ލާމަރުކަޒީ ކޮމިޓީ
12 ޑިސެމްބަރު 2024 11:00 ނަންބަރު 20
މިއަދުގެ ބައްދަލުވުމުގައި އެންމެ ފުރަތަމަ މަޝްވަރާކުރައްވާފައިވަނީ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލުން ފާސްކުރެއްވުމަށް ހުށަހަޅުއްވާފައިވާ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ސަރަޙައްދު އެއަރޕޯޓަށް ދޫކުރާގޮތަށް ނިންމަވާފައިވަނިކޮށް، ށ.ފުނަދޫ އެއަރޕޯޓް ތަރައްޤީކޮށްފައިވާ ބިން ސަރުކާރުގެ ބޭނުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި ރަޖިސްޓަރީކުރައްވައި، ރަޖިސްޓަރީގެ އަސްލު މިނިސްޓްރީއަށް ފޮނުއްވައިދެއްވުމަށް މިނިސްޓްރީ އޮފް ފިނޭންސުން ފުނަދޫ ކައުންސިލަށް އަންގަވާފައިވާތީ އެ ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. އެގޮތުން ލޭންޑް ޔޫޒް ޕްލޭން ފާސްކުރައްވާފައިވާތީ މިހާރު އެ މައްސަލަ ކުރިއަށް ގެންދަވަން ބޭނުންފުޅުނުވާކަމަށް އެ ކައުންސިލުން ސިޓީ ފޮނުއްވާފައިވާތީ، މައްސަލަ ނިންމަވައި ފައިލްކުރުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.
ދެވަނަ ކަމެއްގެގޮތުން ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ، ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން މި އިދާރާއަށް ކޮޕީކުރައްވައި ފޮނުއްވާފައިވާ ސިޓީއަކާ ގުޅޭގޮތުންނެވެ. އެގޮތުން އެއީ ކޮޕީ ސިޓީއެއްކަމުގައިވާތީ، އިދާރީ މޭޒުން ސިޓީ ކޮމިޓީގެ މެންބަރުންނާ ހިއްސާކުރުމަށްފަހު ފައިލްކުރުމަށް ނިންމަވާފައިވެއެވެ.
ތިންވަނަ ކަމަކަށް ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ، އަމިއްލަ ފަރާތަކުން ފޮނުއްވާފައިވާ ސިޓީއަކާ ގުޅޭގޮތުންނެވެ. އެގޮތުން މައްސަލައިގައި ކަން ހިނގާފައިވާގޮތް ސާފުކުރެއްވުމައް ފުވައްމުލައް ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގެ ޖަވާބުގައި ކަން ހިނގާފައިވާގޮތުގެ ރިޕޯޓެއް އެ ކައުންސިލުން ކޮމިޓީއާ ހިއްސާކުރައްވާފައިވެއެވެ. އެ ރިޕޯޓުގެ މައްޗަށް ރިޢާޔަތްކުރައްވައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވަނީ މައްސަލަ ހުށަހަޅުއްވާފައިވާ ފަރާތާއި ފުވައްމުލައް ސިޓީ ކައުންސިލާ އިތުރަށް މަޝްވަރާކުރައްވައި މައްސަލައަށް ޙައްލެއް ހޯއްދެވުމަށް މަސައްކަތްކުރެއްވުމަށާއި، އެގޮތަށް މައްސަލައަށް ޙައްލު ނުހޯދިއްޖެ ޙާލަތެއްގައި ޝަރީޢަތަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް މައްސަލަ ހުށަހެޅުއްވި ފަރާތަށް ދަންނަވައި، މައްސަލަ ނިންމަވާލެއްވުމަށެވެ. މި ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރައްވާފައިވެއެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
އެންމެ ފަހު ކަމަކަށް ކޮމިޓީން މަޝްވަރާކުރައްވާފައިވަނީ، ހދ. ހިރިމަރަދޫ އެއްފަސްކުރުމާ ގުޅޭގޮތުން އެ ރަށު ކައުންސިލުން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުންނެވެ. މި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވަނީ ހދ. ހިރިމަރަދޫ އެއްފަސްކުރުމުގެ މަސައްކަތުގެ އަދާހަމަ މަޢުލޫމާތު ހޯދުމަށްޓަކައި މިނިސްޓްރީ އޮފް ހައުންސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓަށް ސިޓީއެއް ފޮނުވުމަށެވެ. މި ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން ވަޙީދު ތާއީދުކުރައްވާފައިވެއެވެ.
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން އެވަގުތު ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ހުށަހެޅުއްވުން ފާސްވިއެވެ.
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ވަޑައިގެންނެވި
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
ވަޑައިނުގަންނަވާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ވަޑައިގެންނެވި
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ސަލާމް
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އެހެން ކޮމިޓީއެއްގައި
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
އަޙްމަދު ޟަމީރު
މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު އައިފާން
ހެންވޭރު އުތުރު ދާއިރާ
އިބްރާހީމް ޝިފާޒް
އުނގޫފާރު ދާއިރާ
ޔާސީން ޢަބްދުﷲ
ނައިފަރު ދާއިރާ
ޢަބްދުއްރަޙްމާން
އައްޑޫމީދޫ ދާއިރާ
މުޙައްމަދު ނިއުޝާދު
ކެޔޮދޫ ދާއިރާ
އަޙްމަދު އަސްލަމް
ބިލެތްދޫ ދާއިރާ
ފާޠިމަތު ސަޢުދާ
ނިލަންދޫ ދާއިރާ
ޙަސަން ވަޙީދު
ވިލުފުށި ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
11 ޑިސެމްބަރު 2024
ހދ. ހިރިމަރަދޫ ރައްޔިތުން އެއްފަސްކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާތީ އެ މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށްއެދި ފޮނުއްވާފައި މައްސަލަ.
ކުރިޔަށް ދަނީ
10 ޑިސެމްބަރު 2024
އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަަށް ބަދަލުކުުރުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދިނުމަށް އެދި ފޮނުއްވާފައިވާ މައްސަލަ.
ކުރިޔަށް ދަނީ
8 ޑިސެމްބަރު 2024
ފެރިދޫ ކައުންސިލްގެ ރައީސާ ދެކޮޅަށް އެ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް ކުރައްވާފައިވާ ހަޤީޤަތާ ޚިލާފު ޝަކުވާތައް ބައްލަވައިދެއްވުމަށް އެދި އެ ކައުންސިލްގެ ރައީސް ފޮނުއްވާފައިވާ މައްސަލަ (ކޮޕީ ސިޓީ)
ކޮމެޓީ މަސައްކަތް ނިމިފައި
8 ޑިސެމްބަރު 2024
އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ. ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމެވުން ވީ އެންމެ އަވަހަށް ތަންފީޛުކޮށްދިނުމަށް އެދި ފޮނުއްވާފައިވާ މައްސަލަ (ކޮޕީ ސިޓީ)
ކުރިޔަށް ދަނީ
27 އޮކްޓޯބަރު 2024
ގޯއްޗެއްގެ މައްސަލައިގައި ފުވައްމުލަކު ސިޓީ ކައުންސިލުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
10 ޖޫން 2024
19 ވަނަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA