވަނަ ކަމެއްގެގޮތުން މަޝްވަރާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ފޮނުއްވާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވާ ކަންބޮޑުވުންތަކާގުޅޭ ސިޓީއާ ބެހޭގޮތުންނެވެ. އެގޮތުން، އެ މައްސަލައާ ގުޅިގެން ކޮމިޓީން މިނިސްޓްރީ އޮފް ފިނޭންސާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. އަދި، އެ މަޝްވަރާތަކަށް ރިޢާޔަތްކުރައްވައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދިމާވެފައިވާ މައްސަލަތަކަކީ އަވަސް ޙައްލެއް ހޯދުން މުހިންމު މައްސަލަތަކެއްކަމަށްވުމާއެކު، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގިނަ އިޞްލާޙުތަކެއް ގެންނެވުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވާތީ، އެ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކާއެކު އެ މައްސަލަތަކަށް ޙައްލެއް ލިބޭނެކަމަށް ބަޔާންކުރައްވައި މިނިސްޓްރީއަށް ޖަވާބު ފޮނުއްވުމަށްފަހު މައްސަލަ ނިންމެވުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވެއެވެ. އަދި އެ ހުށަހެޅުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއިދުކުރައްވާފައިވެއެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
އެންމެފަހު މައްސަލައެއްގެގޮތުން ކޮމިޓީން ބައްލަވާފައިވަނީ އަމިއްލަ ފަރާތަކުން އެފަރާތަށް ލިބިފައިވާ ބިމެއް ކައުންސިލުން އަނބުރާ ނަގާފައިވާތީ، އެ ބިމުގެ ބަދަލުގައި ބޯހިޔާވަހިކަމުގެ އިތުރު ގޮތެއް ފޯރުކޮށްދިނުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. އެ މައްސަލައާ ގުޅިގެން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވަނީ ވަކިވަކި ފަރާތްތަކަށް ފްލެޓެއް ހަމަޖެއްސުމަކީ އެ ކޮމިޓީގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށާއި، ނަމަވެސް ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުގެ ދަށުން އެކަމަށް ޙައްލެއް ހޯއްދެވުމަށް އެފަރާތަށް ދަންނަވައި، މައްސަލަ ނިންމެވުމަށެވެ. މި ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރައްވާފައިވެއެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
އެހެން ކޮމިޓީއެއްގައި
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
އެހެން ކޮމިޓީއެއްގައި
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ރަސްމީ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ވަޑައިގެންނެވި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
2 އޮކްޓޯބަރު 2024
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ ކޮމިޓީ) ތަކަށް ދިމާވާ ދަތިތައް ބަޔާންކޮށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ފޮނުއްވާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
11 ސެޕްޓެމްބަރު 2024
ތ.ކަނޑޫދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
21 ޖުލައި 2024
މާލެ ސިޓީ ކައުންސިލާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
30 ޖޫން 2024
ސ.ފޭދޫ ގޯއްޗަކާ ގުޅިގެން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ.
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA