ލާމަރުކަޒީ ކޮމިޓީ

ލާމަރުކަޒީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 19 ވަނަ ބައްދަލުވުން.

3 ޑިސެމްބަރު 2024 10:00 ނަންބަރު 19

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވަރާކުރައްވާފައިވަނީ ކޮމިޓީއަށް ފޮނުއްވާފައިވާ 2 (ދޭއް) ކޮޕީ ސިޓީއާ ގުޅޭގޮތުންނެވެ. އެގޮތުން، އެ ދެ ސިޓީން ހުށަހަޅުއްވާފައިވާ މައްސަލަތަކަކީ އެހެނިހެން އިދާރާތަކުން ބައްލަވަމުން ގެންގަދާ މައްސަލަތަކެއްކަމުން، އެ މައްސަލަތައް ކޮމިޓީގެ މެންބަރުންނާ ހިއްސާކުރެއްވުމަށްފަހު މައްސަލަތައް ފައިލްކުރުމަށް ނިންމެވިއެވެ. 

 

ދެވަނަ ކަމެއްގެގޮތުން ކޮމިޓީން ކުރިއަށް ގެންދެވީ، ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާއިން އެ ރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށް ކަނޑައަޅާފައިވާ ޢިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ހުއްދަ ނުލިބި ލަސްވާ ސަބަބު ބައްލަވައިދެއްވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، އެ ސިޓީގައި ބަޔާންކުރައްވާފައިވާ ކަންތައްތަކަށް ރިޢާޔަތްކުރައްވައި ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ހުށަހަޅުއްވާފައިވަނީ، އެ ހުއްދަ ދެއްވުން ލަސްވާ ސަބަބާއި، އެކަން މިހާރު ގޮސްފައިވާ ހިސާބު، އަދި އެ ހުއްދަ ދެއްވުމަށް ނަންގަވާނެ މުއްދަތު ސާފުކޮށްދެއްވުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވުމަށެވެ. އަދި މި ހުށަހެޅުއްވުމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ ތާއީދުކުރައްވާފައިވެއެވެ. 

މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.


އެއަށްފަހު، ގދ.ތިނަދޫ ސިޓީއަކަށް ބަދަލުކޮށްފައިވަނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާ ޚިލާފަށްކަމަށް ބަޔާންކުރައްވައި އަމިއްލަ ފަރާތަކުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ރައްޔިތުން މަޖިލީހުގެ ކައުންސެލް ޖެނަރަލް ލިޔުމުން ދެއްވާފައިވާ ޤާނޫނީ ލަފާ ކޮމިޓީގެ މެންބަރުންނާ ހިއްސާކުރެވުނެވެ.

އަދި، ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކުރައްވައި އެކަންތައްތައް ބައްލަވައިދެއްވުމަށް އެދިވަޑައިގެން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީގެ މެންބަރުންނާ ހިއްސާކޮށް، ކޮމިޓީގެ ކުރިއަށް ހުރި ބައްދަލުވުންތަކުގައި އެ މައްސަލަތައް ދިރާސާކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ނިންމާފައިވެއެވެ. 





ބައްދަލުވުމުގައި ނެގުނު ވޯޓުތައް

ވޯޓުގެ ތަފްސީލް

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ކޮމިޓީގެ ރިޔާސަތު

އަޙްމަދު އައިފާން

ހެންވޭރު އުތުރު ދާއިރާ

ފެންނަކަމަށް

އިބްރާހީމް ޝިފާޒް

އުނގޫފާރު ދާއިރާ

ފެންނަކަމަށް

ޔާސީން ޢަބްދުﷲ

ނައިފަރު ދާއިރާ

ފެންނަކަމަށް

ޢަބްދުއްރަޙްމާން

އައްޑޫމީދޫ ދާއިރާ

ފެންނަކަމަށް

މުޙައްމަދު ނިއުޝާދު

ކެޔޮދޫ ދާއިރާ

ފެންނަކަމަށް

އަޙްމަދު އަސްލަމް

ބިލެތްދޫ ދާއިރާ

ފެންނަކަމަށް

ފާޠިމަތު ސަޢުދާ

ނިލަންދޫ ދާއިރާ

ތާއީދުކުރި މެންބަރު
ފެންނަކަމަށް

ޙަސަން ވަޙީދު

ވިލުފުށި ދާއިރާ

ހުށަހެޅި މެންބަރު
ފެންނަކަމަށް

އަސަދުﷲ ޝިހާބް

ގެމަނަފުށި ދާއިރާ

ހާޒިރުވެނެތް

އިބްރާހީމްދީދީ

ކޮލަމާފުށި ދާއިރާ

ފެންނަކަމަށް
ޖުމްލަ މެންބަރުން
11
ފެންނަކަމަށް
9
ވޯޓުދިން މެންބަރުން
9
ހާޒިރުވެތިބި މެންބަރުން
10
ނުފެންނަކަމަށް
0
ވޯޓުނުދޭ މެންބަރު
0
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
9
ވަކިގޮތަކަށް ވޯޓުނުދޭ
0
ފާސްވުމަށް ބޭނުންވާ
5
ޖުމްލަ މެންބަރުން
11
ހާޒިރުވެތިބި މެންބަރުން
10
ވޯޓުގައި ބައިވެރިވެވޭ މެންބަރުން
9
ފެންނަކަމަށް
9
ނުފެންނަކަމަށް
0
ވަކިގޮތަކަށް ވޯޓުނުދޭ
0
ވޯޓުދިން މެންބަރުން
9
ވޯޓުނުދޭ މެންބަރު
0
ފާސްވުމަށް ބޭނުންވާ
5

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 ނޮވެމްބަރު 2024

ތ. ބުރުނީ ޕޮލިސް ސްޓޭޝަނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

27 އޮކްޓޯބަރު 2024

ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ

ކުރިޔަށް ދަނީ

6 އޮކްޓޯބަރު 2024

ހއ. މާރަންދޫ ސްކޫލްއާ ގުޅޭގޮތުން އެ ރަށު ކައުންސިލުން ހުށަހަޅާފައިވާ މައްސަލަ (ކޮޕީ ސިޓީ)

ކޮމެޓީ މަސައްކަތް ނިމިފައި

19 ސެޕްޓެމްބަރު 2024

އައްޑޫ ސިޓީ، ހިތަދޫގެ ގޯއްޗަކާ ގުޅޭ މައްސަލަ (ކޮޕީ ސިޓީ)

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA