ޖުޑީޝިއަރީ ކޮމިޓީ
12 ފެބްރުއަރީ 2025 11:09 ނަންބަރު 1
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ހުށަހަޅުއްވާފައިވާ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ނިންމާނެ ސުންގަޑި ކަނޑައެޅުއްވުމާއި، މި ބިލާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް އިޢުލާންކުރުމާއި، އަދި ކަމާގުޅޭ އިދާރާތަކަށް ކޮމެންޓް ހޯދުމަށް ފޮނުއްވުމާގުޅޭ ގޮތުން މަޝްވަރާކުރުމެވެ. އެގޮތުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލް ޤާދިރު ހުށަހަޅުއްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ތާއީދު ކުރެއްވީ ބިލު ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި 27 ފެބުރުވަރީ 2025 ހަމަޖެއްސުމަށާއި، ޢާންމު ޚިޔާލު ހޯދުމަށް 20 ފެބުރުވަރީ 2025 ގެ ނިޔަލަށް އިޢުލާންކުރެއްވުމަށާއި، ކަމާގުޅޭ އިދާރާތަކަށް ކޮމެންޓް ހޯއްދެއްވުމަށް ފޮނުއްވުމަށެވެ.
މިގޮތުން ކޮމިޓީން ނިންމެވީ ތިރީގައިވާ އިދާރާތަކުގެ ކޮމެންޓަށް ފޮނުއްވުމަށެވެ.
1. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
2. ދިވެހި ފުލުހުންގެ ޚިދުމަތް
3. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
4. ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
5. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
6. ދިވެހިރާއްޖޭގެ ބާ ކައުންސިލު
މި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.
މި ހުށަހެޅުމަށް މެންބަރުްން ވޯޓުދެއްވި ގޮތުގެ ތަފްޞީލް "ބައްދަލުވުމުގައި ނެގުނު ވޯޓުތައް" ބައިގައި އެވަނީއެވެ.
ދެން މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ހުށަހެޅިފައިވާ ބިލުތައް ކުރިއަށް ގެންދާނެ ގޮތަކާއިމެދު މަޝްވަރާ ކުރެއްވުމެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާގައި، ހުށަހެޅިފައިވާ ބިލުތަކާއި ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ކޮމިޓީން ނިންމެވިއެވެ.
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ވަޑައިގެންނެވި
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
ސަލާމް
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ރަސްމީ
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
ރަސްމީ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
ވަޑައިގެންނެވި
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ވަޑައިގެންނެވި
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ވަޑައިގެންނެވި
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
ވަޑައިގެންނެވި
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
ވަޑައިގެންނެވި
ޙުސްނީ މުބާރިކް
މަނަދޫ ދާއިރާ
ޢަބްދުއްސައްތާރު މުޙައްމަދު
ހޮޅުދޫ ދާއިރާ
މަޢުރޫފް ޛާކިރު
ކެންދޫ ދާއިރާ
މުޙައްމަދު ޝާމިން ޙަބީބު
ކުރެންދޫ ދާއިރާ
ޑޮކްޓަރ އަނާރާ ނަޢީމް
ހުރާ ދާއިރާ
އިބްރާހީމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ
އިސްމާޢީލް ނިޒާރު
ފޭދޫ އުތުރު ދާއިރާ
ޢަލީ ފަޒާދު
ފުވައްމުލަކު މެދު ދާއިރާ
އަޙްމަދު ރިޔާޟް
ތިމަރަފުށި ދާއިރާ
ޙަސަން މުފީދު ޢަބްދުލްޤާދިރު
މިލަންދޫ ދާއިރާ
އިބްރާހީމް ނަސީމް
ތުލުސްދޫ ދާއިރާ
12 ފެބްރުއަރީ 2025
ސަރުކާރުގެ ފަރާތުން، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްޠަފާ ޙުސައިން ހުށަހަޅުއްވާފައިވާ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA