ބަޖެޓު ދިރާސާކުރާ ކޮމިޓީ

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ 2024 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

20 ނޮވެމްބަރު 2024 11:00 ނަންބަރު 6

ޚުލާސާ

މި ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މިނިސްޓްރީ އޮފް ފިނޭންސްއިން 2025 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅުއްވާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމެވެ. އެގޮތުން؛


1.     2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ އާމްދަނީއާގުޅޭ

2025 ވަނަ އަހަރަށް، ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39,789,965,227/- (ތިރީސްނުވަ ބިލިއަން ހަތްސަތޭކަ އަށްޑިހަ ނުވަމިލިއަން ނުވަލައްކަ ފަސްދޮޅަސް ފަސްހާސް ދުއިސައްތަ ހަތާވީސް) ރުފިޔާއެވެ. 2025 ވަނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ފިޔަވަޅުތަކުން އިތުރަށް 4,850.8 (ހަތަރުހާސް އަށްސަތޭކަ ފަންސާސް ޕޮއިންޓް އަށެއް) ލިބޭނެކަމަށް އަންދާޒާކުރެވިފައިވީ ހިނދު، މި ޢަދަދަކީ ހިލޭ އެހީއާއި އާމްދަނީ ސިޔާސަތު ހަރުދަނާގޮތެއްގައި ތަންފީޒުކުރެވިއްޖެނަމަ، 2025 ގައި ޙާޞިލުކުރެވިދާނެ މިންވަރެއްކަމަށް ކަނޑައަޅާ، މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތާޢީދުކުރެއްވި ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ.


2.     2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓާގުޅޭ

ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރުގެ މިނިސްޓްރީތަކާއި އެ މިނިސްޓްރީތަކުގެ ދަށުން ހިންގާ އޮފީސްތަކުގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ހުށަހަޅާ ބަޖެޓެއްކަމަށްވެފައި، އަދި މިނިވަން މުއައްސަސާތަކުގެ ބަޖެޓް ކަނޑައަޅުއްވާފައިވަނީ އެ މުއައްސަސާތަކާ މަޝްވަރާކުރުމަށްފަހުގައި ކަމަށާއި، އަދި އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ ކޮންޓިންޖަންސީ ބަޖެޓުން ހަމަޖައްސަވައި ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ފިނޭންސްއިން ދެއްވާފައިވާތީ، 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓު މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާޢީދުކުރެއްވި ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ.


3.     އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓު ޚަރަދާގުޅޭ

ދައުލަތުގެ އޮނިގަނޑާ އެއްގޮތަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ވަކިވަކި އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަދަލެއް ގެނެސްފައިނުވާތީ، 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި "އޮފީސްތަކުގެ ރިކަރަންޓް ޚަރަދު އަދި ކެޕިޓަލް ޚަރަދު 2025" ރިޕޯޓާއި އަދި "މަސްއޫލުވެ ޒިންމާވާ އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓު" މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާޢީދުކުރެއްވި ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ.


5.     2025 ވަނަ އަހަރުގައި ހިންގުމަށް ކަނޑައަޅާފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްތަކާގުޅޭ ބަޖެޓް

1.1.1.2.2025 ވަނަ އަހަރަށް ލަފާކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓްގައި 12,378,659,021/- (ބާރަ ބިލިއަން ތިންސަތޭކަ ހަތްދިހަ އަށް މިލިއަން ހަލައްކަ ފަންސާސް ނުވަހާސް އެކާވީސް) މިލިއަން ރުފިޔާގެ ގޮތުގައި ކަނޑައަޅުއްވާފައިވާ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ތަކުގެ ބަޖެޓް މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތާޢީދުކުރެއްވި ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ.



ބަޖެޓާއި ގުޅުންހުރި ބައިތައް ކޮމިޓީން ފާސްކުރުމަށްފަހު، ކޮމިޓީން 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް، ހުށަހަޅާ ޖެނެރަލް ރިކޮމެންޑޭޝަންތައް ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި 8 ރިކަމެންޑޭޝަނެއް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ތާޢީދުކުރެއްވިއެވެ.

ހުށަހެޅުއްވި 8 ރިކަމެންޑޭޝަންސް:

1. ޕީ.އެސް.އައި.ޕީ ޕައިޕްލައިންގައިވާ ޕްރޮގްރާމްތައް ހަމައަށް އަގުކޮށް، އެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި މިންވަރަކަށް ރޭޝަނަލައިޒްކޮށް، އަދި މަޝްރޫޢުތަކަށް އިސްކަންދޭ ކްރައިޓީރިއާތަކަށް ރިޢާޔަތްކޮށްގެން އެ ޕްރޮގްރާމްތައް ތަރުތީބުކުރުމަށްފަހު، ތިރީގައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ދެންނެވުމަށް؛

1.1. 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިންމަނުއްވައިގެން ޢަމަލީ މަސައްކަތް ފެއްޓެވުމަށް ނިންމަވާ ޕީ.އެސް.އައި.ޕީ ޕްރޮގްރާމްތަކާއި، އެ ޕްރޮގްރާމްތައް ރަށްތަކަށް ބެހިފައިވާ ގޮތް އެނގޭނެ ލިސްޓެއް 2025 ވަނަ އަހަހަރުގެ ފެބުރުވަރީ މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދެންނެވުމަށް؛

1.2 ސަރުކާރުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ހިންގުމަށް މިހާތަނަށް ސޮއިކުރެވިފައި ހުރި ޕްރޮގްރާމްތަކުގެ ތެރެއިން ކުރިޔަށްދާނެ މަޝްރޫޢުތަކާއި ކުރިޔަށް ނުގެންދެވޭނެ މަޝްރޫޢުތައް، އަދި އެ މަޝްރޫޢުތައް ކަނޑައެޅިފައިވާ ރަށްތައް އެނގޭނޭ ގޮތަށް 2025 ވަނަ އަހަރު މާރިޗު މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދެންނެވުމަށް؛ އަދި

1.3. ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ޕްރޮގްރެސް ރިޕޯޓް 2025 ވަނަ އަހަރުގެ ކޮންމެ ކުއަރޓަރއެއްގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދެންނެވުމަށް.

2. ދައުލަތުގެ ބަޖެޓަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި 2025 ވަނަ އަހަރުން ފެށިގެން އެސް.އޯ.އީ ރިފޯމްގެ ތެރެއިން ކުންފުނިތައް ރީސްޓްރަކްޗަރކޮށް ގަވަރނަންސް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ގެއްލުމުގައި ހިންގާ ކުންފުނިތައް ފައިދާވާ އެހެން ކުންފުނިތަކާ އެއްކުރުން ނުވަތަ ބިޔަ ކުންފުންޏެއްގެ ސަބްސިޑިއަރީއެއްގެ ގޮތުގައި ހަމަޖެއްސުމާއި، ބައެއް ކުންފުނިތައް އުވާލައި، ކުންފުނިތަކުގެ އެފިޝިންސީ އިތުރުކުރުމަށް ސަރަކާރުން ނިންމަވާފައިވީ ހިނދު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ރިފޯމްކުރިޔަށް ގެންދާވާނޭގޮތުގެ ތާވަލެއް އެކުލަވާލައި، އޭގެ ދަށުން އެޅުއްވުމަށް ރާއްވަވާފައިވާ ފިޔަވަޅުތަކާއި، އަދި ތާވާލާ އެއްގޮތަށް އަޅުއްވާފައިވާ ފިޔަވަޅުތައް އެނގޭނެހެން، 2025 ވަނަ އަހަރުގެ ކޮންމެ ކުއަރޓަރއެއްގައި ރައްޔިތުންގެ މަޖިލީހަށް ރިޕޯޓެއް ހުށަހެޅުމަށް ދެންނެވުމަށް؛


3.  މެދުރާސްތާގައި އިޤްތިޞާދު ކުރިއަރާ މިންވަރެކޭ ދާދި އެއްހަމައެއްގައި ޓެކުހުގެ އާމްދަނީ ކުރިއަރާނެކަމަށް ބެލެވެއެވެ. ވުމާއެކު، އައު ފިޔަވަޅުތައް ނާޅައި ޓެކްސް އާމްދަނީ އިތުރުވާ މިންވަރު އިޤްތިޞާދީ ކުރިއެރުމާއި އެއް މިންވަރެއްގައި ހިފެހެއްޓޭނީ ޓެކްސް ކޮމްޕްލަޔަންސް މަތިކުރެވި ޓެކްސް އެކްސްޕެންޑިޗަރ ދަށްކުރެވިގެންކަމަށް ފެންނާތީ، ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށް ޤާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާމެދު މީރާއިން އަޅަމުންދާ ފިޔަވަޅުތައް މުރާޖަޢާކޮށް، މީގެ އިތުރުން ދިމާވާ އެހެނިހެން ދަތިތައް ޙައްލުކުރުމަށް ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އިޞްލާޙުކުރުމުގެ މަސައްކަތް އަވަސްކޮށް، އެ ޤާނޫނަށް ހުށަހަޅާ އިޞްލާޙާއި، ޓެކުހާގުޅޭ ސިޔާސަތުތައް މެދުރާސްތާގައި އިޞްލާޙުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ދެންނެވުމަށް؛


4. ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ދީފައިވާ ލުއިތަކާ މަޢާފުތަކުގެ ސަބަބުންނާއި ގަވާއިދުތަކަށް ގެނެސްފައިވާ އިޞްލާޙުތަކުގެ ސަބަބުން ދައުލަތަށް ދައްކަން ނުޖެހޭނެކަމަށް ކަނޑައަޅާފައިވާ ޢަދަދުތަކަށް ބަލާއިރު 2020 ން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 9,046 (ނުވަހާސް ސާޅީސް ހައެއް) މިލިއަން ރުފިޔާ ނުލިބޭނެކަމަށް ނިންމާފައިވާކަން ބަޖެޓު ފޮތުގައި ހިމަނާފައިވުމާއެކު، ދައުލަތުގެ އެކި ސްޓްރެޓީޖިކް އަމާޒުތައް ހާސިލުކުރުމަށްޓަކައި ދެމުންދާ އިންސެންޓިވްތަކުގެ ސަބަބުން އާމްދަނީއަށް ކުރާ އަސަރު ކުޑަކުރުމުގެ ގޮތުން، ނަން-ޑިސްކްރިމިނޭޓަރީ އަދި ދެފުށްފެންނަ ނިޒާމަކުން ލުއި ދިނުމާއި މަޢާފުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް ޤާއިމުކުރުމަށްފަހު، 2025 ވަނަ އަހަރުގެ 2 ވަނަ ކުއަރޓަރ ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް ދެންނެވުމަށް؛

5.  ޕެންޝަންގެ ޚަރަދު އިތުރުވަމުން އަންނަ މިންވަރަށް ބަލާއިރު އެ ނިޒާމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް، ޑަބަލް ޕެންޝަންދެވޭ ގޮތްތައް ދެނެގަނެ އެފަދަ ޕެންޝަންތައް އުވާލައި، އަދި ސަރުކާރުންދޭ އަސާސީ ޕެންޝަނަކީވެސް އޭގެ ޙައްޤުވެރިންނަށް އެކަނި ދެވޭ ޕެންޝަނެއްކަމުގައި ހެދުމަށްޓަކައި، އަސާސީ ޕެންޝަން ޓާރގެޓެޑް ޕެންޝަން ނިޒާމު ބަދަލުކޮށް އެންމެ ދަށް އާމްދަނީ ލިބޭ ފަރާތްތަކަށް އެކަނި ލިބޭ ޕެންޝަނެއްކަމުގައި އެ ޕެންޝަން ހަދާއިރު، ހަމަހަމަކަން ނުގެއްލޭނެ ގޮތެއްގައި މިކަން ކުރުމަށް ސަމާލުވުމަށް ދަންނަވައި، އަދި މި ބަދަލުތައް ގެނައުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން އަވަސްކުރުމަށް ދެންނެވުމަށް؛  


6.  ތެޔޮ، ކާޑު އަދި ނަރުދަމާގެ ޚިދުމަތަށް ދެމުންގެންދިޔަ ސަބްސިޑީ ދޭ ނިޒާމް ބަދަލުކޮށް އިންޑައިރެކްޓް ސަބްސިޑީތަކުގެ ބަދަލުގައި އެންމެ ބޭނުންޖެހޭ ފަރާތްތަކަށް ޓާގެޓެޑްކޮށް ފައިސާ ދޭ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުންނާނެކަމަށް ބެލެވޭއިރު، ޑައިރެކްޓް ކޭޝް ޓްރާންސްފަރ ލިބޭނެ ފަރާތްތައް ދެނެގަތުމާއި، އެ ފިޔަވަޅުތަކުގެ ސަބަބުން އަގުތަކަށް އަންނާނެ ބަދަލުތައް ކުޑަކުރުމަށްޓަކައި، އެ ޚިދުމަތްތައް ދޭ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކޮށް އެފިޝެންޓްކުރަން ޖެހޭނެކަމަށް ކޮމިޓީއަށް ފެންނާތީ، އެ ނިޒާމު ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި އެ ނިޒާމު ތަންފީޒުކުރާނޭގޮތުގެ ތާވަލެއް އެކުލަވާލައި އެ ސިޔާސަތުތައް ދެފުށްފެންނަ ހަރުދަނާ ގޮތެއްގައި ތަންފީޒުކުރުމަށް ދަންނަވައި، މިގޮތުން އެކުލަވާލާ ތާވަލް ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރެއްވުމަށްވެސް ދެންނެވުމަށް؛


7. ޚަރަދު ކުޑަކުރުމުގެގޮތުން ހުށަހަޅުއްވާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ސަބްސިޑީގެ ސިޔާސަތު ތަންފީޒުކޮށް ޓާގެޓްކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއްކުރެވޭ ސާވޭއެއްކަމަށްވާ ގޭބިސީގެ އާމްދަނީއާއި ޚަރަދުގެ ސާވޭ އެންމެފަހުން ކުރިއަށްގެންގޮސްފައިވަނީ 2019 ވަނަ އަހަރުގައިކަމުން، އެ މަޢުލޫމާތު އަދާހަމަކުރުމަށްޓަކައި އެ ސާވޭ އަލުން ހިންގުން އަވަސްކުރެއްވުމަކީ މުހިންމު ކަމެއްކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފާހަގަކުރައްވާފައިވާތީ، ސަރުކާރުން މިހާރު ކުރިއަށްގެންދަވާ ސަބްސިޑީ ޓާގެޓްކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެފަދަ ސިސްޓަމެއް ނުވަތަ "މީންސް ޓެސްޓިންގ" ސިސްޓަމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް އަވަހަށް ނިންމަވައި، ތަންފީޒުކުރެއްވުމުގެ މަސައްކަތް އަވަސްކުރެއްވުމަށް ދެންނެވުމަށް؛ އަދި


8. ދައުލަތުގެ ބަޖެޓާގުޅޭ "އެޕްރޮޕްރިއޭޝަން" ޤާނޫނަކީ ދައުލަތުގެ ޚަރަދުތައް އިތުރަށް ހަރުދަނާކުރުމަށާއި ދައުލަތުގެ ޚަރަދުތައް ދެމެހެއްޓެނެވި މިންވަރަކަށް ގެނައުމަށް މުހިންމު ޤާނޫނެއްކަމަށް ފެންނާތީ، އެފަދަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް ދެންނެވުމަށް.


ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން 2025 ވަނަ އަހަރުގެ ބަޖެޓަށް ހުށަހަޅާ ޖެނެރަލް ރިކޮމެންޑޭޝަންގެ ގޮތުގައި ހުށަހަޅާފައިވާ 8 ރިކޮމެންޑޭޝަން ފާސްކުރެއްވިއެވެ. 


އެއަށްފަހު، ޚާއްޞަ ބަޖެޓަށް ހުށަހަޅާ ހުށަހެޅުންތަކުގެ ދަށުން:

ދައުލަތަށް ކުރިމަތިވެފައިވާ މާލީ ދަތި ޙާލަތުން އަރައިގަތުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން، ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ލޯކަލް ކައުންސިލްތަކަށް ދޭ ބްލޮކް ގަރާންޓްގެ މިންވަރު ކަނޑައަޅާ އުސޫލު މުރާޖަޢާކޮށް އިޞްލާޙުކުރުމުގެ ވިސްނުމުގައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 79 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑުކަމުގައިވާ ދައުލަތުން އެ އަހަރަކަށް ފާސްކުރާ ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ 5 (ފަހެއް) އިންސައްތައިގެ ބަދަލުގައި 2.5 (ދޭ ޕޮއިންޓް ފަހެއް) އިންސައްތައަށް ލަފާކޮށް 31 އޮކްޓޫބަރު 2024 ގައި ބަޖެޓް ހުށަހަޅާފައިވީނަމަވެސް، އެ ބަދަލު މި ވަގުތަށް ނުގެނެސް ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ގޮތަށް ބްލޮކް ގްރާންޓް ހިމަނައި ދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު 13-B/57/2024/86 (02 ނޮވެންބަރު 2024) ސިޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވެއެވެ. 31 އޮކްޓޫބަރު 2024 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބަޖެޓުގައި ކައުންސިލްތަކުގެ އިޙްތިޞާޞްގެ ތެރޭގައިވާ ނުހިމެނޭ ބިމާއި، ފަޅާއި، ފަރުފަދަ ސަރަޙައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 (ސާޅީސް) އިންސައްތައަށްވާ 747,784,675/-(ހަތްލައްކަ ސާޅީސް ހަތްހާސް، ހަތްސަތޭކަ އަށްޑިހަ ހަތަރުހާސް ހަސަތޭކަ ހަތްދިހަ ފަސް) ރުފިޔާ ހިމަނާފައިވެއެވެ. ވުމާއެކު، 2025 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރަން ކަނޑައަޅާފައިވާ ޖުމްލަ ބްލޮކް ގަރާންޓްގެ މިންވަރުގެ ގޮތުގައި 1,447,316,071/- (އެއްބިލިއަން ހަތަރުސަތޭކަ ސާޅީސް ހަތް މިލިއަން ތިންލައްކަ ސޯޅަހާސް ހަތްދިހަ އެކެއް) ރުފިޔާ ހުށަހެޅި ނަމަވެސް، ޤާނޫނުގައިވާ މިންގަނޑު ހިފެހެއްޓުމުގެ ގޮތުން 2,146,847,485/- (ދެ ބިލިއަން ސަތޭކަ ސާޅީސް ހަމިލިއަން އަށްލައްކަ ސާޅީސް ހަތްހާސް ހަތަރު ސަތޭކަ އަށްޑިހަ ފަހެއް) ރުފިޔާއަށް ބްލޮކް ގްރާންޓްގެ މިންގަނޑު ބަދަލުކޮށް، އަދި މި ބަދަލު ގެނެއުމަށް އިތުރަށް ބޭނުންވާ 699,531,414/- (ހަމިލިއަން ނުވަދިހަ ނުވަހާސް ފަސްލައްކަ ތިރީސް އެއްހާސް ހަތަރު ސަތޭކަ ސާދަ) ރުފިޔާ، މިނިސްޓަރީ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާ ގޮތަށް ކޮންޓިންޖަންސީ ބަޖެޓުން ހަމަޖައްސުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވައި ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާޢީދުކުރެއްވި ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.



އެއަށްފަހު، ބަޖެޓަށް ހުށަހެޅުނު ބަދަލާއެކު، 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅުއްވާފައިވާގޮތަށް ފާސްކުރުމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ހުށަހަޅުއްވައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތާޢީދުކުރެއްވި ހުށަހެޅުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގެ ހާޒިރީ

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިގެންނެވި

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ވަޑައިގެންނެވި

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ވަޑައިގެންނެވި

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ވަޑައިގެންނެވި

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ވަޑައިގެންނެވި

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ވަޑައިގެންނެވި

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ވަޑައިގެންނެވި

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ސަލާމް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ވަޑައިގެންނެވި

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ނުފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ފެންނަކަމަށް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ނުފެންނަކަމަށް

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ފެންނަކަމަށް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ހާޒިރުވެނެތް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
22
ފެންނަކަމަށް
14
ވޯޓުދިން މެންބަރުން
18
ހާޒިރުވެތިބި މެންބަރުން
19
ނުފެންނަކަމަށް
4
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
10
ޖުމްލަ މެންބަރުން
22
ހާޒިރުވެތިބި މެންބަރުން
19
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ފެންނަކަމަށް
14
ނުފެންނަކަމަށް
4
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
18
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
10

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ނުފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ފެންނަކަމަށް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ނުފެންނަކަމަށް

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ފެންނަކަމަށް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ހާޒިރުވެނެތް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
22
ފެންނަކަމަށް
14
ވޯޓުދިން މެންބަރުން
18
ހާޒިރުވެތިބި މެންބަރުން
19
ނުފެންނަކަމަށް
4
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
10
ޖުމްލަ މެންބަރުން
22
ހާޒިރުވެތިބި މެންބަރުން
19
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ފެންނަކަމަށް
14
ނުފެންނަކަމަށް
4
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
18
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
10

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ނުފެންނަކަމަށް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ނުފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ފެންނަކަމަށް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ނުފެންނަކަމަށް

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ފެންނަކަމަށް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ހާޒިރުވެނެތް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
22
ފެންނަކަމަށް
14
ވޯޓުދިން މެންބަރުން
19
ހާޒިރުވެތިބި މެންބަރުން
20
ނުފެންނަކަމަށް
5
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
19
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
10
ޖުމްލަ މެންބަރުން
22
ހާޒިރުވެތިބި މެންބަރުން
20
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
19
ފެންނަކަމަށް
14
ނުފެންނަކަމަށް
5
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
19
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
10

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ނުފެންނަކަމަށް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ނުފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ފެންނަކަމަށް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ނުފެންނަކަމަށް

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ފެންނަކަމަށް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ހާޒިރުވެނެތް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
22
ފެންނަކަމަށް
14
ވޯޓުދިން މެންބަރުން
19
ހާޒިރުވެތިބި މެންބަރުން
20
ނުފެންނަކަމަށް
5
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
19
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
10
ޖުމްލަ މެންބަރުން
22
ހާޒިރުވެތިބި މެންބަރުން
20
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
19
ފެންނަކަމަށް
14
ނުފެންނަކަމަށް
5
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
19
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
10

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ފެންނަކަމަށް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ފެންނަކަމަށް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
22
ފެންނަކަމަށް
18
ވޯޓުދިން މެންބަރުން
18
ހާޒިރުވެތިބި މެންބަރުން
19
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
10
ޖުމްލަ މެންބަރުން
22
ހާޒިރުވެތިބި މެންބަރުން
19
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ފެންނަކަމަށް
18
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
18
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
10

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ފެންނަކަމަށް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ފެންނަކަމަށް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ފެންނަކަމަށް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ފެންނަކަމަށް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ފެންނަކަމަށް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
22
ފެންނަކަމަށް
18
ވޯޓުދިން މެންބަރުން
18
ހާޒިރުވެތިބި މެންބަރުން
19
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
10
ޖުމްލަ މެންބަރުން
22
ހާޒިރުވެތިބި މެންބަރުން
19
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ފެންނަކަމަށް
18
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
18
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
10

ވޯޓުގެ ތަފްސީލް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

ޑޮކްޓަރ އަޙްމަދު ޝަމްހީދު

ހުޅުމާލެ ދެކުނު ދާއިރާ

ނުފެންނަކަމަށް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ފެންނަކަމަށް

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝުޖާޢު

ބާރަށު ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޢަބްދުﷲ ޝަރީފް

ކެލާ ދާއިރާ

ފެންނަކަމަށް

ޢަބްދުލްޣަފޫރު މޫސާ

ހަނިމާދޫ ދާއިރާ

ނުފެންނަކަމަށް

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ނުފެންނަކަމަށް

މުޙައްމަދު މަމްދޫޙް

ފުނަދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު ސަލީމް

އޭދަފުށި ދާއިރާ

ފެންނަކަމަށް

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ހާޒިރުވެނެތް

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ފެންނަކަމަށް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ހާޒިރުވެނެތް

އަޙްމަދު އަޒާން މަރުޒޫޤު

ހިތަދޫ މެދު ދާއިރާ

ފެންނަކަމަށް

ޤާސިމް އިބްރާހީމް

މާމިގިލި ދާއިރާ

ހާޒިރުވެނެތް

އަޙްމަދު ނާޡިމް

ދިއްގަރު ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ފެންނަކަމަށް

ޙަމަދު ޢަބްދުﷲ

ފުވައްމުލަކު އުތުރު ދާއިރާ

ފެންނަކަމަށް

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
22
ފެންނަކަމަށް
15
ވޯޓުދިން މެންބަރުން
18
ހާޒިރުވެތިބި މެންބަރުން
19
ނުފެންނަކަމަށް
3
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
10
ޖުމްލަ މެންބަރުން
22
ހާޒިރުވެތިބި މެންބަރުން
19
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
18
ފެންނަކަމަށް
15
ނުފެންނަކަމަށް
3
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
18
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
10

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 އޮކްޓޯބަރު 2024

2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާރުން.

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    21
  • ވަޑައިނުގަންނަވާ
    00
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    01
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA