ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 7
11 ޑިސެމްބަރު 2024 11:00 ނަންބަރު 3
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީއަށް ލިބިފައިވާ މަޢުލޫމާތުތަކާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންއިން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ކުރިއަށްގެންދަން ނިންމާފައިވާ ސުންގަޑިއާއި އަދި އެ މަސައްކަތްތައް ނިންމަން ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމަން އެ ކުންފުނިތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ މަޢުލޫމާތުތައް ދިރާސާކުރައްވައި، އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތުތައް ހުރިކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސިޓީ ފޮނުއްވުމަށް ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ ހުށަހަޅުއްވައި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ތާޢީދުކުރެއްވިއެވެ. މި ހުށަހެޅުންވަނީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ.
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ސަލާމް
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
ވަޑައިގެންނެވި
އަޝްރަފް ރަޝީދު
ފަރެސްމާތޮޑާ ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
މުޙައްމަދު ޢަލީ
ގައްދޫ ދާއިރާ
އަޙްމަދު ޝާކިރު
މާވަށު ދާއިރާ
21 އޮކްޓޯބަރު 2024
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު އެ ދެ ކުންފުނިން ސާފުކުރުމަށް.
ކުރިޔަށް ދަނީ
© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA