އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

9 ޑިސެމްބަރު 2024 11:00 ނަންބަރު M20/M/IQ/2024/24

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 2022 ވަނަ އަހަރު އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުތަކާއި ޚާއްޞަގޮތެއްގައި އަހަރީ ރިޕޯޓުގައި ހިމެނޭ މަޢުލޫމާތުތަކުގެ ތެރެއިން އެކި ފަރާތްތަކުން އަނބުރާ ދައުލަތަށް ލިބެންޖެހޭކަމަށް ހިސާބުތަކުން ދައްކާ ފައިސާގެ ޖުމްލަ ޢަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާތީ، އެ ފައިސާ ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކުރަމުންދާ މަސައްކަތްތަކާއި، އެ ފައިސާ ނުލިބިވާ ސަބަބުތަކާއި އެ ފައިސާ ހޯދުމަށް މީރާއަށް ކުރިމަތިވާ ދަތިތައް ދެނެގަތުމަށް މީރާގެ ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާހަގަކުރެއްވިގޮތުގައި އެ މަޤާމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމައަށް އިސްކަންދެއްވި ކަމަކީ ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތެވެ. އެގޮތުން، އެންމެ ބޮޑު ޢަދަދެއް ދައްކަންޖެހޭ 80 ފަރާތަކާ ބައްދަލުކުރުމަށްފަހު، އެ ފަރާތްތަކަށް އެ ފައިސާ ދެއްކޭނީ ކޮން ގޮތަކަށްތޯ މަޝްވަރާކުރުމަށްފަހު، 57 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުޞަތު ދެވިފައިވާކަމަށް ފާހަގަކުރެއްވިއެވެ. ދައުލަތަށް ނުލިބިހުރި ފައިސާގެ ޖުމްލަ ޢަދަދަކީ 17 ބިލިއަން ރުފިޔާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ނުލިބި ހުރި ފައިސާގެ 8.2 ބިލިއަން ރުފިޔާއާއި ނޮން-ޓެކްސްގެ 8.7 ބިލިއަން ރުފިޔާއެވެ. ފާއިތުވި 5 މަސް ދުވަސްތެރޭގައި 2 ބިލިއަން ރުފިޔާ ރިކަވަރ ކުރެވިފައިވާކަމަށާއި، ޑިއުސްތައް އިތުރުވެގެން ގޮސްފައިވަނީ ކޮވިޑްގައި ދެވިފައިވާ ލުއިތަކާއެކުކަމަށާއި، ދައުލަތައް ނުލިބިވާ ފައިސާގެ ޢަދަދު އިތުރުވަމުންދާތީ، ފައިސާ ދެއްކޭނެ ގޮތްތައް ބަލައި އެންފޯސްމެންޓް ފޮލިސީތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަމަށާއި، ކޮންޕްލައިންސް ލެވެލް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، މިހާރު ޤާނޫނު އޮތްގޮތުން މީރާގެ މަސައްކަތްތަކައް ދަތިތަކެއް ހުރިކަމަށްވާތީ ޓެކްސްނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެންނަންޖެހޭކަމަށް ފާހަގަކުރެއްވިއެވެ.

 

އެއަށްފަހު، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ނިންމާނެ ސުންގަޑިއާއި ނަންފުޅު ފޮނުއްވާފައިވާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާ ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާނެ މުއްދަތު ކަނޑައެޅުމާއި އެ ފަރާތްތަކާ އިންޓަރވިއު ކުރިއަށް ގެންދާނެ ދުވަހެއް ކަނޑައެޅުމަށް ހުޅުވާލި ފުރުޞަތުގައި 12 ޑިސެންބަރު 2024 ގެ ނިޔަލަށް މުއްދަތު ކަނޑައެޅުމަށް ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލް ހުށަހަޅައި ތިނަދޫ އުތުރު ދާއިރާ މެންބަރު ސަޢުދުﷲ ޙިލްމީ ތާއީދުކުރައްވައި ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރެއް އިޢުތިރާޒުނުކުރާތީ އެ ހުށަހެޅުން ފާސްވީކަމުގައި ނިންމިއެވެ.




ބައްދަލުވުމުގެ ހާޒިރީ

އަޙްމަދު ޟަމީރު

މައްޗަންގޮޅި މެދު ދާއިރާ

ވަޑައިގެންނެވި

ޢަލީ މޫސާ

ހޯރަފުށި ދާއިރާ

ވަޑައިގެންނެވި

އަމީން ފައިޞަލް

ކަނޑިތީމު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢަފޫ ޙާމިދު

ކެނދިކުޅުދޫ ދާއިރާ

ވަޑައިނުގަންނަވާ

މަޢުރޫފް ޛާކިރު

ކެންދޫ ދާއިރާ

ސަލާމް

އިބްރާހީމް ނާޒިލް

ހިތަދޫ ދެކުނު ދާއިރާ

ވަޑައިގެންނެވި

އިސްމާޢީލް ނިޒާރު

ފޭދޫ އުތުރު ދާއިރާ

ސަލާމް

ޢަލީ ފަޒާދު

ފުވައްމުލަކު މެދު ދާއިރާ

ވަޑައިގެންނެވި

ސަޢުދުﷲ ޙިލްމީ

ތިނަދޫ އުތުރު ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޝާމިން ޙަބީބު

ކުރެންދޫ ދާއިރާ

ވަޑައިގެންނެވި

މުޙައްމަދު ޢައްބާސް

ވެލިދޫ ދާއިރާ

ވަޑައިގެންނެވި

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

9 ޑިސެމްބަރު 2024

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

4 ޖޫން 2024

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ 2022 އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

ހާޒިރީގެ ހުލާސާ

  • ވަޑައިގެންނެވި
    08
  • ވަޑައިނުގަންނަވާ
    01
  • އެހެން ކޮމިޓީއެއްގައި
    00
  • ސަލާމް
    02
  • ޗުއްޓީ
    00
  • ރަސްމީ
    00
  • ބައިވެރިވެވަޑައިގަންނަވަންނުޖެހޭ
    00

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA