މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
20 ޖެނުއަރީ 2025 11:30 ނަންބަރު 3
މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންގޮސްފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ދެ ފަރާތާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިންޓަރވިއުކުރެއްވުމެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 223 ވަނަ މާއްދާގެ (ނ) ގައިވާގޮތުގެ މަތިން ޢާންމު ކޮމިޓީން ކަނޑައަޅުއްވާފައިވާ އިންޓަރވިއުކުރާ ފަރާތްތަކަށް މާކްސްދިނުމުގައި ވަޒަންކުރާނެ މިންގަނޑުގެ ގޮތުގައި ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތްކުރައްވައި ކޮމިޓީގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް މާރކްސް ދެއްވެވިއެވެ.
ހުރިހާ ކެންޑިޑޭޓުންގެ އިންޓަރވިއު ނިމުމުން، އެންޓިކޮރަޕްޝަން ކޮމިޝަނަށް ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ލިސްޓުގައިވާ ފަރާތްތައް ޢައްޔަންކުރުމާ މެދު ކޮމިޓީއަށް ފެނިވަޑައިގަންނަވާ ގޮތް ހިމަނުއްވާފައިވާ ކޮމިޓީ ރިޕޯޓު ފާސްކުރެއްވިއެވެ.
މިކަމުގައި މެންބަރުން ވޯޓު ދެއްވިގޮތުގެ ތަފްޞީލު ތިރީގައި އެވަނީއެވެ.
ވޯޓު: އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވާފައިވާ ދެ ފަރާތް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވުމާ މެދު ކޮމިޓީއަށް ފެންނަ ގޮތުގެ ރިޕޯޓު.
ކޮމިޓީގެ ޖުމްލަ މެންބަރުންގެ ޢަދަދު: 11
ހާޒިރުވެ ތިއްބެވި މެންބަރުންގެ ޢަދަދު: 8
ފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: 7
(ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާން، ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނައުފަލް އަދި ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމް ދީދީ)
ނުފެންނަކަމަށް ވޯޓު ދެއްވި މެންބަރުންގެ ޢަދަދު: ނެތް
ވަކި ގޮތަކަށް ވޯޓުދޭން ބޭނުންނުވާކަމަށް ވޯޓުދެއްވި މެންބަރުންގެ ޢަދަދު: ނެތް
ވޯޓުގައި ބައިވެރިވި މެންބަރުންގެ ޢަދަދު: 7
ފާސްވުމަށް ބޭނުންވާ ޢަދަދު: 4
ވޯޓުގެ ނަތީޖާ: ހުށަހެޅުން ފާސްވެފައި.
އެހެންކަމުން، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 2 މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ފާސްކުރުމަށް ފެންނަކަމަށް ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
ޢަލީ އިބްރާހީމް
ހެންވޭރު ހުޅަނގު ދާއިރާ
މީކާއީލު އަޙްމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާ
މުޙައްމަދު ނާޡިމް
މާފަންނު އުތުރު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
ޙުސައިން ރިޟާ އާދަމް
މާފުށި ދާއިރާ
މުޙައްމަދު ސިނާން
ހިތަދޫ އުތުރު ދާއިރާ
އާދަމް ޒާހިރު
ފެލިދޫ ދާއިރާ
އިބްރާހީމް ނައުފަލް
މުލަކު ދާއިރާ
އިބްރާހީމް ޙުސައިން
ފުވައްމުލަކު ދެކުނު ދާއިރާ
އިބްރާހީމްދީދީ
ކޮލަމާފުށި ދާއިރާ
20 ޖެނުއަރީ 2025
އެންޓި-ކޮރަޕްޝަން ކޮމިޝަނަށް 2 މެންބަރުން އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖީލަހށް ފޮނުއްވާފައިވާ މައްސަލަ
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA