ގަވާއިދު ކޮމިޓީ
10 ޑިސެމްބަރު 2024 11:05 ނަންބަރު 9
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ޢާއިލާއާބެހޭ ގަވާއިދުގައި ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކުއްޖާގެ ޚަރަދަށާއި ކުއްޖާގެ ބެލުމުގެ ޚަރަދުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ޢަދަދުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުވާފައިވާ މައްސަލައާ ގުޅިގެން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، މި މައްސަލައަށް ޙައްލެއް ގެނެވޭނެ ގޮތަކަށް ގަވާއިދަށް ބަދަލުތަކެއް ގެނައުމުގައި މަޝްވަރާކުރެއްވުމަށް، ކަމާގުޅޭ ބޭފުޅުނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް ހުށަހަޅުއްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ތާއީދުކުރެއްވިއެވެ. އެގޮތުން ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވި ފަރާތްތަކަކީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ފެމިލީ ކޯޓު އަދި ކަމާގުޅޭ އެން.ޖީ.އޯތަކެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
(މި ހުށަހެޅުމަށް މެންބަރުން ވޯޓުދެއްވި ގޮތުގެ ތަފްޞީލު "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ).
އެއަށްފަހު، ކޮމިޓީގެ އެޖެންޑާގައި އޮތް މައްސަލަތަކުގެ ތެރެއިން، ބޭރު ފައިސާއާބެހޭ ގަވާއިދާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ކަނިފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މަޖިލީހުގެ އިދާރާއަށް ކޮޕީކޮށް ފޮނުއްވާފައިވާ ސިޓީއާއި ހަމަ އެ ގަވާއިދާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކޮމިޓީން ނިންމަވާފައިވަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޭރު ފައިސާއާބެހޭ ބިލު ކޮމިޓީ މަރުހަލާގައި ދިރާސާކުރެވެމުންދާއިރު، މި ދެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް ޙައްލު ލިބިގެންދާނެކަމަށެވެ. އެހެންކަމުން، މި ދެ މައްސަލަވެސް ކްލޯސް ކޮށްލުމަށް ކޮމިޓީއަށް ވަޑައިގެންނެވި އެއްވެސް މެންބަރަކު އިޢުތިރާޟް ނުކުރައްވާތީ، އެގޮތަށް ކޮމިޓީން ނިންމިއެވެ.
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ވަޑައިގެންނެވި
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ވަޑައިގެންނެވި
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ވަޑައިގެންނެވި
ޔޫސުފް ނަޝީދު
ގަމު ދާއިރާ
ވަޑައިނުގަންނަވާ
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
މުޙައްމަދު އިބްރާހީމް
ގަލޮޅު އުތުރު ދާއިރާ
އަޙްމަދު ނަޞީރު
އިހަވަންދޫ ދާއިރާ
މުޙައްމަދު ދާއޫދު
ކުޅުދުއްފުށި އުތުރު ދާއިރާ
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
މުޙައްމަދު ޢައްބާސް
ވެލިދޫ ދާއިރާ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އިސްމާޢީލް ޝަފީޢު
އިސްދޫ ދާއިރާ
ޔޫސުފް ނަޝީދު
ގަމު ދާއިރާ
5 ޑިސެމްބަރު 2024
ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ފޮނުއްވާފައިވާ ސިޓީ
ކުރިޔަށް ދަނީ
26 ނޮވެމްބަރު 2024
ބޭރު ފައިސާއާ ބެހޭ ގަވާއިދާ ގުޅޭގޮތުން 13 ނޮވެންބަރު 2024 ގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީ
ކޮމެޓީ މަސައްކަތް ނިމިފައި
19 ނޮވެމްބަރު 2024
ބޭރު ފައިސާއާ ބެހޭ ގަވާއިދާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ކަނިފުށި އިންވެސްޓަމްންޓް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ކޮޕީ ސިޓީ
ކޮމެޓީ މަސައްކަތް ނިމިފައި
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA