މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީ - 02 (ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓްގެ ޚާއްޞަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ހޮއްވެވި)
11 ފެބްރުއަރީ 2025 11:00 ނަންބަރު 1
މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާ ކޮށްފައިވަނީ ކޮމިޓީގެ މުޤައްރިރާއި، މުޤައްރިރުގެ ނައިބު ހޮވުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީގެ މުޤައްރިރު އަދި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ޑިރެކްޓަރ ޖެނެރަލް ޝަބާނާ ރަޝީދުއެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް އިންތިޚާބުކުރުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވިއެވެ. މި ހުށަހެޅުމަށް އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާޢީދުކުރެއްވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް އިންތިޚާބުކުރެއްވިއެވެ.
އެއަށްފަހު، ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކުރެއްވުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާއީދުކުރެއްވިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބުކަމަށް އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އިންތިޚާބުކުރެއްވިއެވެ.
މީގެ އިތުރުން، އޮޑިޓް ރިޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އެގޮތުން، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަދި ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނިންމެވިއެވެ. އަދި ދެން އޮންނަ ކޮމިޓީ ބައްދަލުވުމަށް އެޓަރނީ ޖެނެރަލް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ހާޒިރުކުރުމަށް ނިންމެވިއެވެ.
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
ވަޑައިގެންނެވި
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
ވަޑައިގެންނެވި
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
ވަޑައިގެންނެވި
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ވަޑައިގެންނެވި
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
ޑޮކްޓަރ އަޙްމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާ
މުޙައްމަދު މަމްދޫޙް
ފުނަދޫ ދާއިރާ
އަޙްމަދު ސަލީމް
އޭދަފުށި ދާއިރާ
އަޙްމަދު އަޒާން މަރުޒޫޤު
ހިތަދޫ މެދު ދާއިރާ
އަޙްމަދު ނާޡިމް
ދިއްގަރު ދާއިރާ
10 ފެބްރުއަރީ 2025
ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްސަ އޮޑިޓް ރިޕޯޓް
ކުރިޔަށް ދަނީ
© 2025 ރައްޔިތުންގެ މަޖިލިސްގެ އިދާރާA