މާލިއްޔަތު ކޮމިޓީ
11 ފެބްރުއަރީ 2025 12:30 ނަންބަރު 3
މިއަދުގެ ބައްދަލުވުމުގައި، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާތަކުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ %10 އިންސައްތަ އުނިކުރުމާމެދު މަޖިލީހުގެ ނިންމެވުން ފޮނުއްވައިދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އެއްވެސް މެންބަރަކު އިޢުތިރާޒް ކުރައްވާފައިނުވާތީ، މި މައްސަލަ ކޮމިޓީން ދިރާސާކޮށް ނިންމާނެ ސުންގަޑިއަކީ 20 ފެބުރުވަރީ 2025 ވާ ބުރާސްފަތި ކަމުގައި ކަނޑައެޅުއްވިއެވެ.
އެއަށްފަހު، "އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" އަށް 4 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނާއި، 19.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ، އޯޝަން ރެޒިލިއަންސް އެންޑް ކޯސްޓަލް އެޑަޕްޓޭޝަން ފަންޑުން 1 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ އަދި ޖަޕާން ފަންޑް ފޮރ ދަ ޕްރޮސްޕަރަސް އެންޑް ރެޒިލިއެންޓް އޭޝިއާ އެންޑް ޕެސިފިކް (ޖީ.އެފް.ޕީ.އާރު) އިން 3 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދިނުމަށްޓަކައި، 09 ޑިސެންބަރު 2024 ގައި ދިވެހި ސަރުކާރާއި އޭ.ޑީ.ބީ އާ ދެމެދު ސޮއިކޮށްފައިވާ ހަތަރު އެއްބަސްވުމާ ގުޅޭ މަޢުލޫމާތާއި، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ)، ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ)، އޯޕެކް ފަންޑް ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޯޕެކް ފަންޑް) އަދި ކުވައިތް ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) އިން ފަންޑް ކޮށްގެން ދިވެހިރާއްޖޭގައި ހިންގަމުންގެންދާ "އެކްސްޕޭންޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް" އަށް ބޭނުންވާ އެޑިޝަނަލް ފައިނޭންސިންގ ހޯދުމަށް އޭ.ޑީ.އެފް.ޑީ އާއި ދިވެހި ސަރުކާރާއި ދެމެދު 24 ޑިސެންބަރު 2024 ގައި 146,920,000 (ސަތޭކަ ސާޅީސް ހަ މިލިއަން ނުވަސަތޭކަ ވިހި ހާސް) އެމިރެޓްސް ދީނާރު (ގާތްގަނޑަކަށް 40 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯން އެގްރީމަންޓުގައި ސޮއިކޮށްފައިވާކަމުގެ މަޢުލޫމާތު ކޮމިޓީއާ ހިއްސާކުރެއްވިއެވެ.
ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 14 ވަނަ ބާބުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ފޮނުއްވާފައިވާ 2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއަރޓަރ ނިމުނުއިރު ދައުލަތަށް ނަގާފައިވާ ލޯނާއި، ދައުލަތުން ސޮވްރިންގ ގެރެންޓީ ދޫކޮށްފައިވާ ލޯނު އަދި ދައުލަތުން ދޫކޮށްފައިވާ ލޯނުގެ ތަފްޞީލާ ގުޅޭގޮތުން ކުރި މަޝްވަރާގެ ތެރެއިން، މި ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެ މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަޙްމަދު ޝަމްހީދު ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.
އެއަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ފޮނުއްވާފައިވާ 2025 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގެ ކޭޝްފްލޯ ޕްލޭން މާޝްވަރާކުރައްވައި، ކުރިން ނިންމެވި އެ މިނިސްޓްރީ އާއެކު ބާއްވާ ބައްދަލުވުމުގައި ކޭޝްފްލޯ ޕްލޭންއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ.އަޙްމަދު ޝަމްހީދު ހުށަހަޅުއްވައި، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ތާޢީދުކުރެއްވައި، ކޮމިޓީގެ އިއްތިފާޤުން ފާސްވިއެވެ.
އޭގެ އިތުރުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި، ނޭޝަނަލް ޕޭ ކޮމިޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރިޕޯޓްތައް ފައިލްކުރުމަށް ނިންމެވިއެވެ.
އެއަށްފަހު، ދިވެހިރާއްޖޭގެ ރަށްތައް ޕްރޮމޯޓް ކުރުމަށް ޕްރައިވެޓް ސެކްޓަރގެ އޭޖެންސީއަކުން ތައިލޭންޑްގައި ބޭއްވުމަށް އިންތިޒާމްކުރާ ރޯޑްޝޯއެއްގައި ލޯކަލް ކައުންސިލްތަކުން ބައިވެރިވުމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުއްވައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކޮޕީ ކޮށްފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، މައްސަލައާގުޅޭ އިތުރު މަޢުލޫމާތު ލޯކަލް ގަވަރމަންޓް އޮތޯރިޓީން ސާފުކުރެއްވުމަށް ނިންމެވިއެވެ.
އަދި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގުމަށް އައު އޮފީސް ޖާގައެއް ހޯދުމާ ގުޅޭގޮތުން ނޭޝަނަލް ޓެންޑަރ ބޯޑުގެ ނިންމުމާ ގުޅޭގޮތުން އެ އޮތޯރިޓީން މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުއްވައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކޮޕީ ކޮށްފައިވާ ސިޓީ ކޮމިޓީގެ މެންބަރުންގެ މަޢުލޫމާތަށްޓަކައި ހިއްސާކުރެއްވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ރަސްމީ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ރަސްމީ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
ވަޑައިގެންނެވި
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ރަސްމީ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
ޤާސިމް އިބްރާހީމް
މާމިގިލި ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
އިބްރާހީމް ޝުޖާޢު
ބާރަށު ދާއިރާ
ޢަބްދުﷲ ޝަރީފް
ކެލާ ދާއިރާ
ޢަބްދުލްޣަފޫރު މޫސާ
ހަނިމާދޫ ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޙަމަދު ޢަބްދުﷲ
ފުވައްމުލަކު އުތުރު ދާއިރާ
އަސަދުﷲ ޝިހާބް
ގެމަނަފުށި ދާއިރާ
6 ޑިސެމްބަރު 2025
2025 ވަނަ އަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގެ ކޭޝްފްލޯ ޕްލޭން
ކުރިޔަށް ދަނީ
10 ފެބްރުއަރީ 2025
މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާތަކުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ %10 އިންސައްތަ އުނިކުރުމާގުޅޭ
ކޮމެޓީ މަސައްކަތް ނިމިފައި
4 ފެބްރުއަރީ 2025
2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއަރޓަރ ނިމުނުއިރު ދައުލަތަށް ނަގާފައިވާ ލޯނާއި، ދައުލަތުން ސޮވްރިންގ ގެރެންޓީ ދޫކޮށްފައިވާ ލޯނު އަދި ދައުލަތުން ދޫކޮށްފައިވާ ލޯނުގެ ތަފްޞީލް
ކުރިޔަށް ދަނީ
26 ޖެނުއަރީ 2025
އެކްސްޕޭޝަން އޮފް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް އަށް ބޭނުންވާ އެޑިޝަނަލް ފައިނޭންސިންގ ހޯދުމަށް އޭ.ޑީ.އެފް.ޑީ އާއެކު ސޮއިކޮށްފައިވާ 146,920,000 އެމިރެޓްސް ދީނާރުގެ ލޯނުގެ މަޢުލޫމާތު
ކޮމެޓީ މަސައްކަތް ނިމިފައި
19 ޖެނުއަރީ 2025
ނޭޝަނަލް ޕޭ ކޮމިޝަންގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
ކޮމެޓީ މަސައްކަތް ނިމިފައި
12 ޖެނުއަރީ 2025
ތައިލޭންޑްގައި ބޭއްވުމަށް އިންތިޒާމްކުރާ ރޯޑްޝީއެއްގައި ލޯކަލް ކައުންސިލްތަކުން ބައިވެރިވުމާ ގުޅޭ
ކުރިޔަށް ދަނީ
12 ޖެނުއަރީ 2025
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
ކޮމެޓީ މަސައްކަތް ނިމިފައި
29 ޑިސެމްބަރު 2024
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގުމަށް އައު އޮފީސް ޖާގައެއް ހޯދުމާ ގުޅޭގޮތުން ނޭޝަނަލް ޓެންޑަރ ބޯޑުގެ ނިންމުމާ ގުޅޭ - ކޮޕީ ސިޓީ
ކޮމެޓީ މަސައްކަތް ނިމިފައި
29 ޑިސެމްބަރު 2024
އެންހޭންސިންގ ކްލައިމެޓް ރެޒިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް ފަންޑު ހަމަޖެއްސުމަށް އޭ.ޑީ.ބީ އާ އެކު ސޮއިކޮށްފައިވާ 4 އެއްބަސްވުމާގުޅޭ މަޢުލޫމާތު
ކޮމެޓީ މަސައްކަތް ނިމިފައި
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA